03 ސެޕްޓެމްބަރ 2023
އިންޑިއާގެ ޖައްވީ ދިރާސާތަކާ ބެހޭ އިދާރާގެ ޖައްވީ އުޅަނދެއް ހަނދުގެ ދެކުނު ދަނޑި (ސައުތު ޕޯލް) އަށް ކާމިޔާބު ކަމާ އެކު ތިރިކުރުވުމަށް ފަހު، އިރުގެ ދިރާސާތަކެއް ކުރުމަށް އިންޑިއާގެ ޖައްވީ އުޅަނދެއް ޖައްވުގެ ތެރެއަށް އިއްޔެ ފުރުވާލައިފި އެވެ.
އިންޑިއާގެ ޖައްވީ ދިރާސާތަކާ ބެހޭ އިދާރާގެ ޖައްވީ އުޅަނދެއް ހަނދުގެ ދެކުނު ދަނޑި (ސައުތު ޕޯލް) އަށް ކާމިޔާބު ކަމާ އެކު ތިރިކުރުވުމަށް ފަހު، އިރުގެ ދިރާސާތަކެއް ކުރުމަށް އިންޑިއާގެ ޖައްވީ އުޅަނދެއް ޖައްވުގެ ތެރެއަށް އިއްޔެ ފުރުވާލައިފި އެވެ.
މިހާތަނަށް ހަނދުގެ ދެކުނު ދަނޑި އަށް ތިރިކުރި ފުރަތަމަ ޖައްވީ އުޅަނދު، އިންޑިއާގެ ޗަންދްރިޔާން-3 ހަނދުގެ އެ ސަރަހައްދަށް ތިރިކުރީ އޮގަސްޓް 23، 2023 ވީ ބުދަ ދުވަހު އެވެ. ހަނދުގެ އެ ސަރަހައްދަށް މިއުޅަނދު ފޮނުވުމުގެ މައިގަނޑު ބޭނުމަކީ، އެ ސަރަހައްދުގައި ގަނޑުފެން ފަދަ، އިންސާނީ ދިރުމާ ގުޅިފައިވާ އެއްވެސް މާއްދާއެއް ހުރިތޯ ބަލައި ދިރާސާކުރުމެވެ.
ޗަންދްރިޔާން-3 ހަނދަށް ތިރިކުރުމާ އެކު، އިންޑިއާ ވެފައިވަނީ، ޖައްވީ އުޅަނދެއް ހަނދަށް ތިރިކުރުވި ހަތަރު ވަނަ ގައުމަށެވެ. މިހާތަނަށް ހަނދަށް ޖައްވީ އުޅަނދެއް ތިރިކުރުވި ގައުމުތަކަކީ، ސޮވިއެޓް ޔޫނިއަން (ރަޝިޔާ)، އެމެރިކާ، ޗައިނާ އަދި އިންޑިއާ އެވެ.
އިރުގެ އެންމެ ބޭރު ފަށަލަތަކުގެ ދިރާސާތަކެއް ކުރުމަށް، މި މަހުގެ 2 ވަނަ ދުވަހު އިންޑިއާ އިން އުދުއްސައިލި، "އަދިތުޔާ-އެލް1" ރޮކެޓް، އެއަށް ކަނޑައަޅާފައިވާ މަންޒިލާ ހަމައަށް ފޯރާނީ، ހަތަރު މަސް ދުވަސް ވަންދެން ދަތުރުކޮށް 1.5 މިލިއަން ކިލޯމީޓަރު ކަޑައްތު ކުރުމަށް ފަހު އެވެ. އިރުގެ ދިރާސާތައް ކުރުމަށްޓަކައި އަދިތުޔާ-އެލް1 ޖައްވުގެ ތެރޭގައި ބުރުޖަހަމުން ދާނީ، ލަގްރާންޖް ޕޮއިންޓް 1 ގަ އެވެ.
