02 އޯގަސްޓް 2022
ބާސެލޯނާ (އޯގަސްޓް 2) - ބާސެލޯނާއިން 100 މިލިއަން ޑޮލަރު ހޯދައި، އާ ސީޒަނަށް ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް އޮތް ހުރަސް ނައްތާލައިފި އެވެ.
ބާސެލޯނާ (އޯގަސްޓް 2) - ބާސެލޯނާއިން 100 މިލިއަން ޑޮލަރު ހޯދައި، އާ ސީޒަނަށް ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް އޮތް ހުރަސް ނައްތާލައިފި އެވެ.
ބާސާއިން 100 މިލިއަން ޑޮލަރު ހޯދީ ކްލަބްގެ ބައެއް ފިކުރީ މުދާ ވިއްކައިގެންނެވެ. ބާސާގެ ރައީސް ޔޮއާން ލަޕޯޓާ އިއްޔެ ވިދާޅުވީ އެ ކްލަބްގެ ސްޓޫޑިއޯގެ 24.5 ޕަސެންޓް ހިއްސާ ސޯޝިއޯ އަށް ވިއްކާލާފައިވާ ކަމަށެވެ. ބާސާގެ މެޗުތަކުގެ ޑޮމެސްޓިކް ޓީވީ ރައިޓްގެ 25 ޕަސެންޓް ހިއްސާ ވެސް އިންވެސްޓްމެންޓް ފަންޑަކަށް ވަނީ ވިއްކާލާފަ އެވެ.
ބާސާ އިން ރަފީނިއާ، ރޮބަޓް ލެވަންޑޯސްކީ އަދި ޖޫލްސް ކޫންޑޭ ގެނައުމަށް 150 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. އެންޑްރެއަސް ކްރިސްޓަންސެން، ފްރޭންކް ކެސީ ގެނައީ ހިލޭ ޓްރާންސްފާއެއްގަ އެވެ. މާލީ ދަތިކަން ކުރިމަތި ވެފައިވާ ބާސާ އަށް އާ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ކުރިން އޮޓީ ހުރަސްތައް ކުރިމަތި ވެފަ އެވެ.
ސެވިއްޔާ އަށް ކުޅެމުން ދިޔަ ކޫންޑޭގެ ސޮއި ބާސާއިން ހޯދީ ޗެލްސީން ވެސް އޭނާ ގަތުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.
"އަހަރެމެން މިދަނީ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ މަސައްކަތަށް އަހަރެމެން ހަދަން ޖެހޭ ހޯމް ވޯކް ހަދަމުން،" ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ކޫންޑޭ ތައާރަފް ކުރަން ބޭއްވި ހަފުލާގައި ލަޕޯޓާ ވިދާޅުވި އެވެ.
"މި އޮޕަރޭޝަންތައް އަހަރެމެން ކުރިއަށް ގެންދިޔައީ ކްލަބް ސަލާމަތްކޮށް އާ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ތަނަވަސް ކުރުމަށްޓަކާ."
މީގެ ކުރިން ވެސް ބާސާގެ ރައީސް ކަން ކުރި ލަޕޯޓާ ވިދާޅުވީ އެ ކްލަބުން ހިންގި މާލީ މުއާމަލަތްތަކަކަކީ ރިސްކު ކޮންޓްރޯލް ކުރެވިފައިވާ މުއާމަލާތްތަކެއް ކަމަށެވެ.
"އެކަމަކު އަހަރެން ގަބޫލުކުރަން މިވަރުން އަހަރެމެންނަށް އާ ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭނެކަމަށް،" އޭނާ ވިދާޅުވި އެވެ.
ބާސާގެ ސްޓޫޑިއޯ އަކީ އެ ކްލަބްގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެ ސްޓޫޑިއޯއިން ޓީވީ ކޮންޓެންޓާއި ވީޑިއޯގްރަފީގެ އެހެން އުފެއްދުންތައް ވެސް އުފައްދަ އެވެ.
އާ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހޯދުމުގެ ގޮތުން، ކޯޗު ޒަވީ ހެނާންޑޭޒްގެ ޕްލޭނަށް ނުފެތޭ ކުޅުންތެރިން ދޫކޮށްލުމުގެ މަސައްކަތް ވެސް ބާސާއިން ކުރިއަށްގެންދެ އެވެ.
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ބާސާއަށް ނޮވެމްބަރު ގޯސް، ޑިސެމްބަރު ފެށީ ރަނގަޅަށް
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ސީޒަން ފަށާއިރު ބާސާ ތަފާތު ވާނެ: ފްލިކް
ބާސާއާ ދެން ހަވާލުވާ ކޯޗަކަށް އުނދަގޫ ވާނެ: ޒަވީ
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ
ރެއާލް މެޑްރިޑުން ކުރަނީ ލަދުވެތިކަމެއް: ލަޕޯޓާ
ފްލިކްގެ އެޖެންޓާއެކު ލަޕޯޓާ މަޝްވަރާ ފަށައިފި