23 ނޮވެމްބަރ 2022
އައް ރައްޔާން (ނޮވެމްބަރު 23) - ޖަރުމަނުން ފުރަތަމަ ހާފުގައި ލީޑް ނަގައިފައި ވަނިކޮށް، ދެވަނަ ހާފުގައި ޖެހި ދެ ލަނޑާއެކު 2-1 ޖަޕާނުން ޖަރުމަން ބަލި ކޮށްފި އެވެ.
އައް ރައްޔާން (ނޮވެމްބަރު 23) - ޖަރުމަނުން ފުރަތަމަ ހާފުގައި ލީޑް ނަގައިފައި ވަނިކޮށް، ދެވަނަ ހާފުގައި ޖެހި ދެ ލަނޑާއެކު 2-1 ޖަޕާނުން ޖަރުމަން ބަލި ކޮށްފި އެވެ.
ޖަރުމަނުން ފުރަތަމަ ހާފުގައި ލީޑް ނެގީ ލިބުނު ޕެނަލްޓީއެއްގައި އިލްކައި ގްންޑޮގާން އެވެ.
ފުރަތަމަ ހާފުގައި ޖަޕާންގެ ގޭމް ކުޅެން ޖަރުމަނުން ފުރުސަތެއް ނުދިނެވެ. ޖަރުމަނުން ފުރަތަމަ ހާފުގައި ޖަޕާންގެ ގޯލަށް ބާރު ބޮޑު ކުރި އެވެ. ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ކައި ހަވާޓްޒް ވަނީ ލަނޑެއް ޖެހުނު ކަމަށް ހީކޮށް އުފާ ފާޅުކޮށްފަ އެވެ. ނަމަވެސް ވީއޭއާރް މެދުވެރިކޮށް ވަނީ ހަވަޓްޒް އޮފްސައިޑް ވެފައިވާކަން ދެނެގަނެ ލަނޑު ކެންސަލް ކޮށްފަ އެވެ.
ޖަޕާނުން އާ ހިތްވަރެއް ނެރެ، ދެވަނަ ހާފުގައި ތަފާތު ދެއްކި އެވެ. މެޗުގެ ފަހު 25 މިނެޓްގައި ޖަޕާނުގެ ހަމަލާތައް ވަރުގަދަ ކުރި އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު ރިޓުސޫ ޑޯން ޖެހީ މެޗުގެ 75 ވަނަ މިނެޓްގަ އެވެ.
ކައިރިކައިރީގައި އުފައްދަމުން ދިޔަ ހަމަލާތަކުން ޖަޕާންގެ ޓީމުން ދިޔައީ ޖަރުމަނަށް ޕްރެޝަރު ކުރަމުންނެވެ. އެ ޓީމު މެޗުން މޮޅުކޮށްދިން ލަނޑު ޓަކުމާ އަސާނޯ ޖެހީ 83 ވަނަ މިނެޓްގައި ކޯ އިޓަކޫރާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އަސާނޯ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލީ ޖަރުމަންގެ ކީޕަރު މެނައުލް ނޯޔާ ހުރި ފަޅި އަށެވެ.
މޗުގެ ފަހު 10 މިނެޓް ތެރޭ ޖަޕާންގެ މުޅި ޓީމު ކުރިއަށް ޖެހި ޖަޕާނަށް ބާރު ބޮޑު ކުރަމުން ދިޔަމަބަެސް ކައުންޓަ އެޓޭކުގައި ލަނޑު ޖަހާނެ ދެ ފުރުސަތެއް ޖަޕާނުން ހޯދި އެވެ. މެޗުގެ ފަހު ކަށިގަނޑާއެކު ޖަޕާންގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާ ފާޅުކޮށްފަ އެވެ.
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް
ޖަޕާން ހިތްދަތިކޮށްލުމަށް ފަހު ކްރޮއޭޝިއާ ކުއާޓާ އަށް
ހިތްވަރުގަދަ ޖަޕާނުން ސްޕެއިން ބަލިކޮށް އެއްވަނަ އަށް
ކޮސްޓަރިކާ މޮޅުވުމުން ގުރޫޕް އިތުރަށް ފޯރިގަދަވެއްޖެ
އޭޝިއާގެ ސަޕޯޓަރުންގެ ތާއީދަށް ޖަޕާނުން އެދިއްޖެ
ޖަރުމަނުގެ މޮޅު ކުޅުންތެރިޔަކަށް ކުޅުން ހުއްޓާލި ކްރޫސް
ގައުމުގެ ދިދަ ހަރުނުކުރަނީސް ރެފްރީ މެޗު ނުފެށި
ޖަރުމަނު ދެވަނަ ބުރަށް، ތަރިއަކީ ގުންޑޮގާން
ޖަރުމަނު ދެކެ ކުޑަކޮށް ވެސް ޖެހިލުމެއް ނުވޭ: ކްލާކް
ޖަރުމަނު ފްލޮޕްވިޔަނުދީ ސަލާމަތްކުރުމުގެ ޕްރެޝަރު ކޯޗަށް