ޕާލޭ މޯލްޑިވްސްގެ ޑިރެކްޓަރު ޝާހިނާ އަލީއަށް އޭޝިއާގެ "ނޮބެލް ޕްރައިޒް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ރެމޮން މެގްސޭސޭ އެވޯޑް ލިބިއްޖެ އެވެ.
04 ސެޕްޓެމްބަރ 2025
ޕާލޭ މޯލްޑިވްސްގެ ޑިރެކްޓަރު ޝާހިނާ އަލީއަށް އޭޝިއާގެ "ނޮބެލް ޕްރައިޒް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ރެމޮން މެގްސޭސޭ އެވޯޑް ލިބިއްޖެ އެވެ.
ރެމޮން މެގްސޭސޭ އެވޯޑް ފައުންޑޭޝަންގެ ވެބްސައިޓުގައި ބުނީ ޝާހިނާއަކީ ވަރަށް ޅައުމުރުން ފެށިގެން ތިމާވެއްޓަށް ލޯބިކުރާ އަދި ވެށީގެ ހިމާޔަތުގައި މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ. ހާއްސަކޮށް، ޕްލާސްޓިކް ކުނީގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އޭނާ ކުރައްވާ މަސައްކަތް ފާހަގަކުރެވޭ ކަމަށް ބުންޏެވެ.
ޕްލާސްޓިކް ކުނި މަދުކުރުމަށް މަސައްކަތްކުރާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޕާލޭ މޯލްޑިވްސްގައި އޭނާގެ ލީޑާޝިޕްގެ ދަށުން ރަށްރަށުގެ އާންމުންނާއި ސްކޫލްތަކާއި ވިޔަފާރިތަކާ ގުޅިގެން ޝާހިނާ ކުރައްވާފައިވާ މަސައްކަތްތައް ވެސް އެ ފައުންޑޭޝަނުން ފާހަގަކޮށްފައިވެ އެވެ. ރަށްރަށުގެ ގޮނޑުދޮށްތައް ސާފުކުރުމުގެ 700 އަށް ވުރެ ގިނަ ޕްރޮގްރާމް މިހާތަނަށް ހިންގާފައިވެ އެވެ. ރަށްރަށުގައި ޕްލާސްޓިކް ކުނި މަދުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވެ އެވެ. އަދި ތިމާވެށީގެ އިލްމު ކުރިއެރުވުމަށް 70 އަށް ވުރެ ގިނަ ސްކޫލާ ގުޅިގެން އެކި މަސައްކަތްތައް ވެސް ވަނީ ކުރައްވައިފަ އެވެ.
ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި ވެއްޓާ ގުޅޭ އެހެން މައްސަލަތަކުގައި ވެސް އަޑުއުފުލައި، ސަރުކާރާއި އިދާރާތަކުގެ ސިޔާސަތުތައް ވެއްޓަށް ގެއްލުން ނުލިބޭނެ ގޮތަށް ތަންފީޒުކުރުމަށް އޭނާގެ ވިސްނުމާއި ހިޔާލު ހިއްސާކުރައްވާފައިވެ އެވެ. އަދި އާންމުން ހޭލުންތެރިކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.
އެ ފައުންޑޭޝަނުން ބުނީ މި އަހަރު މި އެވޯޑަށް ޝާހިނާ ހޮވުމުގައި ފަނޑިޔާރުން ވަނީ ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް އޭނާ ދެއްވާ އަހަމިއްޔަތުކަމާއި ގެންގުޅުއްވާ ދުރުވިސްނުންތަކާ އަދި މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އަދި އޭނާގެ މި މަސައްކަތްތަކުން އަންނަ އޮތް ޖީލަށް ގިނަ ފައިދާތަކެއް ކުރާނެކަން ޔަގީންކޮށްފައި ކަމަށެވެ.
ފިލިޕިންސްގެ ކުރީގެ ރައީސް ރެމޮން މެގްސޭސޭގެ ހަނދާނުގައި ދޭ މި އެވޯޑަކީ އޭޝިއާގެ އެކި ގައުމުތަކުގައި ތަފާތު ދާއިރާތަކުން އަގުހުރި ހިދުމަތްތައް ކުރައްވާފައިވާ ބޭފުޅުންނާއި ޖަމިއްޔާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 1958 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެމުން އަންނަ ވަރަށް ޝަރަފުވެރި އެވޯޑެކެވެ.
ޝާހިނާއަށް މި އެވޯޑް ލިބުމާ ގުޅިގެން ރެމޮން މެގްސޭސޭ އެވޯޑް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން އޭނާއާ އެކު މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
މި އަހަރު މި އެވޯޑް ލިބުނީ ޝާހިނާގެ އިތުރުން އާންމު ހިދުމަތް ކުރައްވާ ފިލިޕިންސްގެ ބޭފުޅެއް ކަމަށްވާ ފްލެވިއާނޯ އެންޓޯނިއޯ އެލް ވިލާނޫއެވާ އަދި އަންހެން ކުދިންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދޭ އިންޑިއާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އެޑިއުކޭޓް ގާލްސް އަށެވެ.
މި އެވޯޑް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވަނީ އަންނަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު ޕިލިޕިންސްގެ ވެރިރަށް މަނީލާގަ އެވެ. މިއީ މި އެވޯޑު ދޭ 67 ވަނަ އަހަރެވެ.
އިންސާނުންނާ ހެދި ކަނޑުގެ އަޑު ވެސް ތަޣައްޔަރުވަނީ
ޑިސްކޯ ކުނޑި މަނާކުރަން ގޮވާލައި ޕެޓިޝަނެއް
ޗަމްޕާގެ ޖަވަކަރާގައި މެރިން ރިސާޗު ސެންޓަރެއް
ކެންދޫ ފަޅުގައި އޮތް މުށިމަސްތައް މަރުވެގެން ލައްގަނީ
ވެށި ހިމާޔަތްކުރުމަކީ ގައުމީ ޒިންމާއެއް: ރައީސް
ދުނިޔޭގެ ދުވަހު ގޫގުލްއަށް އެރީ ށ. އެރިޔަދޫ
އަންނަ މަހުން ފަށައިގެން ކުދި ޕްލާސްޓިކް ފެންފުޅި މަނާ
ކޮތަޅު ބޮނޑިން ޓެކްސް އިސްތިސްނާކުރަން ދެކޮޅު!
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ކަނޑުތަކުގެ މުއާހަދާ އަށް ގައުމުތައް އެއްބަސްވެއްޖެ