05 ޖޫން 2020
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ތައާރަފު ކޮށްފައިވާ ރިލީފް ޕެކޭޖްތަކުގެ އެހީ އަށް ޝަރުތު ހަމަވި ނަމަވެސް، އެހީ ނުލިބޭ ކަމުގެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެހީ ދިން މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުން ހޯދަން ގަލޮޅު ދެކުނު ދައިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެދިވަޑައިގެންފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ތައާރަފު ކޮށްފައިވާ ރިލީފް ޕެކޭޖްތަކުގެ އެހީ އަށް ޝަރުތު ހަމަވި ނަމަވެސް، އެހީ ނުލިބޭ ކަމުގެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެހީ ދިން މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުން ހޯދަން ގަލޮޅު ދެކުނު ދައިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ފޮނުއްވި ސިޓީއެއްގައި މީކާއީލް ވިދާޅުވީ، އެހީ ލިބުނު ފަރާތްތަކުގެ ލިސްޓް އާއްމުކޮށް ފެންނަން އޮތުމަކީ އެހީ ދިނުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންވެ، މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ މެދުވެރިކޮށް، އެ ލިސްޓު ހޯދައި އާއްމު ކޮށްދޭން ސިޓީގައި އޭނާ އެދިވަޑައިގެންނެވި އެވެ.
"...ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ އިކޮނޮމިކް ރިލީފް ޕެކޭޖެއް ތައާރަފްކޮށް ،އެހީއަށް އެދޭ ފަރާތްތަކަށް މާލީ ގޮތުން އެކި އެހީ ފޯރުކޮށްދީފަ އެވެ. ނަމަވެސް މި ޕެކޭޖަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާކަމަށް ބުނާ ބައެއް ފަރާތްތަކަށް މިއެހީ ލިބިފައިނުވާ ކަމުގެ ޝަކުވާ ދަނީ ލިބެމުންނެވެ،" މީކާއިލްގެ ސިޓީގައި ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުމާއި މުސާރަ ކުޑަކުރުން ފަދަ ކަންކަމުން ގެއްލުންވީ މީހުންނަށް އިންކަމް ސަޕޯޓްގެ ގޮތުގައި މި މަހުގެ ދެވަނަ ދުވަހާ ހަމައަށް 1.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެެވެ. ވިޔަފާރިތަކަށް އެހީތެެރިވެދިނުމުގެ ގޮތުން ހުޅުވާލާފައިވާ ލޯނު ސްކީމަށް އެޕްލައިކުރި 1،136 ފަރާތެއްގެ ތެރެއިން 618 ފަރާތެއްގެ އެޕްލިކޭޝަނަށް ވަނީ ހުއްދަ ދީފަ އެވެ. ލޯނަށް އެދުނު އަމިއްލަ މަސައްކަތް ކުރާ 702 ފަރާތެއްގެ ތެރެއިން 230 ފަރާތެއްގެ ހުށަހެޅުމަށް ވެސް ވަނީ ހުއްދަ ދީފަ އެވެ.
ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި މިހާތަނަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ފެންނަން އޮތީ 30.5 މިލިޔަން ރުފިޔާ އެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް 1.7 މިލިޔަން ރުފިޔާ އެވެ.
ސަރުކާރަށް ޖެއްސުން ކުރަން ކުރި ކަމެއް ސާފުކޮށްދީ: މީކާއިލް
ފެކްޝަން ކޯޅުން ހޫނުވެ ރައީސްގެ އިސްތިއުފާއަށް ގޮވައިފި
ފައިސާ ޗާޕްކުރުމުގެ މައްސަލަ އަލުން ކޮމިޓީއަކަށް
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
ފައިސާ ޗާޕްކުރުމުގެ ހުއްދައާ މެދު ގޮތެއް ނުނިމުނު؟!
މަލީހުގެ ތުހުމަތުތަކާ އެކު މައްސަަލަ ކޮމިޓީ އަށް
މަލީހާ މެދު ނިންމި ނިންމުން ތަންފީޒުކުރޭ: މީކާއީލް
އަންނަ އަހަރުގެ ބަޖެޓް ކުދި ބަދަލުތަކާ އެކު ފާސްކޮށްފި
ޕީއެސްއައިޕީ ފައިސާއާ މެދު އީވާ ސުވާލު އުފައްދަވައިފި
ވެހިކަލްތަކުން އާ ފީއެއްނަގަން މީކާއީލް ދެކޮޅު