Roadha Mihaaru
ސެެކިއުރިޓީ ރަނގަޅުކުރަން ދައުލަތަކުން ނޫޅޭ: އިންތި

ސަލާމަތީ ކަންތައްތައް ދައުލަތުން ނަގަނީ ވަރަށް ލުއިކޮށް: އިންތި

05 އޮކްޓޯބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހުގައި ވެސް ސަލާމަތީ ކަންތައްތައް ވަރުގަދަކުރަން ދައުލަތުން ހަމަ އެއްވެސް ކަމެއް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ތުހުމަތުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހުގައި ވެސް ސަލާމަތީ ކަންތައްތައް ވަރުގަދަކުރަން ދައުލަތުން ހަމަ އެއްވެސް ކަމެއް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ތުހުމަތުކުރައްވައިފި އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ގޮވާލައި މަޖިލީހަށް މިއަދު ހުށަހެޅި މައްސަލައިގެ ބަހުސްގައި އިންތި ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހު ވަން މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ދެެއްވީ ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެއް ކަަމަށެވެ. އެ ގެކޮޅަށް ވަނީ މަސްތުވާތަކެތީގެ މީހެއް ކަަމަށް މިނިސްޓަރު ވިދާޅުވީ މައްސަލައިގެ މިސްރާބު އަނބުރައިލެއްވުމަށް ކަމަށް ވެސް އިންތި ތުހުމަތުކުރެއްވި އެވެ.

ދައުލަތުގެ ވެރިން [މިކަން] ސީރިއަސްކޮށް ނުނަންގަވާކަން އެބަ އެނގޭ. ހޯމް މިނިސްޓަރުގެ ޖަވާބަކީ ވަރަށް ޒިންމާދާރުކަންކުޑަ ޖަވާބެއް. އަޅުގަނޑު ވަރަށް ކަންބޮޑުވޭ. އަޅުގަނޑަށް ހަމަ ސުވާާލު އުފެދޭ ކީއްވެގެންތޯ އެމަނިކުފާނު އެގޮތަށް އެޖަވާބު އެ ދެއްވެވީ: އިމްތިޔާޒް

އޭނާ ވިދާޅުވީ ބަލަން މުހިއްމީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަނީ ކޮންކަހަލަ މީހެއްތޯ ނޫން ކަމަށާއި އެކަމަކު އެގެކޮޅަށް އެހާ ފަސޭހައިން ވަދެވުނު މައްސަލަ ކަަމަށެވެ.

"އެންމެ މަތީ ފެންވަރުގައި ސެކިއުރިޓީ ދައުލަތުން ދޭން ޖެހިފައި، ގާނޫނުއަސާސީން، ގާނޫނުން ލާޒިމްކޮށްފައިވާ ފަރާތެއްގެ ގެކޮޅަށް އެހާ ފަސޭހައިން ވަނުމުގެ ފުރުސަތު ލިބުނީ ކިހިނެތްވެގެންތޯ؟ އިހަކަށް ދުވަހުއޭ ބޮމެއް ގޮއްވާލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށް،" އިންތި ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ބޮޑު އިންކުއަރީއެއް ހަދައި، ދައުލަތުގެ އެން އިސް ފަރާތްތަކުގެ ސަލާމަތީ ކަންތައްތަައް ވަރުގަދަކުރަން ލާޒިމްކޮށް ރިކޮމެންޑޭޝަންތައް ފޮނުވާފައިވާ ވަނިކޮށް، އުއްތަމަފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވީ ކީއްވެތޯ ވެސް އިންތި ސުވާލުކުރެއްވި އެވެ.

"ދައުލަތުގެ ވެރިން [މިކަން] ސީރިއަސްކޮށް ނުނަންގަވާކަން އެބަ އެނގޭ. ހޯމް މިނިސްޓަރުގެ ޖަވާބަކީ ވަރަށް ޒިންމާދާރުކަންކުޑަ ޖަވާބެއް. އަޅުގަނޑު ވަރަށް ކަންބޮޑުވޭ. އަޅުގަނޑަށް ހަމަ ސުވާާލު އުފެދޭ ކީއްވެގެންތޯ އެމަނިކުފާނު އެގޮތަށް އެޖަވާބު އެ ދެއްވެވީ،" އިންތި ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލާއަށް ފަހު މަޖިލީހުން ހެދި އިންކްއަރީގެ ރިކޮމެންޑޭޝަންތަކަށް ސަރުކާރުން އަމަލުނުކުރައްވާ ކަމަށް ނުސީދާގޮތެއްގައި އޭނާ ތުހުމަތުކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ ހަމަލާއަށް ފަހުގައި ވެސް ކަންތައްތައް ހުރީ ހަމަ އާއްމު އާދައިގެ ދުވަހެއް ފަދައިން ކަމަށާއި އެއްވެސް ކަމެއް ބަދަލުނުވާ ކަމަށެވެ.

އުއްތަމަފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ މަޖިލީހުން ވަރަށް ފުރިހަމައަށް ބަލައި، ސަރުކާރު ޖަވާބުދާރީ ކުރުވަން އިންތި ގޮވައިލެއްވި އެވެ.