08 ޖޫން 2021
ޔޫރޯގައި އެންމެ ފުރަތަމަ ވާދަ ކުރީ 1972 ގައި
ޔޫރޯގައި އެންމެ ފުރަތަމަ ވާދަ ކުރީ 1972 ގައި
ޔޫރޯގައި ހޯދި އެންމެ ބޮޑު ކާމިޔާބު: 1980 ގެ ރަނަރަފް
ޔޫރޯގައި ވާދަ ކުރާ ހަ ވަނަ ފަހަރު
ބެލްޖިއަމްގެ ފުޓްބޯޅައިގައި މިހާރު ތަޖުރިބާ ކުރަމުން ދަނީ އެ ގައުމުގެ ފުޓްބޯޅައިގެ ރަން ޖީލުގެ ދުވަސްތެކެވެ. ޔޫރަޕްގެ ފުޓްބޯޅައިގައި ވަރުގަދަ ނަމަކަށް ބެލްޖިއަމް ވެގެން ދިޔައީ އެ ކުޅުންތެރިންގެގެ ސަބަބުންނެވެ. ދުނިޔޭގެ ފެންވަރުގެ ތަރިން ބެލްޖިއަމްއިން އުފައްދައިފި އެވެ. ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕްގެ ތިން ވަނަ މަގާމަކީ އޭގެ ނަތީޖާ އެވެ. ދުނިޔޭގެ އެންމެ ބޮޑު ލީގުތައް އޮތީ، އިންގްލެންޑާއި، އިޓަލީ، ސްޕެއިން، ޖަރުމަން، ފްރާންސް އަދި ޕޯޗްގަލްގަ އެވެ. އެހެންވެ އެ ގައުމުތަކަކީ ޔޫރަޕްގެ ފުޓްބޯޅައިގައި ވެސް އެންމެ މަޝްހޫރު ގައުމުތަކެވެ. މާ މަޝްހޫރު ލީގެއް ނެތް ނަމަވެސް ޔޫރަޕްގެ ފުޓްބޯޅައިގައި ނުފޫޒު ގަދަ ގައުމެއްގެ މަގާމުގައި ބެލްޖިއަމް މިހާރު ދަނީ ދަމަހައްޓަމުންނެވެ. ދުނިޔޭގެ ރޭންކިންގެ އެއް ވަނަ މަގާމުގައި އެ ޓީމު ހިފަހައްޓަމުން ދިއުމަކީވެސް އެ ނުފޫޒު އިތުރަށް ބޮޑުވެގެންދާ ސަބަބެކެވެ.
އިޓަލީގައި 1980 ގައި ބޭއްވި ޔޫރޯގެ ފައިނަލަށް ދަތުރު ކުރި ބެލްޖިއަމްގެ މިފަހަރުގެ ޓާގެޓަކީ އެ މުބާރާތް ކާމިޔާބު ކުރުމެވެ.
ވޯލްޑް ކަޕްގެ ލޯ މެޑަލް ލިބުމުން ބެލްޖިއަމްއަށް ބޮޑުވި އިތުބާރާއެކު އެ ޓީމު ދިޔައީ ފަސޭހަ މަގަކުންނެވެ. ފަސޭހަކޮށް ނެގި މެޗުގައި ޔޫއޭފާ ނޭޝަން ލީގުގައި ސްވިޒަލޭންޑުން ބެލްޖިއަމް ކޮޅަށް ފަސް ލަނޑު ޖެހުމުން ބެލްޖިއަމްއަށް ހަމަބިމަށް އަންނަން މަޖުބޫރުވި އެވެ. ކޯޗް ރޮބާޓޯ މާޓިނޭޒްއަށް ހެދުނު ގޯސްތައް ރަނގަޅުކޮށް ޔޫރޯ ކޮލިފިކޭޝަންގައި ތާރީހީ ނަތީޖާތަކެއް ބެލްޖިއަމް ޓީމުން ނެރުނެވެ.
