24 އެޕްރީލް 2023
ޕްލާސްޓިކް ކޮތަޅު ބޮނޑިން ޓެކްސް ނަގަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ކުނި މެނޭޖު ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހާ ދެކޮޅަށް ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ރައްޔިތުންގެ މަޖިލިހުގައި މިއަދު ވާހަކަ ދައްކަވައިފި އެވެ.
ޕްލާސްޓިކް ކޮތަޅު ބޮނޑިން ޓެކްސް ނަގަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ކުނި މެނޭޖު ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހާ ދެކޮޅަށް ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ރައްޔިތުންގެ މަޖިލިހުގައި މިއަދު ވާހަކަ ދައްކަވައިފި އެވެ.
ކުނި މެނޭޖް ކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި 50 އަށް ވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅު ބޮނޑި ގަތް ނަމަވެސް އޭގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.
އެ ބިލް މަޖިލީހަށް ހުށަހެޅި އިރު ސަރުކާރުގެ ފަރާތުން ވަނީ ގާނޫނުގެ 32 ވަނަ މާއްދާގައި ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ކޮތަޅު ބޮނޑި ހިމަނައިފަ އެވެ. އެކަމަކު، މަޖިލީހުން ފާސްކުރީ އެ ބައި އުނިކޮށްފަ އެވެ.
- ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
- ބަންދު ނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
- ކުނި މެނޭޖް ކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ނުވަތަ އެހެނިހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ "ބިންލައިނާ"
އެ މާއްދާ އަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައި ވަނީ 50 ނުވަތަ އެ އަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ވެސް ފީ ނަގަން ނުޖެހޭ ގޮތަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުނި މެނޭޖު ކުރުމާ ބެހޭ ބިލަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ ޕްލާސްޓިކް މަދު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ހަރުދަނާ ގާނޫނެއް ހަދާފައިވާ ކަމަށާއި މިހާރު އޮތީ އެ ގާނޫނު ތަންފީޒު ކުރުމުގެ މަރުހަލާ ކަމަށެވެ. ނަމަވެސް އަނެއްކާވެސް އެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައި އަވަސް އަވަހަށް ސިޔަސަތު ބަދަލު ކުރުމަކީ ގެއްލުންތަކެއް ވާނެ ކަމެއް ކަމަށް ސައުދު ވިދާޅުވި އެވެ.
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
ޕްލާސްޓިކް ކޮތަޅަކީ އޭގެން ކޮންމެ އަގެއް ނަގައިގެން ވެސް އެކަމުން ސަލާމަތް ވާން ޖެހޭ މައްސަލައެއް ކަމަށާއި އެ މައްސަލަތަކަށް ހައްލު ނުގެނެވޭނެ ބިލަކަށް ބަހުސް ކުރަން ވަގުތު ހޭދަ ކުރުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނުފެނޭ މި ބިލުން އެއްވެސް ކަމަކަށް ހައްލު އަންނަ ތަނެއް،" ސައުދު ވިދާޅުވި އެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ނިންމީ ކޮތަޅުގެ އަގު ބޮޑު ކުރަން ކަމަށާއި 50 ކޮތަޅަށް ވުރެ ގިނައިން ހިމެނޭ ބޮނޑި އިސްތިސްނާ ކުރުމުން އެކަމަށް ހައްލެއް ނާންނާނެ ކަމަށެވެ.
