27 ފެބުރުއަރީ 2024
ބާސެލޯނާ (ފެބްރުއަރީ 27) – މި ވަގުތު ކޯޗުކަމުގެ ވަޒީފާއެއް ނެތި ހުސްކޮށް ހުރި ހެންސީ ފްލިކްގެ އާ އެޖެންޓް، ބާސެލޯނާގެ ރައީސް ޔައާން ލަޕޯޓާ އާ އެކު ބައްދަލުވުންތަކެއް ކުރިއަށް ގެންދާ ކަމަށް ސްޕޭންގެ މީޑިއާތަކުން ބުނެފި އެވެ.
ބާސެލޯނާ (ފެބްރުއަރީ 27) – މި ވަގުތު ކޯޗުކަމުގެ ވަޒީފާއެއް ނެތި ހުސްކޮށް ހުރި ހެންސީ ފްލިކްގެ އާ އެޖެންޓް، ބާސެލޯނާގެ ރައީސް ޔައާން ލަޕޯޓާ އާ އެކު ބައްދަލުވުންތަކެއް ކުރިއަށް ގެންދާ ކަމަށް ސްޕޭންގެ މީޑިއާތަކުން ބުނެފި އެވެ.
މި ސީޒަނަށްފަހު، ބާސާގެ މިހާރުގެ ކޯޗު ޒަވީ ހެނާންޑޭޒް ކްލަބް ދޫކޮށްލަން ވަނީ ނިންމައިފަ އެވެ. އެކްލަބުން ދަނީ އާ ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ފްލިކްއަކީ ބާސާއިން ޝައުގިވެރިވާ ކޯޗުންގެ ތެރެއިން އެއް ނަމަވެ. އޭނާގެ އެޖެންޓްކަމަށް އިޒްރޭލްގެ ޕިނީ ޒަހާވީ ދާދިފަހުން ހަމަޖެއްސީ އާ ޕްރޮޖެކްޓެއް ހޯދުމަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ.
ބެޔާން މިޔުނިކަށް 2020 ގެ ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ޖަރުމަން ލީގާއި ކަޕް ކާމިޔާބުކޮށް ދިން ފްލިކްގެ އެޖެންޓް، ލަޕޯޓާއާ ބައްދަލު މަޝްވަރާ ކުރީ ކޮންކަމަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.
ސްޕޭންގެ ޑިޕޯޓިވޯ މުންޑޯ ނޫހުން ބުނީ، މިދިޔަ ދުވަސްތަކުގައި ޕިނީ ޒަހާވީ އާ ލަޕޯޓާ އެކި ފަހަރުތަކުގެ މަތިން ބައްދަލުކޮށްފައިވާ ކަމަށެވެ.
ނޫސްވެރިންނާއި ޕަޕަރާޒީ ފޮޓޯގްރާފަރުންގެ ކަޅިން ސަލާމަތް ވާން، ޒަހަވީ އާއި ލަޕޯޓާގެ ބައްދަލުވުންތައް ރެސްޓޯރެންޓްތަކުގައި ނުބާއްވަ އެވެ.
އެކަމަކު އެ ބައްދަލުވުންތަކަކީ ފްލިކް ބާސާގެ ކޯޗަކަށް ހަމަޖެއްސުމާ ބެހޭގޮތުން ކުރިއަށްގެންދާ ވާހަކަތަކެއް ކަމަށް މުންޑޯއިން ބުނެ އެވެ. ބާސާގެ ފުޓްބޯޅަ ޑައިރެކްޓަރު ޑެކޯގެ ލިސްޓްގައި ފްލިކްގެ ނަން ހިމެނޭ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް މެޑްރިޑުން ކުރަނީ ލަދުވެތިކަމެއް: ލަޕޯޓާ
100 މިލިއަން ޑޮލަރު ހޯދައި ބާސާއިން ހިންދެމިލައިފި
ބާސާގެ މުސާރަ ކޯޑަށް ނުފެތޭ އެއްވެސް ޑީލެއް ނުހަދާނަން
މެސީ ބާސާ ދޫކޮށްލުމުން ހިތާމައެއް ނުކުރަން: ލަޕޯޓާ
ބާސާއަށް ނޮވެމްބަރު ގޯސް، ޑިސެމްބަރު ފެށީ ރަނގަޅަށް
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ޔަމާލްގެ ބައްޕަ ގަޔަށް ވަޅިހަރައި ޒަހަމް ކޮށްލައިފި
ސީޒަން ފަށާއިރު ބާސާ ތަފާތު ވާނެ: ފްލިކް