ކޮލިފައިންގައި އެންމެ ރަނގަޅު ރެކޯޑެއް ހެދީ ބެލްޖިއަމްގެ ޓީމުންނެވެ. ކޮލިފައިންގެ ގުރޫޕް އައިގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 30 ޕޮއިންޓް ހޯދި އެވެ. އެ ޓީމުން 40 ގޯލް ކާމިޔާބު ކުރިއިރު ބައިކޮޅަށް ވަނީ އެންމެ ތިން ގޯލެވެ. ގުރޫޕްގެ ދެ ވަނަ ހޯދި ރަޝިއާގެ މައްޗަށް ބެލްޖިއަމް ހަ ޕޮއިންޓްގެ ލީޑެއް ނެގި އެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕްގައި ބެލްޖިއަމް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ އެޑެން ހަޒާޑް އެވެ. ނަމަވެސް ވޭތުވެދިޔަ ދެ އަހަރު އޭނާ ވިދުން ފަނޑުވެއްޖެ އެވެ. ޗެލްސީގެ ދޫކޮށް ބޮޑު އަގުގައި ރެއާލް މެޑްރިޑަށް ބަދަލުވި ފޯވަޑަށް ޖެހުނީ އަނިޔާގެ ދަންތުރަ އެވެ. އެކަމާ ގުޅިގެން އޭނާގެ ފިޓްނަސްއަށް އަސަރު ކުރި އެވެ. ރެއާލްގެ ލެޖެންޑްރީ ހަތް ނަމްބަރު ޖޯޒީގައި ޖަހައިގެން ނުކުތަސް އެވަރުގެ ކުޅުމެއް އޭނާއަށް ނުދެއްކުނެވެ.
ބެލްޖިއަމްގެ ޑި ބްރޭނާ. --ފޮޓޯ:އޭއެފްޕީ
ބެލްޖިއަމް ޓީމުގެ މިހާރު އެންމެ މުހިންމު ކުޅުންތެރިޔަކީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑާ ކެވިން ޑި ބްރޭނާ އެވެ. ގިނަ ބަޔަކު އޭނާ ފާހަގަ ކުރަނީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރުގެ ގޮތުގަ އެވެ. ހާއްސަކޮށް ޕެޕް ގާޑިއޯލާގެ ކޯޗް ކަމުގެ ދަށުން އޭނާ ހޯދަމުންދާ ކުރިއެރުން ފާހަގަ ވެއެވެ. ޔޫރޯގެ ފުރަތަމަ ދެ މެޗުގައި އޭނާ ކުޅޭނެ ކަމަކަށް ނުބެލެވެ އެވެ. ޗެމްޕިއަންސް ލީގުގެގެ ފައިނަލުގައި އޭނާގެ ނޭފަތަށް ލިބުނު އަނިޔާއަކަށް ދަނީ ފަރުވާ ހޯދަމުންނެވެ.
ކޮލިފައިންގައި ބެލްޖިއަމަށް އެންމެ ގިނަ ލަނޑު ޖަހައިދިން، ރޮމެލޫ ލުކާކޫ އަކީ ބެލްޖިއަމްގެ އެންމެ ހެވީ ވެއިޓް އެއް ނަމެވެ. އިޓާލިއަން ލީގު ޗެމްޕިއަންކަން 10 އަހަރަށް ފަހު އިންޓަ މިލާންއިން ހޯދިއރު އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ލުކާކޫ އެވެ. އޭނާވެސް ބުނެފައި ވަނީ ނިމިދިޔަ ސީޒަނަކީ އެންމެ މޮޅަށް އޭނާއަށް ކުޅެވުނު ސީޒަން ކަމަށެވެ. އެ ފޯމުގައި އޭނާ މުބާރާތަށް އަންނަ އިރު ބެލްޖިއަމްގެ އެޓޭކުގައި އެންމެ މުހިންމު ކުޅުންތެރިޔަކަށް ވާނީ ލުކާކޫ އެވެ. ލެސްޓާ ސިޓީގެ މިޑްފީލްޑާ ޔޫރީ ޓެލްމަންސް އަކީ ބެލްޖިއަމްގެ ޓީމުން މިފަހަރުގެ ޔޫރޯގައި ވިދާލާނެ ކަމަށް ބެލެވޭ ތަރިއެކެވެ.
