25 ޑިސެމްބަރ 2024
ނާސާގެ ޕާކަ ސޯލާ ޕްރޯބް މިހާތަނަށް ސްޕޭސް ޕްރޯބެއް އިރާ ކައިރި ނުވާހާ ގާތަށް އިއްޔެ ގޮސް ރެކޯޑެއް ހަދައިފި އެވެ.
ނާސާގެ ޕާކަ ސޯލާ ޕްރޯބް މިހާތަނަށް ސްޕޭސް ޕްރޯބެއް އިރާ ކައިރި ނުވާހާ ގާތަށް އިއްޔެ ގޮސް ރެކޯޑެއް ހަދައިފި އެވެ.
މިއީ ތަރިތަކާ ބެހޭ ސައިންޓިފިކް ވިސްނުން އިތުރަށް ހަރުދަނާކޮށް، ޖައްވުގެ ދިރުންތަކަށް އަސަރުކޮށްފާނެ ޖައްވީ މޫސުމުގެ ހާދިސާތައް ދެނެގަތުމަށް އެހީތެރިވުމުގެ ގޮތުން ހަތް އަހަރު ދުވަހުގެ މިޝަނެއްގައި އޯގަސްޓް 2018 ގައި ލޯންޗްކުރި ޕްރޯބެކެވެ.
އަންގާރަ ދުވަހުގެ ހެނދުނު 6:53 (ޖީއެމްޓީ ގަޑިން 1153) ގައި މި ޕްރޯބަށް ތާރީހުން ޖާގަ ލިބުނު އިރު ހުކުރު ދުވަހާ ހަމައަށް ސައިންސްވެރިން ތިބީ ޕްރޯބާ ގުޅުން ކެނޑިގެން އިންތިޒާރުގަ އެވެ. މުއާސަލާތީ ވަސީލަތަށް ހުރަސްއެޅެނީ އިރާ މާ ކައިރިން ދަތުރުކުރާތީ ކުރިމަތިވާ މައްސަލަތަކާ ހެދި އެވެ.
ޕާކަ ސޯލާ ޕްރޯބް އިރާ 3.8 މިލިއަން މޭލު [6.1 މިލިއަން ކިލޯމީޓަރު] އަށް ކައިރިވި ވަގުތު ޓެމްޕަރޭޗާ 1،700 ޑިގްރީ ފެރަންހައިޓް [930 ޑިގްރީ ސެލްސިއަސް] އަށް އެރި ކަމަށް ނާސާއިން ބުންޏެވެ.
ޕާކާ ދަތުރުކުރާނީ ގާތްގަނޑަކަށް ގަޑިއަކު 430،000 މޭލު [690،000 ކިލޯމީޓަރު] ބާރު މިނުގަ އެވެ. މިއީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނުން ޖަޕާނުގެ ޓޯކިޔޯއަށް މިނެޓެއްގެ ތެރޭގައި ދަތުރުކުރެވޭ ވަރަށް ބާރެވެ އެވެ.
10 އަހަރު ތެރޭ ހަނދުގައި ދިރިއުޅެން ފެށިދާނެ
ޖައްވީ ހިލަގަނޑުގެ މިސްރާބު ބަދަލުކޮށްލެވިއްޖެ: ނާސާ
ރާއްޖޭގެ ފުރަތަމަ ސެޓެލައިޓްގެ މަަސައްކަތް ފަށަނީ
މާސްގައި ހެލިކޮޕްޓަރު ދުއްވާލަން ތައްޔާރު ވެއްޖެ
ޖައްވީ ކުނިގަނޑެއްގެ މައްސަލައިގައި ދައުވާކުރަނީ
ޗައިނާގެ އުޅަނދު ހަނދުން ސާމްޕަލް ނަގައިގެން އަންނަނީ
އިރު ދިރާސާކުރަން އިންޑިއާއިން ފޮނުވި އުޅަނދު ނާރެހަށް
ސައޫދީ-އިންޑިއާގެ ޚާއްސަ ޖައްވީ ޕްރޮގްރާމެއް ފަށަނީ
ހަނދަށް ފަހު އިންޑިއާގެ މިސްރާބު އިރަށް
އަރަބި އަންހެނަކު އަލަށް ޖައްވަށް