Roadha Mihaaru
މާސްގައި އޭލިއަނުން، އިންސާނުން ދުނިޔޭގައި

މާސްގައި އޭލިއަނުން، އިންސާނުން ދުނިޔޭގައި

24 އޮކްޓޯބަރ 2019

މާސްގައި އޭލިއަނުން އެބަ އުޅެ އެވެ. އިންސާނުންނަށް ނުފެންނަނީ އެވެ. އެސްޓްރޮބަޔޮލިޖިސްޓުންނަށް ގަބޫލުކުރެވޭ ގޮތުގައި، އިންސާނުންނަށް ވުރެ، އޭލިއަނުންގެ ވިސްނުން ތޫނެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މާސްގައި އޭލިއަނުން އެބަ އުޅެ އެވެ. އިންސާނުންނަށް ނުފެންނަނީ އެވެ. އެސްޓްރޮބަޔޮލިޖިސްޓުންނަށް ގަބޫލުކުރެވޭ ގޮތުގައި، އިންސާނުންނަށް ވުރެ، އޭލިއަނުންގެ ވިސްނުން ތޫނެވެ.

އިންސާނީ ދަރިފަސްކޮޅު މާސްގައި އާބާދުކުރެވިދާނެ ކަމަށް ގަބޫލުކުރާ އެސްޓްރޮބަޔޮލޮޖިސްޓުން ދެކޭ ގޮތުގައި، އިންސާނުން ފުރަތަމަ އުޅުނީ މާސްގަ އެވެ. ނަމަވެސް، ދިމާވި ހާދިސާއެއްގައި، މާސް އަށް ވެއްޓުނު އެތިގަނޑެއްގެ ސަބަބުން، ބިމުން ބޮޑު ބައެއް ގޮވައި، މާސްގައި އުޅުނުހައި ބަޔަކު، ޖައްވުގެ ތެރެ އަށް ބުރައިގެން ދިޔައީ އެވެ. އިންސާނުންނަށް ދުނިޔެ އަށް އާދެވުނީ ބުރައިގެން ދިޔަ ގާތަކުގެ މަތީގައި ދަތުރުކޮށްފަ އެވެ.

މާސްގައި އިންސާނުން އުޅުނު ކަމަށް އެއް ބަޔަކު ގަބޫލުކުރާއިރު، މާސްގައި ދުވަހަކު ވެސް އިންސާނުން އުޅެފައި ނުވާ ކަމަށް ވެސް ބަޔަކު ބުނެ އެވެ. އަދި މިހާރު ބުނަނީ، މާސް އަކީ އިންސާނީ ދަރިފަސްކޮޅަށް ރަހުމަތްތެރި ބިމަކަށް ދުވަހަކު ވެސް ނުވާނެ ކަމަށެވެ.

މާސްގައި ދިރުމުގެ ނިޝާން މިހާރު ވެސް ހުރި ކަމަށް، އެސްޓްރޮބަޔޮލޮޖިސްޓުންގެ ތެރެއިން ބަޔަކު ގަބޫލުކުރެ އެވެ. މާސްގެ ބިމުގައި ފެން ހިނގާފައި ހުރި ނިޝާންތައް ވެސް ހުރި ކަމަށް ބުނެވެ އެވެ. މާސްގައި ދިރުން ހުރި ނަމަ ހުރީ ބިމު އަޑީގައި ކަމަށް ވެސް އެބަ ބުނެ އެވެ. މިއީ މާސް އިން ފެނިފައި ހުރި މަންޒަރުތައް ސައިންސްވެރިންނަށް ތަރުޖަމާކުރެވޭ ގޮތެވެ.

މާސްގައި އިންސާނުން އުޅުނު ނަމަ އަދި މާސްގައި އޭލިއަނުން މިހާރު ވެސް އުޅޭ ނަމަ، މިކަން ތަރުޖަމާކުރެވޭނެ ގޮތަކީ މި އެވެ؛

އޭލިއަނުން ޖައްވު ތެރޭގައި ދަތުރުކޮށް އުޅުމުގެ ތެރޭގައި، މާސްގައި އިންސާނުން އުޅޭކަން ފާހަގަކުރެވުނީ އެވެ. އަދި މާސް އަކީ އޭލިއަނުންނަށް ވެސް ކަމުދާ ބިމަކަށް ވާތީ، މާސް ހިސޯރުކުރާނެ ގޮތެއް ސައްލާކޮށް ނިންމީ އެވެ. އަދި މާސް އަށް އެތިގަނޑެއް ވައްޓާލައި، މުޅި އާބާދީ ޖައްވުގެ ތެރެ އަށް ބުރުވާލި އެވެ.

އޭލިއަނުންނަކީ އިންސާނުންނަށް ވުރެ ތޫނުފިލި ބައެއް ކަމަށް ގަބޫލުކުރެވޭ ބަޔަކު، މާސްގައި އޭލިއަނުން ވަޒަންވެރިވި ގޮތް ކިޔައިދޭނީ މި ގޮތަށެވެ. އެކަމަކު މިއީ އެއްވެސް އަސާސެއް ދެެއްކެން އޮތް ކަމެއް ނޫނެވެ. ހުސް ފުލޯކެވެ. ހަދަހަދައިގެން ދައްކާ ވާހަކަ އެވެ. އޭލިއަނުންނަކީ އެއްވެސް ތަނެއްގައި އުޅޭ ބައެއްކަން ސާބިތުކޮށްދެވޭނެ ގޮތެއް ނެތެވެ. އެކަމަކު އިންސާނުންގެ ވަޒަނަކީ ބިމެވެ.