03 މެއި 2023
ބާސެލޯނާ (މެއި 3) - އަމިއްލަ ދަނޑުގައި 1-0 އިން އޮސަސޫނާ ބަލިކޮށް ބާސެލޯނާ ސްޕެނިޝް ލީގުގެ ތަށި ހޯދުމާ ގާތަށް ޖެހިލިއިރު، 2-0 އިން ރެއާލް ސޮސިއެޑާޑް އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ އުންމީދުތައް ފަނޑުވެއްޖެ އެވެ.
ބާސެލޯނާ (މެއި 3) - އަމިއްލަ ދަނޑުގައި 1-0 އިން އޮސަސޫނާ ބަލިކޮށް ބާސެލޯނާ ސްޕެނިޝް ލީގުގެ ތަށި ހޯދުމާ ގާތަށް ޖެހިލިއިރު، 2-0 އިން ރެއާލް ސޮސިއެޑާޑް އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ އުންމީދުތައް ފަނޑުވެއްޖެ އެވެ.
ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ވެސް ލީގުގައި ބާކީ ފަސް މެޗު އޮތްއިރު، ބާސެލޯނާ އެއްވަނައިގައި އޮތީ ރެއާލް މެޑްރިޑަށް ވުރެ 14 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ބާސެލޯނާ އަށް 33 މެޗުން 82 ޕޮއިންޓް ލިބިފައި ވާއިރު ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 68 ޕޮއިންޓެވެ.
ލީގު ކާމިޔާބުކުރަން ބާސެލޯނާ އަށް ދެން ބޭނުން ވަނީ ދެ ޕޮއިންޓެވެ. އެޓީމު ލީގުގައި ދެން ނުކުންނާނީ އަވަށްޓެރި އެސްޕަނިޔޯލާ ދެކޮޅަށެވެ. އަދި ރެއާލް ކުޅެން ޖެހޭނީ ގެޓަފޭއާ ދެކޮޅަށެވެ.
ބާސެލޯނާ އިން މެއި 14 ވަނަ ދުވަހުގެ ރޭ އެސްޕަނިޔޯލް ބަލިކޮށްގެން، 2019 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސްޕެނިޝް ލީގުގެ ތަށި ޔަގީން ކުރެވޭނެ އެވެ.
އޮސަސޫނާއާ ދެކޮޅަށް ބާސެލޯނާއިން ރޭ ޖެހި ހަމައެކަނި ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ޑިފެންޑަރު ޖޯޑީ އަލްބާ އެވެ. އޭގެ ހަ މިނިޓު ކުރިން ރޮބާޓް ލެވަންޑޯސްކީ ގޯލެއް ޖަހައިދިން ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު އޮސަސޫނާގެ ޖޯޖް ހެރާންޑޯ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. މިއީ ބާސެލޯނާގެ މިޑްފީލްޑަރު ޕެޑްރީ އަށް ކުރި ފައުލަކަށް ދެއްކި ރަތް ކާޑެކެވެ. އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑު ބައެއް ކުޅުނު ނަމަވެސް އޮސަސޫނާ ވަނީ އޯގަނައިޒް ފުޓްބޯލައެއް ކުޅެ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ބާސެލޯނާއަށް ޕްރެޝަރު ކޮށްފަ އެވެ.
ރެއާލްގެ ކުޅުންތެރިން ރޭގެ މެޗުތެރޭން ރެފްރީއާ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ
ލީގު ތާވަލްގެ ހަތަރުވަނައިގައި އޮތް ރެއާލް ސޮސިއެޑާޑާ ދެކޮޅަށް، ރަށުން ބޭރުގައި ކުޅުނު މެޗުގައި ސޮސިއެޑާޑްގެ ދެ ގޯލު ވެސް ޖެހީ ފަހު ހާފުގަ އެވެ. ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ޖަހައިދިނީ ޖަޕާންގެ ޒުވާން ފޯވާޑް ޓަކެފޫސާ ކޫބޯ އެވެ.
ކޫބޯ އަކީ ބާސެލޯނާގެ އެކަޑަމީގައި ފަސް އަހަރެއްހާ ދުވަހު ތަމްރީނު ކޮށްފައިވާ ކުޅުންތެރިއެކެވެ. އަދި ސީނިއާ ލެވެލްގައި ރެއާލް މެޑްރިޑަށް ވެސް ކުޅުނު ކޫބޯ އަށް އެޓީމުން މާ ގިނަ ފުރުސަތުތަކެއް ނުލިބުމުން އޭނާ ރެއާލް ދޫކޮށް ސޮސިއެޑާޑަށް ބަދަލުވީ މި ސީޒަނަށެވެ.
ސޮސިއެޑާޑުން ލީޑު ނެގިތާ 15 މިނިޓު ނުވަނީސް ރެއާލްގެ ކަނާތުބެކް ޑެނީ ކާވަހާލް ރެފްރީއާ ދެބަސްވެގެން އޭނާ އަށް ވަނީ ގާތްގާތުގައި ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.
ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން ބޮޑު ފަރަގެއް އޮވެ ވެސް އެޓީމަށް ޕްރެޝަރު ކުރަން މޮޅުވުން މުހިއްމު މި މެޗަށް ރެއާލުން ނުކުތީ، ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ރެސްޓު ކޮށްގެންނެވެ. އޭގެ ތެރޭގައި ކެޕްޓަން ކަރީމް ބެންޒެމާ އާއި ވިނީޝިއަސް ޖޫނިއާގެ އިތުރުން ލޫކާ މޮޑްރިކާއި ޑޭވިޑް އަލަބާ ހިމެނެ އެވެ.
ރެއާލަށް ކުރިއަށް އޮތީ ހޮނިހިރު ދުވަހުގެ ރޭ ކުޅެން ހަމަޖެހިފައިވާ ސްޕެނިޝް ކަޕްގެ ފައިނަލް މެޗެވެ. އެ މެޗުގައި ނުކުންނާނީ ރޭ ބާސެލޯނާ އަތުން ބަލިވި އޮސަސޫނާއާ ދެކޮޅަށެވެ. އެއަށް ފަހު އަންނަ ހަފްތާ ޗެމްޕިއަަންސް ލީގު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނާނެ އެވެ.
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ
ފަހަތުން އަރައި މޮޅުވެ ރެއާލަށް މުހިއްމު ތިން ޕޮއިންޓް
އެލް ކްލެސިކޯ ރެއާލް އަށް، ނުފޫޒުގަދައީ ބެލިންހަމް
15 އަހަރުގެ ޔަމާލްއާ މެސީއާ ޒަވީ އަޅާކިޔައިފި
ބާސާ ބަލިވެއްޖެ، އެތުލެޓިކޯ އިން ރެއާލްއާ ގާތަށް
70 އަހަރު ވަންދެން ރެފްރީން ކޮންޓްރޯލް ކުރީ ރެއާލުން
ރެއާލް ބަލިކޮށް ބާސާ އަށް 12 ޕޮއިންޓްގެ ލީޑެއް
ރެއާލްއަށް ބެޓިސް ބަލިނުކުރެވި ބާސާއާ ފަރަގު ބޮޑުވެއްޖެ