06 މެއި 2022
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ޝަރީއަތް ލަސްވާތީ އެކަމާ ކަންބޮޑުވާ ކަމަށް މަޖިލީހުން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ޝަރީއަތް ލަސްވާތީ އެކަމާ ކަންބޮޑުވާ ކަމަށް މަޖިލީހުން މިއަދު ބުނެފި އެވެ.
މިދިޔަ އަހަރުގެ މެއި މަހު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް މިއަދު އެއް އަހަރު ފުރުމާ ގުޅިގެން މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ އެމަނިކުފާނުގެ އިތުރުން ދިވެހި މުޖްތަމައުުއާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށެވެ.
އެ ހަމަލާއަށް އެއް އަހަރު ފުރުނުއިރު އެ މައްސަލާގައި ދައުވާލިބޭ މީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި ދެން ތިބި މީހުންގެ ޝަރީއަތްތައް ނުނިމި ލަސްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެކަމަށް އިންސާފު ނުލިބޭހާ ހިނދަކު ނަޝީދުގެ ދިރިއުޅުއްވުމާއި ރަސްމީ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"އެ ހަމަލާއަށް އިންސާފު ލިބިވަޑައިނުގަންނަވާހާ ހިނދަކު، އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުގައި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެއްވުން އަދި މިނިވަންކަމާ އެކު ދިރިއުޅުއްވުމުގެ ހައްގު ވަނީ ވަރަށް ބޮޑަށް ހަނިކުރެވިފަ އެވެ." އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައިވާ ގޮތުން އެ ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް އަވަހަށް ތަހުގީގު ހިންގުމަކީ ވެސް ކުރަންޖެހޭ ކަމެކެވެ. އެ ހަމަލާއަކީ ފަހުގެ ތާރީޚުގައި ދިން އެންމެ ބޮޑު ހަމަލާ ކަމަށް ވާއިރު، އެކަމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރި ނުވަ މީހުންގެ ތެރެއިން މިހާތަނަށް ޝަރީއަތް ނިމުނީ ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި މުހައްމަދު އަދުހަމްގެ ޝަރީއަތެވެ. އޭނާ ކުށަށް އިއުތިރާފްވުމުން އޭނާ މައްޗަށް ކުށް ސާބިތުވެ، 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.
ހަމަލާދޭން އުޅޭ ވާހަކައަށް މާރިޔާ އަޅައެއް ނުލެއްވި
ސިފައިންގެ ވެރިންނާ އިންކުއަރީގައި އަނެއްކާ ސުވާލުކޮށްފި
ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ރަނގަޅު: އަސްލަމް
މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިހުންނާނަން: ނަޝީދު
މާރިޔާގެ އިސްތިއުފާ އަށް ގޮވާ އަޑުތައް ގަދަވެއްޖެ
"ނަޝީދުގެ ހަމަލާއާ ގުޅޭ ރިޕޯޓަށް އަމަލުކުރަން ޖެހޭ"
ފައިސާ ހަރަދުކޮށް, ފޮރުވިގެން ތިބީ ކޮން ބައެއް؟
މަޖިލިސް: ރައީސާއި ނައިބު ރައީސް ވެސް ނެތި!
ހަމަލާ ރޭވިމީހުން ހައްޔަރުނުކުރެވެނީސް ނުދެވޭނެ: ނަޝީދު
ރިޕޯޓްގައިވާ ގިނަ ލަފާތަކަށް އަންނަނީ އަމަލުކުރަމުން