18 ނޮވެމްބަރ 2020
"ކޮންޖެޝަން ޗާޖް"ގެ ނަމުގައި އާ ފީއެއް ނަގަން ސަރުކާރުން ބަޖެޓްގައި ހިމަނާފައިވާ ގޮތަށް އެ ފީ މިހާރު ތައާރަފްކުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުދެކުނު ދާއިރާގެ އެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
"ކޮންޖެޝަން ޗާޖް"ގެ ނަމުގައި އާ ފީއެއް ނަގަން ސަރުކާރުން ބަޖެޓްގައި ހިމަނާފައިވާ ގޮތަށް އެ ފީ މިހާރު ތައާރަފްކުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުދެކުނު ދާއިރާގެ އެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީކާއީލް ވިދާޅުވީ ކޮންޖެޝަން ޓެކްސް އަކީ ވެހިކަލްތަކުގެ އަދަދު މަދުކުރުމުގެ މަގުސަދުގައި ނަގާ ޓެކްސްއަކަށް ވާއިރު އެ މަގުސަދު ރާއްޖޭގައި ހާސިލުވާން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ކޮންޖެޝަން ޓެކްސް ނަގަނީ ޕަަބްލިކް ޓްރާންސްޕޯޓްގެ ރަނގަޅު ނިޒާމެއް ގާއިމްކުރުމަށް ފަހުގައި ކަމަށެވެ.
"މިކަންކަން ތައާރަފްކުރުމުގެ ތަރުތީބެއް ކޮންމެ ދައުލަތަކުން ވެސް ގެންގުޅޭ އެހެން ނަމަވެސް [ރާއްޖޭގައި] މިކަންކަން މި އަންނަނީ، ފަހަށް އޮންނަންވާ ކަން ކުރިއަށް، ކުރިއަށް އޮންނަންވާ ކަން ފަހަށް،" މީކާއީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ދައުލަތަށް އާމްދަނީ ހޯދޭނީ އޭގެ ބަދަލުގައި ޓެކްސް ނިޒާމު މިހާރަށް ވުރެ އަދުލުވެރިކޮށް އިސްލާހުކޮށްގެންނެވެ. އިންސާފުވެރި ޓެކްސް ރިފޯމަކަށް އެބަދާން ޖެހޭ ކަމަށާއި ބައެއް ޓެކްސްތައް މިހާރު ރާއްޖޭގައި ނަގަނީ އިންސާފުވެރިކޮށް ނޫން ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ޕްރޮޕަޓީ ޓެކްސްގެ ނަމުގައި ނަގާ ޓެކްސް އެވެ. އެގޮތުން އުމުރު ދުވަހު ކުރާ މަސައްކަތުން އާދައިގެ ތަނެއް ގަންނަ މީހާއާއި ބޮޑެތި ވިޔަފާރިވެރިންނާ ވެސް އެ ޓެކްސް މާފުވުމުގައި އޮންނަނީ އެއް ހަމައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްްޖޭޭގެ ޓެކްސްް ރިފޯމް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރިއަށްދާން އެބަ ޖެހޭ" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި އަންނަ އަހަރު އާމްދަނީ ހޯދާނެ ގޮތްތަކުގެ ތެރޭގައި ކޮންޖެޝަން ޗާޖުގެ އިތުރުން ކާރު ޕާކްކުރާނެ ތަންތަން ހަދައި ޕާކިން ފީއެއް ނަގަން ވެސް ހިމަނާފައި ވެ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް މަޖިލީހުން ބަޖެޓް ފާސްކޮށްފިނަމަ، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދުއްވާ ހުރިހާ ވެހިކަލަކުން ކޮންޖެޝަން ފީ ނަގާނެ އެވެ. އެއީ އެ އުޅަނދެއްގެ އަހަރީ ފީ އާ އެއްވަރުގެ އަދަދެކެވެ. ސަރުކާރުގެ އެހުށަހެޅުމާ މެދު އާއްމުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ކޮތަޅު ބޮނޑިން ޓެކްސް އިސްތިސްނާކުރަން ދެކޮޅު!
ސަރުކާރަށް ޖެއްސުން ކުރަން ކުރި ކަމެއް ސާފުކޮށްދީ: މީކާއިލް
ފެކްޝަން ކޯޅުން ހޫނުވެ ރައީސްގެ އިސްތިއުފާއަށް ގޮވައިފި
ގަރާޖު ސިޓީ އުވައިލަން އެމްޑީޕީގެ އިސް ބޭފުޅުން ދެކޮޅު
މަލީހުގެ ތުހުމަތުތަކާ އެކު މައްސަަލަ ކޮމިޓީ އަށް
މަލީހާ މެދު ނިންމި ނިންމުން ތަންފީޒުކުރޭ: މީކާއީލް
އެހީ ލިބުނު މީހުންގެ ލިސްޓު ހޯދަން ހުށަހަޅައިފި
މިނިސްޓަރު ޝިދާތާ އިސްތިއުފާ ދީ: އެމްޑީޕީގެ މެމްބަރުން
އަދީބު ބޭރަށް ފޮނުވާތީ މަޖިލީހަށް ކުއްލި މައްސަލައެއް
ނިހާނުގެ ބޮޑެތި ފާޑު ކިއުންތަކެއް އެމްޑީޕީއަށް