Roadha Mihaaru
ކޮސްޓަރިކާ މޮޅުވުމުން ގުރޫޕް އިތުރަށް ފޯރިގަދަވެއްޖެ

ކޮސްޓަރިކާއިން ޖަޕާން ބަލި ކުރުމުން ގުރޫޕް އިތުރަށް ފޯރި ގަދަވެއްޖެ

27 ނޮވެމްބަރ 2022

އައް ރައްޔާން (ނޮވެމްބަރު 27) - މިފަހަރު ވޯލްޑް ކަޕްގައި ދެ މެޗު ކުޅެ ކޮސްޓަ ރިކާއިން ގޯލަށް އަމާޒުކޮށް އުފެއްދި ހަމައެކަނި ހަމަލާއިން ގޯލް ޖަހައި 1-0 ން ޖަޕާން ބަލިކޮށްފި އެވެ.

އައް ރައްޔާން (ނޮވެމްބަރު 27) - މިފަހަރު ވޯލްޑް ކަޕްގައި ދެ މެޗު ކުޅެ ކޮސްޓަ ރިކާއިން ގޯލަށް އަމާޒުކޮށް އުފެއްދި ހަމައެކަނި ހަމަލާއިން ގޯލް ޖަހައި 1-0 ން ޖަޕާން ބަލިކޮށްފި އެވެ.

މެޗުން ޖަޕާން މޮޅުވިނަމަ، ޖަޕާނަށް ދެވަނަ ބުރަށް ދެވުނީހެވެ. އެކަމަކު މިއަދު ކޮސްޓަރިކާ މޮޅުވުމުން ގުރޫޕްގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ޖަރުމަން ފިޔަވައި އަނެއް ތިން ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވައި ނުލެވުނެވެ. ގޯލަށް އަމާޒުވި ފުރަތަމަ ހަމަލާ ފެނުނީ ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓްގަ އެވެ.

ދެވަނަ ހާފަށް ޖަޕާން ނުކުތީ ދެ ބަދަލާއެކު އެވެ. ޑިފެންޑަރު ޔުޓޯ ނަގަމޯޓާގެ ބަދަލުގައި ހިރޮކީ އިޓޯ ކުޅެން ނުކުތެވެ. އަދި ފޯވާޑް އަޔާސޭ އުއެޑާގެ ބަދަލުގައި ޓަކުމާ އަސޯނާ ކުޅެން ނުކުތެވެ. ބަދަލުގެ ނަތީޖާ ވެސް ފެނުނެވެ. މެޗުގައި ގޯލަށް އަމާޒުކޮށް އުފެއްދި ފުރަތަމަ ހަމަލާ ޖަޕާނުން އުފެއްދީ އަސާނޯ ފުންނާބުން ދިން ޕާސް ހިޑެމާސާ މޮރިޓާ ފޮނުވައިލައިގެންނެވެ. އެ ހަމަލާ ޑައިވް ކުރުމަށް ފަހު ކޮސްޓަރިކާގެ ކީޕަރު ކޭލޯ ނާވަސް ދިފައު ކުރި އެވެ.

މެޗުގެ 80 ވަނަ މިނެޓާ ހަމަ އަށް ދިޔަ އިރު ވެސް ކޮސްޓަރިކާ އަށް ޖަޕާންގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވައި ނުލެވުނެވެ. އެ ޓިމުން ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިން އާ ދެކޮޅަށް ވެސް ހަމަލާ އެއް އުފެއްދިފައެއް ނުވެ އެވެ.

އެ ޓީމުން އުފެއްދި ފުރަތަމަ ހަމަލާގައި މެޗުގެ 81 ވަނަ މިނެޓްގައި ގޯލް ޖެހި އެވެ. ޖަޕާންގެ ޑިފެންސުން ސާފުކޮށްލައި ކުރިއަށް ދޭން އުޅުނު ބޯޅަ އެ ޓީމުގެ ޑިފެންޑަރުންނަށް ރަނގަޅަށް ފޮނުވައި ނުލެވުނެވެ. ބޯޅަ ގޮސް ޖެހުނީ ކޮސްޓަރިކާގެ ޔެލްސިން ޓެޖެޑާ އަށެވެ. އޭނާ ވަނީ އޭރިއާގެ ތެރޭގައި ހުރި ކޭޝާ ފުލާ ވަނީ ޖަޕާންގެ ކީޕަރު އަތް މަތިން ގޯލްގެ ތެރެއަށް ބޯޅަ އޮއްސާލައިފަ އެވެ.