ކުނި މެނޭޖް ކުރުމުގެ ގާނޫނުން އެއްކޮޅުން ހައްލެއް ދައްކާއިރު އަނެއްކޮޅުން ޓެކްސް އާ ނުލައި އެ އަށް ވުރެ ފުޅާ ދޮރެއް ހުލުވޭ ކަމަށާއި އެ މަގުން ދާ ނަމަ ޕްލާސްޓިކް މަދު ކުރުމުގެ މުޅި މަސައްކަތް ފެއިލް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ބޭނުންވަނީ ސަރުކާރުގެ މި ސްޓްރެޓަޖީ ކާމިޔާބު ވާން. ކާމިޔާބު ވާން އެދޭތީ އިދިކޮޅު ހަދަން ޖެހޭ ކަން ކަމަށް އަޅުގަނޑުމެން މި އިދިކޮޅު ހަދަނީ،" ސަލީމް ވިދާޅުވި އެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
ސަލީމް ވަނީ މިހާރު އޮތް ކަންބޮޑުވުންތައް ހައްލު ކުރުމަށް ބައެއް ކަންކަން ހުށަހަޅުއްވައިފަ އެވެ. އޭގެ އެއް ހައްލަކީ ކަސްޓަމަރުންގެ އަތުން ނަގާ ފީ 50 ލާރި އަށް ކުޑަކުރުމެވެ. ފަހުން އެ އަދަދު ބޮޑު ކުރަމުން ދާން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވެސް ސަރުކާރުގެ އެ ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި އެވެ.
އޭނާ ވިދާޅުވީ ސަލީމް ހުށަހެޅުއްވި ގޮތަށް ފީ 50 ލާރި އަށް ކުޑަކުރަން ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް ކޮތަޅު ބޮނޑިން ޓެކްސް ކަނޑާލައިގެން މައްސަލަ ހައްލު ނުވާނެ ކަމަށެވެ.
އަޅުގަނޑު ވެސް ބޭނުންވަނީ ސަރުކާރުގެ މި ސްޓްރެޓަޖީ ކާމިޔާބުވާން. ކާމިޔާބު ވާން އެދޭތީ އިދިކޮޅު ހަދަން ޖެހޭ ކަން ކަމަށް އަޅުގަނޑުމެން މި އިދިކޮޅު ހަދަނީ -- ސަލީމް
ކުނި މެނޭޖް ކުރުމުގެ ބިލު ފުރަތަމަ ފަހަރަށް ކޮމިޓީން ދިރާސާ ކުރުމަށް ފަހު، އެޓާނީ ޖެނަރަލް އޮފީހަށާއި ކަމާބެހޭ އެހެން އިދާރާތަކުގެ ކޮމެންޓަށް ފޮނުވި ކަމަށާއި ކޮތަޅު ބޮނޑިން އިސްތިސްނާ ނުވާ ގޮތަށް ނިންމި ނިންމުމަށް ވަކި ކޮމެންޓެއް ކޮށްފައި ނުވާ ކަމަށް ހައިތަމް ވިދާޅުވި އެވެ. އެކަމަކު، އަނެއްކާވެސް އެ ގާނޫނަށް އިސްލާހެއް ހުށަހެޅުމުން އެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް
"އަޅުގަނޑުމެން ވެސް މި ކޮޅުގައި ކުރަން ބޭނުންވާ ކަމަކީ ރަބާ ސްޓޭމްޕް ޖެހުމެއް ނޫން. އިންޑެޕްތުކޮށް ރިސާޗް ކުރުމަށް ފަހު، އަޅުގަނޑުމެންނަށް އެންމެ ބޭނުންވާ ގޮތަކީ މިއޭ ދެންނެވުމަށް ފަހު، އެ ބޭފުޅުން ބޭނުންވާ ގޮތަށް އިތުރަށް އިންކާރު ނުކުރައްވާ ނަމަ އެގޮތަށް ފާސްކޮށް ނިންމާލާނީ،" ހައިތަމް ވިދާޅުވި އެވެ.
މިއަދު ބަހުސް ކުރެއްވި ސަރުކާރު މެންބަރުންގެ ތެރެއިން ސަރުކާރުން ހުށަހެޅި ގޮތަށް ފާސް ކުރަން ތާއީދު ކުރެއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އެކަންޏެވެ. އޭނާ ވިދާޅުވީ ހޯލް ސޭލް ފިހާރަތަކުން ކަންމަތީ ފިހާރަތަކާ ހަމައަށް ދާއިރު ކޮތަޅު ބޮނޑީގެ އަގު 10-12 ރުފިޔާ އަށް ބޮޑުވާ ކަމަށާއި އެގޮތް ބަދަލު ކުރަން ޖެހޭ ކަމަށެވެ.
