20 ނޮވެމްބަރ 2022
ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި، ހަނދުގައި ދިގު މުއްދަތަކަށް އިންސާނުން އުޅެން ފެށުން އެކަށީގެންވާ ކަމަށް، އެމެރިކާގެ ޖައްވީ ދިރާސާތަކާ ބެހޭ މައި އިދާރާ ނާސާ އިން ބުނެފި އެވެ.
ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި، ހަނދުގައި ދިގު މުއްދަތަކަށް އިންސާނުން އުޅެން ފެށުން އެކަށީގެންވާ ކަމަށް، އެމެރިކާގެ ޖައްވީ ދިރާސާތަކާ ބެހޭ މައި އިދާރާ ނާސާ އިން ބުނެފި އެވެ.
އިންސާނުން ހަނދަށް ގެންދިއުމަށް އެމެރިކާ އިން ފަށާފައިވާ މަޝްރޫއު (އާޓެމިސް)ގެ ދަށުން، މިދިޔަ ބުދަ ދުވަހު ޖައްވަށް ފެށި ފުރަތަމަ ދަތުރު، އާޓެމިސް 1ގެ އިސް މޭސްތިރިޔާ ހަވާޑް ހޫ ވިދާޅުވީ، ޖައްވަށް ކުރާ ސައެންޓިފިކް ދަތުރުތަކަށްޓަކައި، އިންސާނުންނަށް ހަނދުގައި އުޅެވޭނެ ގޮތް ވުން މުހިންމު ކަމަށެވެ. އިންސާނުން ހަނދަށް ގެންދިއުމުގެ މަޝްރޫއެއް ނާސާ އިން މި ފެށީ، އިންސާނުން އެންމެ ފަހުން ހަނދަށް ދިޔަތާ 50 އަހަރު ފަހުންނެވެ.
އާޓެމިސް 1ގެ ދަތުރާ ބެހޭ ގޮތުން ހަވާޑް ހޫ ވިދާޅުވީ މި ދަތުރަކީ ދިގު މުއްދަތަކަށް ކުރާ ޖައްވީ ދިރާސާ ދަތުރުތަކުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި މިއީ ދިގު މުއްދަތަކަށް އިންސާނުން ގޮވައިގެން ޖައްވަށް ދަތުރުކުރަން ލޯބިކުރާ މީހުންނަށް ވެސް ވަރަށް މުހިންމު ތާރީޚީ ދުވަހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Spacecraft get selfies, too.
— NASA Artemis (@NASAArtemis) November 19, 2022
While teams performed a checkout on the @NASA_Orion spacecraft, these images were captured of the outside of the vehicle.
The #Artemis I mission is just a couple days from reaching the Moon: https://t.co/7Y3o8TGU3C pic.twitter.com/1ezU0m4EQU
"އަހަރެން މި ބުނަނީ، އަހަރެމެން މިހާރު މި ތައްޔާރުވަނީ ހަނދަށް ދިއުމަށޭ. އަހަރެމެން މި މަސައްކަތް ކުރަނީ ދެމެހެއްޓެނިވި މަޝްރޫއަކަށް، އަދި މިއީ އަނެއްކާ ވެސް އިންސާނުން ގެންގޮސް ހަނދަށް ތިރިކޮށްދޭނެ އުޅަނދެއް."
އޭނާ ވިދާޅުވި ގޮތުގައި މިހާރު އާޓެމިސް 1ގެ ދަތުރުގައި ޖައްވަށް ފޮނުވާލާފައިވާ އުޅަނދު އޯރިއަން، އޭގެ ދަތުރު ކާމިޔާބުކަމާ އެކު ފުރިހަމަކޮށްފި ނަމަ، އާޓެމިސްގެ ދެ ވަނަ ދަތުރުގައި އޯރިއަން ޖައްވަށް ފުރުވައިލާނީ އިންސާނުންނާ އެކުގަ އެވެ. ދެ ވަނަ ދަތުރުގައި އިންސާނުންނާ އެކު އޯރިއަން ކުރާ ދަތުރުގައި ހަނދުގެ ވަށައިގެން ބުރު ޖެހުމަށް ފަހު، އެނބުރި ބިމަށް އަންނާނީ ހަނދަށް ތިރިނުކޮށެވެ. ނަމަވެސް އާޓެމިސްގެ ތިން ވަނަ ދަތުރުގައި، އިންސާނުންނާ އެކު އޯރިއަން ޖައްވަށް ގޮސް ހަނދުގެ ބިމަށް ތިރިކުރާނެ އެވެ.
