11 ސެޕްޓެމްބަރ 2023
ބާލިން (ސެޕްޓެމްބަރު 11) - ނަތީޖާތައް ދަށްވުމުން، ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހަންސީ ފްލިކް މަގާމުން ވަކިކޮށްފި އެވެ.
ބާލިން (ސެޕްޓެމްބަރު 11) - ނަތީޖާތައް ދަށްވުމުން، ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހަންސީ ފްލިކް މަގާމުން ވަކިކޮށްފި އެވެ.
ޔޫރޯ 2021 އަށް ފަހު ޖަރުމަންގެ ޓީމާ ހަވާލުވި ފްލިކްގެ ކޯޗުކަމުގެ ދަށުން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ޓީމު މޮޅުވެފައެއް ނެތެވެ. އެންމެ ފަހުން ޖަޕާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ވެސް ބަލިވީ 4-1 ންނެވެ.
މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ވެސް ޖަރުމަން ކެޓުމުން ވެސް އޭނާ އަށް ފާޑުކިޔުން އަމާޒުވި އެވެ. އޭރު ވެސް ޖަރުމަންގެ ފުޓްބޯޅަ ސަޕޯޓަރުން ވަނީ މަގާމުން އިސްތިއުފާ ދިނުމަށް ފްލިކް އަށް ޕްރެޝާ ކުރިމަތިކޮށްފަ އެވެ. ނަމަވެސް އޭރު އޭނާ ބުނީ ގައުމީ ޓީމާ އެކު ކުރިއަށްދާނެ ކަމަށެވެ.
ނަމަވެސް މިފަހަރު ޖަރުމަންގެ އެފްއޭއިން ފްލިކް ވަކި ކުރީ ނާތީޖާ ދަށްވެ، ޔޫރޯ ކޮލިފައިންގައި ވެސް އެ ޓީމަށް ނާކާމިޔާބު ވެދާނެތީ އެވެ.
ދެން އޮތީ ފްރާންސާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ. އެ މެޗުގައި ވަގުތީ ކޯޗެއްގެ ގޮތުގައި ޓީމަށް އިރުޝާދު ދޭނީ ޖަރުމަން އެފްއޭގެ ޑައިރެކްޓާ ރޫޑީ ވޮލާ އެވެ.
ބެޔާން މިޔުނިކަށް 2020 ގެ ޗެމްޕިއަންސް ލީގު ހޯދައި ދިން ކޯޗު، ރޭ ބުނީ ގައުމީ ޓީމާ އެކު ކުރިއަށްދާން ބޭނުންވާ ކަމަށެވެ. އަދި ގައުމީ ޓީމަށް އެންމެ ރަނގަޅު ކޯޗަކީ އޭނާ ކަމަށް ވެސް ފްލިކް ބުންޏެވެ.
އެކަމަކު ޖަރުމަންގެ އެފްއޭއިން ނިންމީ އޭނާ އާ އެކު އިތުރަށް ކުރިއަށް ނުދިއުމަށެވެ.
އެ ޓީމުގެ ކޯޗު ކަމަށް ދެން އަންނާނެކަމަށް ބެލެވެނީ ބެޔާންގެ ކުރީގެ ކޯޗު ނާގެލްސްމަން އެވެ. މިދިޔަ ސީޒަނުގައި ބެޔާންގެ ޓީމުން ވަކި ކުރި ނާގެލްސްމަން އޭގެ ފަހުން ޓީމަކާ ހަވާލެއް ނުވެ އެވެ. ފްލިކް 2021 ގައި ބެޔާންގެ ކޯޗުކަން ދޫކޮށްލުމުން، އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ވެސް ނާގެލްސްމަން އެވެ. އެ ކްލަބްގެ މިހާރުގެ ކޯޗަކީ ތޯމަސް ޓުޗެލް އެވެ.
ޖަރުމަނު ފްލޮޕްވިޔަނުދީ ސަލާމަތްކުރުމުގެ ޕްރެޝަރު ކޯޗަށް
ޖަރުމަނުގެ މޮޅު ކުޅުންތެރިޔަކަށް ކުޅުން ހުއްޓާލި ކްރޫސް
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް
ޖަރުމަނު ދެވަނަ ބުރަށް، ތަރިއަކީ ގުންޑޮގާން
ޖަރުމަނު ދެކެ ކުޑަކޮށް ވެސް ޖެހިލުމެއް ނުވޭ: ކްލާކް
ބޮއިކޮޓަށް ގޮވިޔަސް ޔޫރޯގައި ގިނައީ ޗައިނާ ކުންފުނިތައް
ޖަރުމަނުގެ ޖޯޒީ ނަންބަރު ހަތަރެއްގެ ފޮންޓް ބަދަލުކުރަނީ
ޖަރުމަނު އަތްދަށުލައި ޖަޕާނުން ގަދަ ވެއްޖެ
އޭޝިއާގެ ސަޕޯޓަރުންގެ ތާއީދަށް ޖަޕާނުން އެދިއްޖެ
ފްރާންސް އާއި ޖަރުމަން ބޮޑު ކުރިމަތިލުމަކަށް