1. ޕްލާސްޓިކް ކޮތަޅު ބޭނުން ކުރާ އަދަދު މަދުވުމުގެ ބަދަލުގައި ޕްލާސްޓިކް ކޮތަޅު އިންތިހާ އަށް އިތުރު ވެދާނެ ކަމަށްޓަކައި.
2. ކޮތަޅު ބޮނޑިން ފީ ނެގުން އިސްތިސްނާ ކޮށްފި ނަމަ ގަނޑުކޮށް ކޮތަޅު ގަންނާނީ ވިޔަފާރިވެރިން ކަމަށް ވާއިރު ޕްލާސްޓިކް ކޮތަޅު ނޫން ގޮތެއް ހޯދުމަށް ވިޔަފާރިތަކަށް ބާރު އެޅިގެން ނުދިއުން.
3. ވިޔަފާރިވެރިންގެ ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ލިބޭ ލިބުން ކުޑަކޮށް ވެސް ދަށް ނުވާނެތީ އާއި ވިޔަފާރިވެރިންގެ ޒިންމާ އެއްކޮށް ކެނޑިގެން ދިއުން.
4. ކޮތަޅު ބޮނޑި އިސްތިސްނާ ކޮށްފި ނަމަ ޕްލާސްޓިކް ކޮތަޅުގެ ބްލެކް މާކެޓަކަށް ދޮރު ހުޅުވުން.
5. ކޮތަޅު ފީއަކީ ހަމައެކަނި ކަސްޓަމަރުގެ އަތުން ނެގެން ޖެހޭނެ ފީއެއް ކަމަށް ކޮމިޓީ އަށް ގަބޫލު ނުކުރެވުން.
6. ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކާއި ވަކި ކޮތަޅު ބޭނުން ކުރާ ފަރާތްތައް ވެސް އެ ފީ ދައްކަން ޖެހޭ ގޮތަށް އޮތުމަކީ އެންމެ އިސްސާފުވެރި ގޮތް ކަމަށް ވުން.
7. ކޮތަޅު ބޮނޑި އިސްތިސްނާ ކުރުން ވެގެން ދާނީ ޕްލާސްޓިކް މަދު ކުރުމުގެ ސިޔާސަތާއި ގާނޫނުގެ މަގްސަދާ ފުށުއަރާ ނަތީޖާ ހާސިލް ކުރުމާށް އެޅި ދާނެ ހުރަހެއް ކަމުގައިވުން.
މަޖިލިސް ޗުއްޓީއަށް ނުދާން ނަޝީދު ތާއީދު ނުކުރެއްވި
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
މަޖިލިސް ޗުއްޓީއަށް، ކޮތަޅުގެ މައްސަލަ ހައްލު ނުކުރި!
ކޮތަޅުގެ އަގާ ބެހޭ ބަހުސް މާދަމާ އަށް އެޖެންޑާ ކޮށްފި
މަޖިލިސް ޗުއްޓީ އަށް، ކޮތަޅުގެ އިސްލާހު ލަސްވެދާނެ!
ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަން ފާސްކޮށްފި
ޕްލާސްޓިކް ދިރާސާތަކުން ހައިރާންވާ ވަރުގެ އަދަދެއް!
ސުޕާރީ ޕެކެެޓު އެތެރެކުރުން މިއަދުން ފެށިގެން މަނާ
ޕްލާސްޓިކްގެ ބާވަތްތައް މަނާކުރާ ތާރީހު ފަސްކުރަނީ
ވެހިކަލްތަކުން އާ ފީއެއްނަގަން މީކާއީލް ދެކޮޅު