Roadha Mihaaru
މެސީ ބާސާ ދޫކޮށްލުމުން ހިތާމައެއް ނުކުރަން: ލަޕޯޓާ

މެސީ ބާސާ ދޫކޮށްލުމުން ހިތާމައެއް ނުކުރަން: ލަޕޯޓާ

09 މާޗް 2022

ބާސެލޯނާ (މާޗް 9) - ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނެލް މެސީ، އެޓީމު ދޫކޮށް ދިއުމުން އެކަމާ ހިތާމަ ނުކުރާ ކަމަށް އެ ކްލަބްގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ބާސެލޯނާ (މާޗް 9) - ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނެލް މެސީ، އެޓީމު ދޫކޮށް ދިއުމުން އެކަމާ ހިތާމަ ނުކުރާ ކަމަށް އެ ކްލަބްގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ބާސާގެ ރައީސް ކަމަށް ދެވަނަ ފަހަރަށް ލަޕޯޓާ ހަވާލުވީ މާޗު 2021 ގަ އެވެ. އެ އަހަރުގެ ޖޫންގައި ކޮންޓްރެކްޓް ހަމަވާން އޮތް މެސީ ޓީމުގައި މަޑު ކުރުވުމަށް ލަޕޯޓާ މަސައްކަތް ފެށި އެވެ. އެކަމަކު އޭނާ އަށް ޓީމުގައި މެސީ ނުހިފެހެއްޓުނީ ބާސާގެ މާލީ ހާލަތު އޮތްގޮތުން ޔޫއެފާގެ ފައިނޭންޝަލް ފެއާޕްލޭގެ އުސޫލަށް ވުރެ ބާސާގެ މުސާރައިގެ ބިލް ބޮޑުވާތީ އެވެ. މެސީ ހިލޭ ޓްރާންސްފާގައި ބަދަލުވީ ޕީއެސްޖީ އަށެވެ.

ބާސާގެ ޓީވީ އަށް ދެއްވި އިންޓަވިއުގައި ލަޕޯޓާ ވިދާޅުވި ގޮތުގައި މެސީ ދޫކޮށްލަން ޖެހުމަކީ އޭނާ އަށް ނިންމުނު ކަންތައްތަކުގެ ތެރެއިން އެންމެ ދެރަވި ނިންމުމެވެ.

"ހަމައެޔާއެކު ފާހަގަ ކުރަން އެ ނިންމުން ނިންމުނީތީ އަހަރެން ހިތާމައެއް ނުކުރަން. ސަބަބަކީ އެންމެ ފުރަތަމަ އިސް ވާނީ ކްލަބް،" އިންޓަވިއުގައި ލަޕޯޓާ ވިދާޅުވި އެވެ.

"އިންސްޓިޓިއުޝަން މަތިވާނެ އެހެން ހުރިހާ ކަންކަމަކަށް ވުރެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުރެ ވެސް މަތިވާނެ. އޭރު ކަލްބްގައި އޮތް ހާލަތަކީ ވަރަށް ދަތި ހާލަތެއް. އެ ހަގީގަތް ފޮރުވައިގެން ތިބެވޭކަށް ނޯންނާނެ."

އޭނާ ވިދާޅުވީ މެސީ ދިއުމުން ބާސާގެ ޓީމަށް ހުސްކަމެއް އަންނާނެ ކަމަށް ހީކުރެވުނު ކަމަށެވެ. ނަމަވެސް ކުރި ބުރަ މަސައްކަތުން އަލުން ކާމިޔާބު ހޯދޭނެ ކްލަބަކަށް ބާސާ ބަދަލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.