29 އޯގަސްޓް 2022
އިންސާނުން އެންމެ ފަހުން ހަނދަށް ދިޔަތާ 50 އަހަރަށް ފަހު، އަނެއްކާ ވެސް އިންސާނުން ހަނދަށް ފޮނުވުމުގެ ތައްޔާރީތައް އެމެރިކާ އިން މިއަދު ފަށާނެ އެވެ.
އިންސާނުން އެންމެ ފަހުން ހަނދަށް ދިޔަތާ 50 އަހަރަށް ފަހު، އަނެއްކާ ވެސް އިންސާނުން ހަނދަށް ފޮނުވުމުގެ ތައްޔާރީތައް އެމެރިކާ އިން މިއަދު ފަށާނެ އެވެ.
އެމެރިކާގެ އެސްޓްރޮނޯޓުން އެންމެ ފުރަތަމަ ހަނދަށް ފޭބީ، ޖުލައި 20، 1969ގަ އެވެ. ނީލް އާމްސްޓްރޯންގައި ބަޒް އެލްޑްރިންގެ އެ ދަތުރަށް ފަހު، އެމެރިކާގެ އެސްޓްރޮނޯޓުން އެންމެ ފަހުން ހަނދަށް ފޭބީ، ޑިސެމްބަރު 11، 1972ގަ އެވެ. އޭގެ ފަހުން އެމެރިކާގެ އެއްވެސް އެސްޓޮރޮނޯޓަކު ހަނދަކަށް ނުފޮނުވަ އެވެ.
މިއަދު އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ޖައްވަށް ފޮނުވައިލާ ރޮކެޓަކީ، 50 އަހަރުގެ މެދުކެނޑުމަކަށް ފަހު އިންސާނުން ހަނދަށް ގެންދިއުމަށްޓަކައި އުފައްދައި ތަރައްގީކުރާ ރޮކެޓާއި އެއާ އެކު ދަތުރުކުރާ ޖައްވީ އުޅަނދުގެ އަޖުމަ ބެލުމުގެ ގޮތުން ޖައްވަށް ފޮނުވާ ރޮކެޓެކެވެ.
"Best day of my whole life. Ever." We surprised students visiting @NASAKennedy with a close-up view of the @NASAArtemis I rocket and spacecraft that will fly to the Moon. These are the faces of the #Artemis generation. pic.twitter.com/z6nF5APk4Q
— NASA (@NASA) August 27, 2022
މީހުން ގޮވައިގެން ހަނދަށް ދަތުރުކުރުމަށް އުފެއްދި ރޮކެޓް ޖައްވަށް އުދުއްސައިލާނީ އެމެރިކާ ގަޑިން މިއަދު ހެނދުނު 8:33 (ޖީއެމްޓީން 12:33)ގަ އެވެ. މި ދަތުރުގެ މައިގަނޑު މަސައްކަތަކަށް އޮންނާނީ، މީހުން ހަނދަށް ގެންދިއުމަށް އުފެއްދި ޖައްވީ ކެޕްސޫލް އޯރިއަން ގޮވައިގެން މިބިމާ ދުރަށް ދަތުރުކުރުމެވެ.
ކެޕްސޫލް ރޮކެޓުން ވަކިވުމަށް ފަހު، ހަނދުގެ ވަށައިގެން ބިޔަ ފަލަކެއްގައި ދައުރު ކުރަމުން ދާނެ އެވެ. ހަ ހަފުތާ ވަންދެން ހަނދުގެ ވަށައިގެން ދަތުރު ކުރުމަށް ފަހު، ކެޕްސޫލް އެނބުރި ބިމަށް ތިރިކުރާނީ ޕެސިފިކް ކަނޑުގެ ސަރަހައްދަކަށެވެ. މި ދަތުރުގައި އޯރިއަން ޖައްވަށް ފޮނުވަނީ މީހުން ނުލައި ކަމަށް ވިޔަސް، މީހުން ގޮވައިގެން ހަނދަށް ކުރާ ދަތުރުގައި ކުރުމަށް ތާވަލުކޮށްފައިވާ ގިނަ ކަންތައް، އަޖުމަ ބެލުމުގެ ގޮތުން މިދަތުރުގައި ވެސް ކުރާނެ އެވެ.