ލަގްރާންޖް ޕޮއިންޓްތަކަކީ، ޖައްވީ ދެ ޖިސްމެއްގައިވާ ދަގަތްފާނީ ބާރު ހަމަހަމަކޮށްދޭ ނުކުތާތަކެވެ. އެގޮތުން އިރަށް ދަމާ ބާރާއި ބިމަށް ދަމާ ބާރު (ޖާޒުބިއްޔަތު) ހަމަހަމަވާ ފަސް ނުކުތާގެ ތެރެއިން، އަދިތުޔާ-އެލް1 އަށް ކަނޑައަޅާފައިވާ މަންޒިލް (ލަގްރާންޖް ޕޮއިންޓް 1)ގައި 5.2 އަހަރު މަޑުކޮށް ދިރާސާތައް ކުރަމުން ދާނެ އެވެ.
އަދިތުޔާ-އެލް1 އިރާއި ބިމާ ދެމެދުގައިވާ ލަގްރާންޖް ޕޮއިންޓް 1ގައި މަޑުކޮށްގެން އޮވެ އިރުގެ ދިރާސާތައް ކުރަމުން ދާނީ، އިންޑިއާގެ ޖައްވީ ދިރާސާތަކާ ބެހޭ ތިން އިދާރާ ގުޅިގެން އުފައްދާފައިވާ ސައެންޓިފިކް އާލާތްތަކުގެ އެހީގަ އެވެ. އެ އާލާތްތައް އުފައްދާފައިވަނީ، އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އައިއެސްއާރްއޯ)، އިންޓަ-ޔުނިވަސިޓީ ސެންޓަ ފޯ އެސްޓްރޮނޮމީ އެންޑް އެސްޓްރޯފިޒިކްސް އަދި އިންޑިއަން އިންސްޓިޓިއުޓް އޮފް އެސްޓްރޯފިޒިކްސް އިންނެވެ.
އިރުގެ ދިރާސާތައް ކުރުމަށް މީގެ ކުރިން ވެސް އެކި ގައުމުތަކުން އިރުގެ ފަލަކަށް ޖައްވީ އުޅަނދުތައް ފޮނުވާފައިވެ އެވެ. ނަމަވެސް އިންޑިއާ އިން މިހާރު ފަށާފައިވާ ދަތުރު ކާމިޔާބު ވެއްޖެ ނަމަ، އިންޑިއާ ވެގެންދާނީ އިރުގެ ފަލަކުގައި ޖައްވީ އުޅަނދެއް ސާބިތުކުރި، އޭޝިޔާގެ ފުރަތަމަ ގައުމަށެވެ.
އިރު ދިރާސާކުރަން އިންޑިއާއިން ފޮނުވި އުޅަނދު ނާރެހަށް
ސައޫދީ-އިންޑިއާގެ ޚާއްސަ ޖައްވީ ޕްރޮގްރާމެއް ފަށަނީ
ހަނދަށް އުޅަނދެއް އުދުއްސާލުމުން ރާއްޖޭން މަރުހަބާ
ޗައިނާގެ އުޅަނދު ހަނދުން ސާމްޕަލް ނަގައިގެން އަންނަނީ
އިންޑިއާ ހަނދަށް ގޮސް، ޖައްވީ ބޮޑު ބާރެއްގެ ޝަރަފު
ޖުޕިޓާގެ ހަނދުތަކުގެ އަދަދު 92 އަށް
10 އަހަރު ތެރޭ ހަނދުގައި ދިރިއުޅެން ފެށިދާނެ
ޖައްވީ ހިލަގަނޑުގެ މިސްރާބު ބަދަލުކޮށްލެވިއްޖެ: ނާސާ
މާސް އަށް 2030ގެ ކުރިން މީހުން ދާނެކަމަށް ބުނެފި
ކާއިނާތުގެ އަޖައިބުތަކުގެ ތެރެއަށް ތާރީޚީ ދަތުރެއް