ސްޕެއިންގެ ރޮބާޓޯ މާޓިނޭޒް ކޯޗެއްގެ ގޮތުގައި އާންމުންގެ ލޯތަކުގައި އަޅައިގަތީ މެންޗެސްޓާ ސިޓީ ބަލިކޮށް ވިގަން އެތުލެޓިކަށް 2013 ވަނަ އަހަރު އެފްއޭކަޕްގެ ޗެމްޕިއަންކަން ހޯދައިދިން ހިސާބުންނެވެ. ނަމަވެސް އޭގެ ތިން ދުވަސް ފަހު ވިގަން ރެލިގޭޓް ވި އެވެ.
ބެލްޖިއަމްގެ ކޯޗު މާޓިނޭޒް. --ފޮޓޯ:އޭއެފްޕީ
ޕްރިމިއާ ލީގުގައި އޭނާ ކޯޗް ކޮށްދިން ތިން ކްލަބުގައި ވެސް މާ ބޮޑު ކާމިޔާބެ ނުލިބުނެވެ. ކްލަބު ކޯޗެއްގެ ގޮތުގައި ކާމިޔާބުތަކެއް ނުލިބުނަސް، ބެލްޖިއަމްގެ ގައުމީ ޓީމާ އެކު އޭނާ ވިދާލި އެވެ. ޔޫރޯ 2016 ކްއާޓާ ފައިނަލުން ބެލްޖިއަމް ކަޓައިގެން ދިއުމުން އޭރު ކޯޗަކަށް ހުރި މާކް ވިލްމޮޓްސް ކޯޗް ކަމުން ވަކި ކުރި އެވެ. މާޓިނޭޒް އާއި ޓީމު ހަވާލު ކުރީ އޭގެ ފަހުންނެވެ. އޭނާ އާ އެކު ބެލްޖިއަމްގެ ވިދުން ގަދަ ވި އެވެ. ވޯލްޑް ކަޕްގައި އޭނާ އާ އެކު މަސައްކަތް ކުރި ފްރާންސްފެ ކުރީގެ ތަރި ތިއޮރީ އޮންރީ ވަނީ އަލުން މާޓިނޭޒް އާ އެކު މަސައްކަތް ކުރަން ބެލްޖިއަމްގެ ޓީމާ ގުޅިފަ އެވެ.
ބެލްޖިއަމްގެ ބައި ގޯލަކުން ފްރާންސް ގަދަ އަށަކަށް
ބަދު ނަސީބު ބެލްޖިއަމަށް ސައްހަ ގޯލެއްނުޖެހި މާޔޫސްކަން
ބެލްޖިއަމްގެ ކޯޗަކީ ނޫސްވެރިއެއް، ފުޓްބޯޅަ އެކްސްޕާޓެއް
ކެނެޑާ އަތުން ބެލްޖިއަމަށް އުނދަގޫ މޮޅެއް
ގުރޫޕްގެ ދެވަނަ އާއެކު ބެލްޖިއަމަށް ޖެހުނީ ފްރާންސް
ޔޫކްރޭން ރޮއްވާލުމަށްފަހު އަނެއް ތިން ޓީމުން އުފާކުރަނީ
ރޮމޭނިއާ ބަލިކޮށް ބެލްޖިއަމް އަލުން ޓްރެކަށް
ކޯޓުއާ ނުލައި ޔޫރޯ އަށް، ބެލްޖިއަމް އެ ހަދަނީ ގޯހެއް
ލަންކާ ސަފީރު ކަމަށް މަސްއޫދު، މެލޭޝިއާ އަށް ޝަބީނާ
ބަޑީގެ ހަމަލާއަކާހެދި ޔޫރޯ ކޮލިފައިން މެޗު ހުއްޓާލައިފި