Roadha Mihaaru
ޔޫރޯ އަށް ފަހު ޖަރުމަންގެ ކޯޗުކަމާ ހަވާލުވާނީ ފްލިކް

ޔޫރޯ އަށް ފަހު ޖަރުމަންގެ ކޯޗުކަމާ ހަވާލުވާނީ ފްލިކް

25 މެއި 2021

މިއުނިކް (25 މެއި) - މި ސީޒަނަށް ފަހު ބަޔާން މިއުނިކްގެ ކޯޗުކަމުން ވަކިވުމަށް ނިންމާފައިވާ ހާންސީ ފްލިކް، އަންނަ މަހު ފަށާ ޔޫރޯ އަށް ފަހު ޖަރުމަންގެ ގައުމީ ޓީމާ ހަވާލުވާނެ ކަމަށް ޖަރުމަންގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.

މި އަހަރުގެ ޔޫރޯ އަށް ފަހު ޖަރުމަންގެ ކޯޗުކަމުން ޔަކިމް ލޯވް ވަކިވުމަށް ވަނީ ނިންމައިފަ އެވެ. ޖަރުމަންގެ ކޯޗުކަމާ ލޯވް ހަވާލުވީ 2006 ވަނަ އަހަރެވެ.

ބަޔާން މިއުނިކްގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު، މި ސީޒަނަށް ފަހު އެ ޓީމުގެ ކޯޗުކަމުން ވަކިވާން ނިންމާފައިވާ ފްލިކް ،56، ވަނީ ލޯވްއާއެކު ޖަރުމަންގެ ގައުމީ ޓީމުގައި މަސައްކަތްކޮށްފަ އެވެ. ލޯވްގެ އެހީތެރިއެއްގެ ގޮތުގައި 2006 އިން 2014 އަށް ފްލިކް ޖަރުމަންގެ ގައުމީ ޓީމުގައި މަސައްކަތްކުރި އެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން،" ފްލިކް ބުންޏެވެ. "ޖަރުމަންގެ ޓީމުގައި މިހާރު ވެސް މޮޅެތި ކުޅުންތެރިން އެބަތިބި. އަދި އަރަންތިބި ޒުވާން ކުޅުންތެރިންނަކީ ވެސް މޮޅެތި ކުޅުންތެރިން."

އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ފްލިކް ބަޔާންއާ ގުޅުނީ 2019 ވަނަ އަހަރެވެ. އެކަމަކު ނިކޯ ކޯވަޗް ބަޔާންގެ ކޯޗުކަމުން ވަކިކުރުމަށް ފަހު، އެ އަހަރު ވަގުތީ ކޯޗަކަށް ފްލިކް ހަމަޖެއްސި އެވެ. ވަގުތީ ކޯޗެއްގެ ގޮތުގައި ފްލިކް ވަނީ ބަޔާންއާއެކު ފްލިކް ވަނީ 2019 / 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި ޖަރުމަން ލީގު އަދި ޖަރުމަން ކަޕް ކާމިޔާބުކޮށްފަ އެވެ.

ތިން އަހަރު ދުވަހެއްގެ އެއްބަސްވުމެއްގައި ބަޔާންގެ ކޯޗުކަން އޭނައާ ހަވާލުވި ކުރި ނަމަވެސް، މެނޭޖްމަންޓްގެ ބައެއް ނިންމުންތަކާ ހިތްހަމަނުޖެހިގެން، އޭނާ ވަނީ މި ސީޒަނަށް ފަހު ބަޔާން އިން ވަކިވާން ނިންމައިފަ އެވެ. -- އޭއެފްޕީ