Roadha Mihaaru

ރެއާލް ބަލިވެ ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އަތުން ފަހު ވަގުތު 2-1 އިން ރެއާލް މެޑްރިޑް ބަލިވެ، ބާސެލޯނާ އަށް ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިއްޖެ އެވެ.

ރެއާލް ބަލިވެ ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އަތުން ފަހު ވަގުތު 2-1 އިން ރެއާލް މެޑްރިޑް ބަލިވެ، ބާސެލޯނާ އަށް ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިއްޖެ އެވެ.

ބާސެލޯނާ ވަނީ ރޭ އަމިއްލަ ދަނޑުގައި ރެއާލް ބެޓިސްއާ ވާދަކޮށް 1-1 އިން އެއްވަރުވެފަ އެވެ. މި މެޗުން ބާސެލޯނާ މޮޅުވި ނަމަ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނެގުހީނެހެވެ.

މެޗުގެ ހަތްވަނަ މިނިޓުގައި ގަވީ ބާސެލޯނާ އަށް ލީޑު ނަގައިދީފައި ވަނިކޮށް އޭގެ 10 މިނިޓު ފަހުން ބެޓިސް އަށް އެއްވަރު ކޮށްދިނީ ނޭތަން އެވެ. ބާސެލޯނާ އިން މި މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އިތުރު ގޯލެއް ޖެހޭގޮތެއް ނުވި އެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 15 ވަނަ މިނިޓުގައި ވެލެންސިއާ އަށް ލީޑު ނަގައިދިނީ މުކްތާރު ޑިއަކަބީ އެވެ. އޭގެ ހަ މިނިޓު ފަހުން ރެއާލުން ނަތީޖާ އެއްވަރު ކުރަން ގޯލެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ ކިލިއަން އެމްބާޕޭ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ރެއާލުން ދެ ވަނަ ހާފުގެ ކުރީކޮޅު ވިނީޝިއުސް ޖޫނިއާގެ ގޯލަކުން ނަތީޖާ އެއްވަރު ކުރި އެވެ. ރެފްރީ ދެއްކި އިތުރު ވަގުތުގެ ހަ މިނިޓުގެ ތެރޭގައި ވެލެންސިއާ މޮޅު ކޮށްދިން ގޯލު ޖަހައިދިނީ ހިއުގޯ ޑޫރޯ އެވެ.

މިއީ ވިނީޝިއުސް ރެއާލްގެ ޖޯޒީގައި ކުޅުނު 200 ވަނަ މެޗެވެ. ވެލެންސިއާ ލީޑު ނެގުމުގެ ކުރިން މެޗުގެ 11 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއެއް އޭނާ ފޮނުވާލުމުން ވެލެންސިއާގެ ގޯލްކީޕަރު ޖިއޯޖީ މަމަޑާޝްވިލީ ވަނީ މަތަކޮށްފަ އެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ އެއްވަނައިގައި އޮތީ 30 މެޗުން 67 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލަށް ލިބިފައި ވަނީ 63 ޕޮއިންޓެވެ.

ދެ ޓީމަށް ވެސް ލީގުގައި ބާކީ އަށް މެޗު އޮތް އިރު، ދެ ޓީމުގެ ކުރިމަތިލުމެއް ވެސް އެބަ އޮތެވެ. އެ މެޗު އޮންނާނީ އަންނަ މޭ މަހު އެވެ.