ނާސާ އިން މިހާރު ރާވާފައިވާ ގޮތުން އޯރިއޯން ކެޕްސޫލްގައި އިންސާނުން ހަނދަށް ފޮނުވާނީ 2024 ވަނަ އަހަރުގެ ތެރޭގަ އެވެ. ރޮކެޓް ޖައްވަށް އުދުއްސައިލުމަށް މި ހަފުތާގައި ލިބޭނެ އެންމެ ރަނގަޅު ދުވަހަކީ މިއަދު ކަމަށް ނާސާއިން ބުނެ އެވެ. ފްލޮރިޑާގެ ޖައްވުގެ ހާލަތު އެކި ދުވަހު އެކި ގޮތަށް މިދުވަސްވަރު ބަދަލުވަމުން ދިޔަ ނަމަވެސް، އުޑުމަތި އެންމެ ސާފުކޮށް އޮންނާނީ މިއަދު ކަމަށްވެ އެވެ.
މީހުން ހަނދަށް ގެންދިއުމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ފަށާފައިވާ "އާޓެމިސް" މަޝްރޫއުގެ ދަށުން އަޖުމަ ބެލުމުގެ ގޮތުން ފުރަތަމަ ޖައްވަށް ފޮނުވާ އޯރިއޮން ޖައްވީ އުޅަނދު ގޮވައިގެން ދަތުރުކުރާ ބިޔަ ރޮކެޓް، ޖައްވަށް އުދުއްސައިލުމަށް އޮގަސްޓް 26، 2022ގައި ޖައްވީ ހަރުގައި ތައްޔާރުކޮށްފައި. --އޭއެފްޕީ
ފްލޮރިޑާގައި ހުންނަ ޖައްވީ މަރުކަޒުގައި ހުރި ހޮޅިދަނޑިތަކަށް މިދިޔަ ދެތިން ދުވަހު ވެސް އެތައް ފަހަރަކު ހޮނުއަޅާފައިވެ އެވެ. ނަމަވެސް އިއްޔެ އިން ފެށިގެން މޫސުން ރަނގަޅުވެ، މިއަދު ހެނދުނު އުޑުމަތި މުޅިން ސާފުވާނެ ކަމަށް ލަފާކުރެވޭތީ، އިތުރު ޓެކްނިކަލް މައްސަލައެއް ދިމާނުވާ ނަމަ، މިއަދު ހެނދުނު ރޮކެޓް ޖައްވަށް ފޮނުވައިލާނެ އެވެ.
އެމެރިކާ އިން ރާވާފައިވާ ގޮތަށް ކަންތައް ކުރިއަށް ދާ ނަމަ، 2024 ގައި އިންސާނުން ހަނދަށް ކުރާ ދަތުރަކީ ހުރިހާ ގޮތަކުން ވެސް ތާރީޚީ ދަތުރަކަށް ވާނެ އެވެ. އެ ދަތުރުގައި ފުރަތަމަ ފަހަރަށް އަންހެނަކު ހަނދަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން، ދޮން ނަސްލުގެ މީހުން ފިޔަވައި އެހެން ނަސްލެއްގެ މީހަކު ވެސް ފުރަތަމަ ފަހަރަށް ހަނދަށް ގެންދާނެ އެވެ.
ނާސާ އިން ބުނާ ގޮތުގައި، އޯރިއޮން ކެޕްސޫލް ގޮވައިގެން މިއަދު ޖައްވަށް ދަތުރުކުރާ ރޮކެޓަކީ މިހާތަނަށް އެމެރިކާ އިން ޖައްވަށް ފޮނުވައިލާ އެންމެ ބޮޑު އަދި އެންމެ އަޑު ގަދަ ރޮކެޓެވެ.
ހަނދުގެ ވަށައިގެން ބުރުޖެހުމަށް ފަހު އޮރިއަން ބިމަށް
10 އަހަރު ތެރޭ ހަނދުގައި ދިރިއުޅެން ފެށިދާނެ
ނާސާ ހަނދަށް ދިއުމުގެ ދަތުރު ފަށައިފި
އާޓެމިސް ޖައްވަށް އުދުއްސައިލުން އަނެއްކާވެސް ފަސްކޮށްފި
ހަނދު ވަށައި ބުރެއް ޖަހަން ފޮނުވާ ޓީމް ހާމަކޮށްފި
ނާސާ އިން ހަނދަށް ފޮނުވާ ރޮކެޓް ދައްކާލައިފި
އީލޮން، ބެޒޯސް އަށް:ކޯޓަށް ދިޔަޔަސް ހަނދަށް ނުދެވޭނެ
އެންމެ ބޮޑު މަހުޖަނު ނާސާ އަށް ދައުވާކޮށްފި
ހަނދަށް ދާ އުޅަނދަށް ބްލޫ އޮރިޖިނުން އާ ހުށަހެޅުމެއް
ހަނދަށް ފޮނުވާ ބުދަށް ކިޔާނެ ނަމެއް ހޮވަނީ