Roadha Mihaaru

މެމްބަރުން ބިރު ދައްކަވާ ކަމަށް ވިދާޅުވުމުން މަލީހުގެ މައްސަލަ އިމްތިޔާޒު ކޮމިޓީ އަށް ފޮނުވަނީ

ޓެލެކޮމިއުނިކޭޝަން ސައިންސް އެންްޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްްސަލައިގައި، މިއަދުގެ ޖަލްސާގައި ފަހުބަސް ވިދާޅުވަމުން އެމްޑީޕީގެ މެމްބަރުންނަށް ކުރެއްވި ތުހުމަތު މަޖިލީހުގެ އިމްތިޔާޒާ ބެހޭ ކޮމިޓީ އަށް ފޮނުވަން ނިންމައިފި އެވެ.

މަލީހުގެ ތުހުމަތުތަކާ އެކު މައްސަަލަ ކޮމިޓީ އަށް
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

01 މާޗް 2021

ޓެލެކޮމިއުނިކޭޝަން ސައިންސް އެންްޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްްސަލައިގައި، މިއަދުގެ ޖަލްސާގައި ފަހުބަސް ވިދާޅުވަމުން އެމްޑީޕީގެ މެމްބަރުންނަށް ކުރެއްވި ތުހުމަތު މަޖިލީހުގެ އިމްތިޔާޒާ ބެހޭ ކޮމިޓީ އަށް ފޮނުވަން ނިންމައިފި އެވެ.

މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އަދި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ހުށަހެޅި މައްސަލަައިގައި ކުރި ބަހުސްގައި ފަަހުބަސްް ވިދާޅުވާން ލިބިވަޑައިގެންނެވި ފުރުސަތުގައި މަލީހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށާއި ސަރުކާރަށް ބިރުދައްކަމުންދާ ތަން ފެނިވަޑައިގަންނަވާ ކަމަށެވެ. އޭގެ އެއް މިސާލަކަށް، މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މަލީހު ނެންގެވީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މަގާމުން އިސްތިއުފާ ދެއްވުމެވެ. މަލީހު ތުހުމަތު ކުރެއްވި ގޮތުގައި އަދާލަތު ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގެންނެވި ޝިދާތާ ވެސް އެ ފިޔަވަޅު އެޅުއްވީ "ބިރުދައްކައިގެން" ނެވެ.

އެހިސާބަށް ވާހަކަ ގެންދެވުމުން، އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަހުމަދު، ނިޒާމާ ބެހޭ މައްްސަލައެއް ނެެންގެވި އެވެ. ނަމަވެސް މަލީހުގެ ތުހުމަތާ ބެހޭ ގޮތުން ހަސަން އެއްޗެއް ވިދާޅެއް ނުވެ އެވެ. އެ އަށް ފަހު މަލީހު ދައްކަވަމުން ގެންދެވި ވާހަކަ ހަނިކުރައްވައި، ވިދާޅުވީ ބައެއް މެމްބަރުން ބިރުދައްކަވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މަދު މެމްބަރުންތަކެއް، ވަޒީރުންނަށް ކަނޑައެޅިގެން ބިރުދައްކަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

މަލީހު އެގޮތަށް ވާހަކަ ކުރިއަށް ގެންދަވަން ފެއްޓެވުމުން، ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައި، އެެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ، އެ ޕާޓީގެ ސަރުކާރެއްގައި ހުންނެވި ވަޒީރަކު މަޖިލީހުގެ ރަސްޖީ ޖަލްސާއެއްގައި އެހެން ވިދާޅުވާ ނަމަ އޭގެ ތަފްސީލު ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އޭގެ ތަފްސީލަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިތުރު ސުވާލުގެ ގޮތުގައި އެ ސުވާލު މަލީހާ ކުރެއްވި އެވެ. މަލީހު އަނެއްކާވެސް ވިދާޅުވީ، ވަޒީރުންގެ މަސްއޫލިއްޔަތު އަދާކުރަން ތަކުރާރުކޮށް ހުރަސް އަޅުއްވައި ބިރުދައްކަމުންދާތަން ފެނިވަޑައިގަންނަވާ ކަމަށެވެ. ޝިދާތާ އަށް ބިރުދެއްކިކަން ވެސްް އެގޮތުން ފެންނަން އެބަ އޮތް ކަމަށް މަލީހު ވިދާޅުވި އެވެ.

