Roadha Mihaaru
ޖަލުގައި ހަރުކަށިފިކުރު ފަތުރާ މީހުން ތިބޭ: އިމްރާން

ޖަލުގައި ހަރުކަށި ފިކުރު ފަތުރާ، ނަޝީދަށް ދިން ހަމަލާއާ ގުޅުމެއް ނެތް: އިމްރާން

24 މެއި 2021

ޖަލުގައި ބަންދުކޮށްފައި ތިބޭ ހަރުކަށި ފިކުރުގެ މީހުން، އެހެން މީހުންނަށް ނަސޭހަތްދީ އެ ފިކުރު ފެތުރުމުގެ މަސަައްކަތް ކުރާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި މިއަދު އެއްބަސްވެވަޑައިގެންފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖަލުގައި ބަންދުކޮށްފައި ތިބޭ ހަރުކަށި ފިކުރުގެ މީހުން، އެހެން މީހުންނަށް ނަސޭހަތްދީ އެ ފިކުރު ފެތުރުމުގެ މަސަައްކަތް ކުރާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި މިއަދު އެއްބަސްވެވަޑައިގެންފި އެވެ.

މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އިމްރާން ވިދާޅުވީ، ޖަލުގައި އެކަން އެހެން އޮތަސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި ޖަލުން ރެކްރޫޓްކުރި މީހަކު ނުހިމެނޭ ކަމަށެވެ.

ސުވާލުގައި އިލްޔާސް ވިދާޅުވީ، ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި އެކަކު ކުރިން ޖަލުގައި ބަންދުކޮށްފައި ހުރި އިރު އޭނާ އުޅުނީ ވަރަށް ނުފޫޒުގަދަކޮށް ކަމަށް މީޑިއާ އިން މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އޭނާގެ ގޮޅިއާ ކައިރީގައި ހުންނަ އެހެން ގޮޅިއަކަށް އޭނާ ނުރުހޭ މީހަކު ވެސް ނުލެވޭ ކަމަށާއި ޖަލު ބަލަހައްޓާ އޮފިސަރުން ވެސް އޭނާގެ ގާތަށް ނަސޭހަތް އަޑުއަހަން ދާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"ހާއްސަކޮށް ހައްދުފަހަަނަައަޅާފައިވާ މީހުން، ދީނީ ހަރުކަށި ފިކުރުގެ މީހުން ޖަލުތެރޭގައި ގެންގުޅެ އެތަނުގެ ތެރެއިން ޖަރީމާތައް ހިންގާކަން މަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ކީއްވެގެންތޯއޭ [ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް] އަމަލު ނުކުރައްވަނީ؟" އިލްޔާސް ސުވާލުގައި އެއްސެވި އެވެ.

ޖަވާބުގައި އިމްރާން ވިދާޅުވީ، ޖަލުގައި އެގޮތަށް ނުފޫޒު ހިންގާ މީހުން އެބައުޅޭ ކަމަށާއި އެކަން ހައްލުކުރަން މަސަައްކަތްތައް ކުރައްވާ ކަމަށެވެ. ނަމަވެސް ނަޝީދަށް ދިން ހަމަލާއާ އެފަދަ މީހަކާ ގުޅުމެއް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޖަލުގައި، ރައީސް ނަޝީދަށް ދިން ހަމަލައާ ގުޅިގެން ބަންދުކޮށްފައިވާ އެއްވެސް މީހަކު ތިޔަ ވިދާޅުވި ބާރުމިނެއްގައެއް ނުހުންނާނެ. އެ މީހަކަށް އެފަދަ ގޮތަކަށް ކަމެއް ނުކުރެވޭނެ. ޖަލުގެ ތެރޭގައި ނުފޫޒު ހިންގާ، އެގޮތަށް ކަންތައް ހިންގާ މީހުން އެބައުޅޭ. އެ ކަންތައްތައް ހައްލުކުރަން އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން،" އިމްރާން ވިދާޅުވި އެވެ.