Roadha Mihaaru
ނާސާ އިން ހަނދަށް ފޮނުވާ ރޮކެޓް ދައްކާލައިފި

ނާސާ އިން ހަނދަށް ފޮނުވާ ރޮކެޓް ދައްކާލައިފި

20 މާޗް 2022

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އަލުން ހަނދަށް ދިއުމަށް ފެށި ޕްރޮގްރާމްގައި ބޭނުންކުރާ ފުރަތަމަ ރޮކެޓް، ފުރަތަމަ ފަހަރަށް އާންމުކޮށް ދައްކާލައިފި އެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އަލުން ހަނދަށް ދިއުމަށް ފެށި ޕްރޮގްރާމްގައި ބޭނުންކުރާ ފުރަތަމަ ރޮކެޓް، ފުރަތަމަ ފަހަރަށް އާންމުކޮށް ދައްކާލައިފި އެވެ.

އަލުން ހަނދަށް ދިއުމަށް ފެށި "އާޓެމިސް" ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފޮނުވާ އެ ރޮކެޓަށް ކިޔަނީ "އާޓެމިސް 1" އެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ ރޮކެޓް ވަނީ އޭގެ ލޯންޗު ޕެޑަށް ގެންގޮސްފަ އެވެ. ލޯންޗު ޕެޑްގައި ކުރާ ހުރިހާ ޓެސްޓުތަކެއްގެ ނަތީޖާ ރަނގަޅު ވެއްޖެ ނަމަ، އެ ރޮކެޓް އުދުއްސާލަން ފަހުގެ ތައްޔާރީތައް ފަށާނެ އެވެ.

އަލުން ހަނދަށް ދިއުމަށް ފެށި "އާޓެމިސް" ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފޮނުވާ އެ ރޮކެޓް "އާޓެމިސް 1".-- ފޮޓޯ: ނާސާ

އަލުން ހަނދަށް ދިއުމަށް ފެށި "އާޓެމިސް" ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފޮނުވާ އެ ރޮކެޓް "އާޓެމިސް 1".-- ފޮޓޯ: ނާސާ

ނާސާ އިން ބުނާ ގޮތުގައި އެޕޯލޯގެ ރޮކެޓްތަކަށް ވުރެ ވެސް، އެ ޕްރޮގްރާމަށް ހަދާ ރޮކެޓްތައް މާ ބާރުގަދަވާނެ އެވެ. އެ ރޮކެޓްގައި 100 މީޓަރުގެ އުސްމިން ހުރެ އެވެ. އަދި އެ ރޮކެޓްގައި އެސްޓްރޮނޯޓުންގެ އިތުރުން ކާގޯ އާއި އިތުރު ވަސީލަތްތައް ވެސް އުފުލުމުގެ ބާރު ހުންނާނެތީ ގިނަ ވަގުތު ޖައްވުގައި ހޭދަކުރެވޭނެ ކަމަށް ވެސް ނާސާ އިން ބުންޏެވެ.

އެއްވެސް ކްރޫއެއް ނެތި ހަނދުގެ ވަށައިގެން ބުރެއް ޖަހަން އެ ރޮކެޓް ފޮނުވަނީ ޓެސްޓް ބުރަކަށެވެ.

"އާޓެމިސް 1"ގެ އިންފޮގްރެފިކްސް: ބީބީސީ

"އާޓެމިސް 1"ގެ އިންފޮގްރެފިކްސް: ބީބީސީ

ނާސާ އިން ލަފާކުރާ ގޮތުގައި އެ ޕްރޮގްރާމްގެ ދަށުން ހަނދަށް ދާ ރޮކެޓްތަކުގައި އެސްޓްރޮނޯޓުން ދަތުރުކުރަން ފެށޭވަރު ވާނީ 2025 ގެ ފަހުންނެވެ. އެ އިދާރާއިން އަމާޒުހިފާފައި ވަނީ 2030 ގެ ކުރިން އަލުން ވެސް އިންސާނުން ހަނދަށް ފޭބޭވަރު ކުރާށެވެ.

އެމެރިކާ ސަރުކާރުގެ ޖައްވީ ކަންކަމުގެ އިސްވެރިޔާ ބިލް ނެލްސަން ވިދާޅުވި ގޮތުގައި މި ފެށެނީ ޖައްވީ ދަތުރުތަކުގެ ރަން ޒަމާނެވެ. އެ ދަތުރުތަކުގައި ބޮޑެތި ކާމިޔާބީތައް ވެސް ހޯދޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އަލުން ހަނދަށް ދިއުމަށް ފެށި "އާޓެމިސް" ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފޮނުވާ އެ ރޮކެޓް "އާޓެމިސް 1".-- ފޮޓޯ: ނާސާ

އަލުން ހަނދަށް ދިއުމަށް ފެށި "އާޓެމިސް" ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފޮނުވާ އެ ރޮކެޓް "އާޓެމިސް 1".-- ފޮޓޯ: ނާސާ

"މި ޖެނެރޭޝަން އިން އަލުން ހަނދަށް އެސްޓްރޮނޯޓުން ފޮނުވާނެ އަދި މިފަހަރު ފުރަތަމަ ފަހަރަށް އަންހެނަކު ވެސް ހަނދަށް ދާނެ. އަދި ދޮން ނަސްލުގެ ނޫން މީހަކު ވެސް ހަނދަށް ދާނެ،" ނެލްސަން ވިދާޅުވި އެވެ.

އެ ރޮކެޓް ހަނދަށް ފޮނުވަން އުދުއްސާނެ ސީދާ ތާރީހެއް އަދި ޔަގީންނުވިޔަސް، ބެލެވޭ ގޮތުގައި ޖޫން ނުވަތަ ޖުލައި އަށް ދަތުރު ތާވަލުކުރާނެ އެވެ.