"އިއްޒަތްތެރި ވަޒީރު، ކޮންތާކުންތޯ ފެންނަން އޮތީ ޝިދާތާ އަށް ބިރު ދައްކައިގެން، ޝިދާތާ [އިސްތިފާ ދޭން މަޖުބޫރުކުރިތަން]، އިއްޒަތްތެރި ވަޒީރު އެބަ ވިދާޅުވޭ ފެންނާން އެ އޮތީއޭ، ކޮންތާކުތޯ އޮތީ ސާފުކޮށްލައިދެއްވުން އެދެން،" މަލީހު އެގޮތަށް ވާހަކަ ކުރިއަށް ގެންދަވަން ފެށްޓެވުމުން، ރިޔާސަތުން ނަޝީދު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، ފަހުބަސް ވިދާޅުވާން ލިބިވަޑައިގެންފައި އޮތް 10 މިނިޓުގެ ތެރޭގައި އެ ތަފްސީލަަށް ދާން ވަގުތެއް ނެތް ކަމަށާއި އެކަމާ ބެހޭ ތަހުގީގެއް ކުރާ ނަމަ އެއްބާރުލުން ދެއްވަން ހުންނެވި ކަަމަށެވެ. މަަލީހުގެ ވާހަކަ ނިންމަވައިލައްވަމުން ވެސް ވިދާޅުވީ ގަވައިދުތައް ނުހަދާ ކަމަށް ބުނެ، އޭނާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ކަނޑައެޅިގެން ދޮގު ހަދާފައިވާ ކަމަށެވެ.

އޭނާ އަށް ފުރަތަމަ ލިބިވަޑައިގެންނެވި ފުރުސަތުގައި ވެސް އެހެން ވިދާޅުވެފައި ވާތީ އެ ގަވައިދުތައް ހެދި ތާރީހެއް ހޯއްދަވަން ގަލޮޅު ދެކު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް ސުވާލު ކުރެއްވި އެވެ. ނަމަވެސް މަލީހު އެ ސުވާލަށް ޖަވާބެއް ނުދެއްވަ އެވެ.

ކޮމިޓީ އަށް ހުށަހަޅައިގެން ބަލައި، ދައުވާކުރަން ޖެހޭ ނަމަ ކުރާނަން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އެމަނިކުފާނު ވިދާޅުވީ މަލީހު ހަގީގަތާ ހިލާފު ވާހަކައެއް ދެއްކެވިތޯ ބަލަން ކޮމިޓީއަށް ފޮނުވާނެ ކަަމަށް.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އެމަނިކުފާނު ވިދާޅުވީ މަލީހު ހަގީގަތާ ހިލާފު ވާހަކައެއް ދެއްކެވިތޯ ބަލަން ކޮމިޓީއަށް ފޮނުވާނެ ކަަމަށް.

މީކާއިލް ނެންގެވީ ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ބަލައިގަންނަވާކަން އިއުލާނު ކުރައްވަމުން، ރިޔާސަތުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، ވަޒީރެއްގެ ގޮތުގައި ހުންނަވާ މަޖިލީހުގައި ހަގީގަތާ ހިލާާފަށްް ވާހަކަ ދައްކަވާފައި ވޭތޯ ބަލަން އިމްތިޔާޒު ކޮމިޓީ އަށް ފޮނުއްވާނެ ކަމަށެވެ. އެގޮތަށް ވާހަކަ ދައްްކަވާފައި ވާނަ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަަލްގެ އޮފީހަށް ފޮނުއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މިއަދު ލިބިވަޑަައިގެންނެވި ހުރިހާ ފުރުސަތެއްގައި މަޖިލީހުގެ މެމްބަރުންނަށް ފާޑުވިދާޅުވެ، މަލީހު ދެއްކެވި ވާހަކަތަކާ ގުޅިގެން، އޭނާ ފަހު ބަސް ވިދާޅުވެ ނިންމެވުމާ އެކު ބައެއް މެމްބަރުން ނުރުހުން ފާޅުކުރައްވާ އަޑު އިވުނެވެ. ވާހަކަ ދެއްކެވުމަށް ލިބިވަޑައިގެންނެވި ފުރުސަތު ތަކުގައި ވެސް މެމްބަރުން ނުރުހުން ފާޅުކުރެއްވި އެވެ.

އެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ރިޔާސަތުން ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ރިޔާސަތުގައި އިންނަވާހާ ހިނދަކު، މަޖިލީހުގެ ގަދަރާއި ހައިބަތު ހިފަހައްޓަވައިދެއްވާނެ ކަމަށެވެ. އެކަމަށްޓަކައި ކުރައްވަން ޖެހިވަޑައިގަންނަވާ ހުރިހާ ކަމެއް ކުރައްވާނެ ކަަމަށާއި ހިންގަވަން ޖެހިވަޑައިގަންނަވާ ކޮންމެ މަގެއްގައި ހިންގަވާނެ ކަަމަށް ވިދާޅުވި އެވެ.