Roadha Mihaaru
70 އަހަރު ވަންދެން ރެފްރީން ކޮންޓްރޯލް ކުރީ ރެއާލުން

ރެއާލުން ވަނީ 70 އަހަރު ވަންދެން ރެފްރީން ކޮންޓްރޯލް ކޮށްފައި: ލަޕޯޓާ

18 އެޕްރީލް 2023

ބާސެލޯނާ (އޭޕްރިލް 18) - ސްޕެނިޝް ލީގުގެ ކުރީގެ ރެފްރީސް ކޮމިޓީގެ ނައިބު ރައީސް ހޯޒޭ މާރިއާ އެންރީކޭޒް ނެގްރެއިރާއަށް ރިޝްވަތުގެ ފައިސާ ދީފައިވާކަން ތުހުމަތާ އެކު، ބާސެލޯނާ އަށް ފިޔަވަޅުއަޅަން ގޮވާލާ ކެމްޕޭނުގައި ބައިވެރިވާ ވާދަވެރި ރެއާލް މެޑްރިޑަށް ހޫނު ބަހުގެ ހަމަލާތަކެއް ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ރައްދު ކުރައްވައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާސެލޯނާ (އޭޕްރިލް 18) - ސްޕެނިޝް ލީގުގެ ކުރީގެ ރެފްރީސް ކޮމިޓީގެ ނައިބު ރައީސް ހޯޒޭ މާރިއާ އެންރީކޭޒް ނެގްރެއިރާއަށް ރިޝްވަތުގެ ފައިސާ ދީފައިވާކަން ތުހުމަތާ އެކު، ބާސެލޯނާ އަށް ފިޔަވަޅުއަޅަން ގޮވާލާ ކެމްޕޭނުގައި ބައިވެރިވާ ވާދަވެރި ރެއާލް މެޑްރިޑަށް ހޫނު ބަހުގެ ހަމަލާތަކެއް ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ރައްދު ކުރައްވައިފި އެވެ.

ލަޕޯޓާ ވަނީ އެޓީމުން ރިޝަވަރުގެ މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވ. އަދި 2001-2018 އާ ދެމެދު އެންރީކޭޒް ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުންޏަށް ދިން ގާތްގަނޑަކަށް 7.8 މިލިއަން ޑޮލަރަކީ އެއީ ކޮންސަލްޓަންސީ މަސައްކަތަށް ދީފައިވާ ފައިސާއެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބާސެލޯނާ އަށް ފިޔަވަޅު އަޅަން ގޮވާލާ ކެމްޕޭނުގައި ރެއާލް މެޑްރިޑް ބައިވެރިވާތީ ލަޕޯޓާ ވިދާޅުވީ، ރެއާލް މެޑްރިޑަކީ އަބަދުވެސް ރެފްރީންގެ އެހީ ލިބޭ ޓީމެއް ކަމަށާއި ފާއިތުވި 70 ވަރަކަށް އަހަރު އެޓީމު ކުޅޭ މެޗުތަކަށް ރެފްރީން ނަގާފައި ވަނީ ކުޅުންތެރިންނާއި ކްލަބްގެ ބޯޑުން މަޝްވަރާ ކޮށްގެން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

"ފާއިތުވި 70 ވަރަކަށް އަހަރަށް ބަލައިލާއިރު ސީޓީއޭ [ރެފްރީސް ކޮމިޓީ] ގެ ރައީސުންނަށް ގިނައިން ތިބީ ރެއާލް މެޑްރިޑުގެ ކުރީގެ ޕާޓްނަރުންނާއި ކުޅުންތެރިންނާއި މެނޭޖަރުން. އަނެއްހެން ބުނާނަމަ 70 އަހަރު ވަންދެން ރެއާލް މެޑްރިޑު ކުޅޭ މެޗުތަކަށް އިންސާފުކުރާނެ ރެފްރީން ހަމަޖައްސަނީ ރެއާލް މެޑްރިޑްގެ ކުޅުންތެރިންނާއި ޑިރެކްތަރުންނާއި ސަޕޯޓަރުން،" ލަޕޯޓާ ވިދާޅުވި އެވެ.

"މި ކަމުގައި އަހަރެމެންނާ ދެކޮޅަށް ރެއާލް މެޑްރިޑުން ނުކުތުމުން ވެސް ދޭހަ ކޮށްދެނީ ކުޅިވަރުގައި އެމީހުންގެ އަމިއްލަ އެދުން ބޮޑުކަން. އުންމީދު ކުރަނީ މިކަމުގެ ޝަރީއަތުން އެމީހުންނަށް އެމީހުން އަސްލު ތިބެންވާ ހިސާބު އެނގިގެން ދާނެ ކަމަށް."

މީގެ އިތުރުން ލަޕޯޓާ ވަނީ ލަ ލީގާގެ ރައީސް ހަވިއޭ ތެބާސް އަށް ވެސް ނުރުހުން ފާޅު ކޮށްފަ އެވެ. އޭނާ ވިދާޅުވީ ތަބޭސް އަކީ ބާސެލޯނާގެ އަބުރު ގެއްލުވާލަން މަސައްކަތް ކުރައްވާ ފަރާތެއް ކަމަށެވެ.

"އަހަރެންގެ އިނގިލި ދިއްކޮށްލަން ބޭނުމީ ލަ ލީގާގެ ރައީސް އަށް. އޭނާގެ މަސައްކަތުގައި އެއްވެސް ޕްރޮފެޝަނަލްކަމެއް ނެތް،" ލަޕޯޓާ ވިދާޅުވި އެވެ.

"އޭނާ ވަނީ ގޯސް މައުލޫމާތުތަކާ އެކު ލިޔެކިޔުން ތައްޔާރު ކޮށްފައި. އަހަރެން ބުނެލަން ބޭނުމީ ބޭކާރު ގޮތުގައި ވާހަކަ ނުދައްކާށޭ. އޭގެ ސަބަބުން އޭނާ ތަމްސީލުކުރާ ލީގަށް ވެސް ފައިދާއެއް ނުކުރާނެއޭ."