މި މަޝްރޫއު ރާވައިވާ ގޮތަށް ކުރިއަށް ދާ ނަމަ، އާޓެމިސްގެ ތިން ވަނަ ދަތުރުވާނީ، ޑިސެމްބަރު 1972 ގެ ފަހުން އިންސާނުން ހަނދަށް ފައިބާ ފުރަތަމަ ފަހަރަށެވެ. މި ދަތުރުގެ އެންމެ މުހިންމު ބޭނުމަކީ، ހަނދުގެ ދެކުނު ތަނޑީގައި ފެން ނުވަތަ ގަނޑުފެން ފަދަ އެއްވެސް އެއްޗެއް ހުރިކަން ނުވަތަ ނެތްކަން ކަށަވަރު ކުރުމެވެ.
Where is @NASA_Orion now? You can track the spacecraft in real time using AROW, the #Artemis Real-Time Orbit Website. Take it for a spin: https://t.co/tg9kzShbkR pic.twitter.com/qcKhTTGYVI
— NASA (@NASA) November 18, 2022
ހަނދުގެ އެއްވެސް ހިސާބެއްގައި ފެން ނުވަތަ ގަނޑުފެން ހުރެއްޖެ ނަމަ، ދުރަށް ކުރާ ޖައްވީ ދަތުރުތަކުގައި ބޭނުންކުރާނެ ހަކަތައިގެ ބާވަތަކަށް އެ ފެން ބަދަލުކުރެވިދާނެ އެވެ. އެކަން ކާމިޔާބުވެއްޖެ ނަމަ، ދުރަށް ފުރުވައިވާ ޖައްވީ އުޅަނދުތައް ހަނދަށް ތިރިކޮށް، އެ ތަނުން އިތުރު ހަކަތަ އަޅައިގެން ދަތުރު ފުރިހަމަ ކުރުމަކީ، ނާސާގެ ވިސްނުމެކެވެ.
ނާސާ އިން ބުނާ ގޮތުގައި އާޓެމިސް1 ގެ ދަތުރު ކުރިއަށް ދަނީ ވަރަށް ބަރާބަރަށެވެ. މި ދަތުރުގައި މިހާރު ހަނދާ ކައިރިވަމުން ދާ ޖައްވީ އުޅަނދު އޯރިއަންގެ ހުރިހާ ނިޒާމުތަކެއް ވެސް ބަރާބަރަށް މަސައްކަތް ކުރާ ކަމަށް ނާސާ އިން ބުންޏެވެ.
އާޓެމިސް1ގެ މި ދަތުރުގެ އެންމެ މުހިންމު މަރުހަލާ ފެށޭނީ އެމެރިކާ އަށް މާދަމާގެ މެންދުރު ވަގުތުގަ އެވެ. މާދަމާ މެންދުރުގެ ވަގުތެއްގައި، ހަނދުގެ ނިވަލަށް އޯރިއަން ވަންނަ ވަގުތު، އޭގެ އިންޖީނު ހިންގައި ހަނދާ ދިމާލަށް އޯރިއަން ކޮއްޕައިލާނެ އެވެ. އެ ކޮއްޕައިލުމާއެކު އޯރިއަން ހަނދުގެ ފަލަކަށް ވަދެ ބުރު ޖަހަން ފަށާނެ އެވެ.
Moonbound! #Artemis I has completed its trans-lunar injection, a propulsive maneuver that accelerates the @NASA_Orion spacecraft to more than 22,600 mph (36,370 kph) and propels it on its path to the Moon. pic.twitter.com/1YMedHnJwH
— NASA (@NASA) November 16, 2022
ހަނދުގެ ނިވަލުގައި އޯރިއަން ހޭދަކުރާ 34 މިނެޓްގެ ތެރޭގައި އެ އުޅަނދާއި މި ބިމާ ދެމެދު މުވާސަލާތީ ގުޅުން ކެނޑިގެން ދާނެ އެވެ. އެހެންކަމުން، އެ މުއްދަތުގައި އޯރިއަންގެ އިންޖީނު މަސައްކަތް ކުރަމުން ދާނީ، އޭގައިވާ ކޮމްޕިއުޓަރުގައި ކޮށްފައިވާ ޕްރޮގަރާމާ އެއްގޮތަށެވެ.
ހަނދާ ގާތްގަނޑަކަށް 80 މޭލަށް އޯރިއަން ކައިރިވުމަށް ފަހު، އެ ދުރުމިނުގައި އޮވެގެން ބުރުޖަހަމުން ދާނެ އެވެ. އެ ސަރަހައްދުގައި މި ބިމުގެ ދަމާ ބާރަށް ވުރެ ހަނދުގެ ދަމާ ބާރު ގަދަ ވާނެތީ، އެ ސަރަހައްދުގައި އޮވެގެން ހަނދުގެ ވަށައިގެން ދަތުރުކުރުން ފަސޭހާވަނެ އެވެ.
އާޓެމިސް1ގެ މި ދަތުރުގެ އެންމެ މުހިންމު މަރުހަލާއަކީ، އޯރިއަން ކެޕްސޫލް އަނބުރާ މި ބިމަށް ގެނައުމުގެ މަރުހަލާ އެވެ. ޖައްވަށް ކުރި ދަތުރު ނިންމުމަށް ފަހު، އޯރިއަން، މި ބިމުގެ ވައިގެ ފަށަލައިގެ ތެރެއަށް ވަދެގެން ދާނީ، ގަޑިއަކު 38000 ކިލޯމީޓަރުގެ ބާރުމިނުގަ އެވެ. އެއީ އަޑު ދަތުރުކުރާ ބާރުމިނަށް ވުރެ 32 ގުނަ ހަލުވި ދުވެއްޔެކެވެ.
އެ ބާރުމިނުގައި އޯރިއަން މި ބިމުގެ ވައިގެ ފަށަލައިގެ ތެރެއަށް ވަދެގެން އަންނާނީ، 3000 ޑިގްރީ ސެލްސިއަސްގެ ހޫނުގެ ތެރެއިންނެވެ. އެ ހޫނުން އޯރިއަން ސަލާމަތް ކޮށްދެނީ، އޭގެ ވަށައިގެން ލާފައިވާ ޚާއްސަ ފަށަލައެއްގެ ސަބަބުންނެވެ. އޯރިއަން އެނބުރި ބިމަށް ތިރިކުރާނީ އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.
އާޓެމިސް ޖައްވަށް އުދުއްސައިލުން އަނެއްކާވެސް ފަސްކޮށްފި
ނާސާ ހަނދަށް ދިއުމުގެ ދަތުރު ފަށައިފި
ހަނދުގެ ވަށައިގެން ބުރުޖެހުމަށް ފަހު އޮރިއަން ބިމަށް
އެމެރިކާ އަނެއްކާ ހަނދަށް ދަނީ
ނާސާ އިން ހަނދަށް ފޮނުވާ ރޮކެޓް ދައްކާލައިފި
އީލޮން، ބެޒޯސް އަށް:ކޯޓަށް ދިޔަޔަސް ހަނދަށް ނުދެވޭނެ
އެންމެ ބޮޑު މަހުޖަނު ނާސާ އަށް ދައުވާކޮށްފި
ހަނދަށް ދާ އުޅަނދަށް ބްލޫ އޮރިޖިނުން އާ ހުށަހެޅުމެއް
ހަނދަށް ފޮނުވާ ބުދަށް ކިޔާނެ ނަމެއް ހޮވަނީ
ހަނދަށް ދާ އުޅަނދު އުފައްދަން ސްޕޭސް އެކްސް އަށް