Roadha Mihaaru
ބާސާގެ ބޮޑު ބައްދަލުވުން 30 މިނެޓް ވެސް ހޭދަ ނުވި

ލަޕޯޓާ އާއި ކޫމަންގެ ބޮޑު ބައްދަލުވުމަށް ބައި ގަޑިއިރު ވެސް ނުވި

26 މެއި 2021

ބާސެލޯނާ (26 މެއި) - އެފްސީ ބާސެލޯނާގެ ކޯޗް ރޮނަލްޑް ކޫމަންގެ ކުރިމަގާ ބެހޭގޮތުން، "ބޮޑު ނިންމުމެއް" ނިންމަން ބޭއްވި ބައްދަލުވުން 30 މިނެޓް ވެސް ނުވެ ނިމިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސެލޯނާ (26 މެއި) - އެފްސީ ބާސެލޯނާގެ ކޯޗް ރޮނަލްޑް ކޫމަންގެ ކުރިމަގާ ބެހޭގޮތުން، "ބޮޑު ނިންމުމެއް" ނިންމަން ބޭއްވި ބައްދަލުވުން 30 މިނެޓް ވެސް ނުވެ ނިމިއްޖެ އެވެ.

ބާސާގައި ކޫމަންގެ ކުރިމަގާ ބެހޭ ގޮތުން ސުވާލު އުފެދިފައި ވަނިކޮށް، އެ ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާ ވަނީ އިއްޔެ ކޫމަންއާ ބައްދަލުކުރައްވައިފަ އެވެ. ސްޕެއިންގެ މީޑީއާތަކުން އެ ބައްދަލުވުން ސިފަކުރީ ކޫމަންގެ ކުރިމަގު ކަނޑައެޅުމަށް ބާއްވާ ބާސާގެ ބޮޑު ބައްދަލުވުމުގެ ގޮތުގަ އެވެ.

ބާސާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި ބޭއްވި ބައްދަލުވުމަށް، ކޫމަން ދިޔައީ އޭނާ މަންދޫބު ރޮބް ޖެންސަން އާ އެކު އެވެ. ލަޕޯޓާގެ އަރިހުގައި ބާސާގެ ފުޓްބޯލް ޑައިރެކްޓާ މަޓޭއު އަލެމާނީ ވެސް ބައްދަލުވުމަށް ވަޑައިގަތެވެ.

ކޫމަން އާއި ޖެންސެން ކޭމްޕް ނޯ އިން އެ ބައްދަލުވުމަށް 30 މިނެޓް ވެސް ނުވަނީސް ނުކުތް މަންޒަރު ފެނެ އެވެ. އޭގެ 10 މިނެޓް ފަހުން ލަޕޯޓާ އާއި އަލެމާނީ ވެސް ނުކުމެވަޑައިގަތެވެ. ބައްދަލުވުމުގައި ނިންމީ ކޮން ގޮތަކަށް ކަމެއް ސާފެއް ނުވެ އެވެ.

ބާސާގެ ކޯޗް ކަމަށް، އެ ޓީމުގެ ލެޖެންޑް އަދި މިހާރު ގަތަރު އަލް ސާދުގެ ކޯޗް، ޒަވީ ހެނާންޑޭޒް ގެންނަން އުޅޭ ކަމުގެ އަޑުތައްވެސް ވަނީ ގަދަ ވެފަ އެވެ. ކޫމަންގެ ކޯޗް ކަމުން ބާސާއިން ވަނީ މި ސީޒަންގެ ސުޕެނިޝް ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ.