25 ޖުލައި 2021
ރާއްޖޭގައި ދީނީގޮތުން ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ހޯމް މިނިސްޓްރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށަށް ގެންގޮސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ރާއްޖޭގައި ދީނީގޮތުން ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ހޯމް މިނިސްޓްރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށަށް ގެންގޮސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުތަކެއްގައި ނަޝީދު ވިދާޅުވީ، ރާއްޖޭގައި މިހާރު ހަރުކަށި ފިކުރަށް ބޯލަނބައި، އެފަދަ މީހުންނަށް ބާރުލިބޭ ގޮތަށް ވާހަކަ ދައްކާ މީހުން ވަރަށް ގިނަވެއްޖެ ކަމަށެވެ.
އެކަން ކޮންޓްރޯލްކުރަން ގިނަ ބަޔަކު ހައްޔަރުކުރުން ވަރަށް ބޭނުންތެރި ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަހަތަށް ޖެހިވަޑައިނުގަންނަވައި ކުރިއަށް ނުކުމެވަޑައިގެން، ލީޑުކުރެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.
"ހޯމް މިނިސްޓްރީ ހިންގުން ރައީސުލްޖުމްހޫރިއްޔާގެ ދަށަށް ގެންނަވާ. ކުއްލި ނުރައްކާ އިއުލާނުކުރައްވާ. ދުވަސްކޮޅަކުން ޓޫރިޒަމަށް އަސަރުކޮށްފާނެ. އެކަމަކު ފަހުން މާ ރަނގަޅުވާނެ،" މިދިޔަ މެއި 6 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދުމަށް މި ވަގުތު އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާލުވިގޮތުގައި، އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕްގެ މެސެޖުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބެއްލެވުން ވަރަށް ބޭނުންތެރި އެވެ. އެހެންވެ، އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ރައީސްގެ ޅިޔަނު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެ މެސެޖުތައް ރައީސަށް ދެއްކެވުމަށް ނަޝީދު އެދިވަޑައިގަތެވެ.
ދާދި ފަހުން ހާމަވެފައިވާ ބައެއް މެސެޖުތަކުން އެނގޭ ގޮތުގައި ނަޝީދާއި އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުން ވެސް ބިގޭއާ މެދު ހިތްހަމަޖެހިވަޑައެއް ނުގަންނަވަ އެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތް ވަރުގަދަ ކުރަން ނަޝީދު ގޮވައިލެއްވިއިރު، އެ މަނިކުފާނު އަވާރަކޮށްލަން ބަޔަކު ޓެރަރިސްޓް ހަމަލާދިނީ، ނަޝީދަކީ މުރުތައްދު ވެފައިވާ އަދި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކުރާ ބޭފުޅެއް ކަމަށް ގަބޫލުކޮށް ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައި ވެ އެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސީދާ ބެއްލެވުމުގެ ދަށަށް ހޯމް މިނިސްޓްރީން ގެންދަން ނަޝީދު ގޮވައިލެއްވިއިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ މެދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ނުރުހުން އުފެދިފަ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ހޯމް މިނިސްޓްރީ އާއި މި ސަރުކާރުގެ ތެރޭގައި ވެސް ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކު އެބަތިއްބެވެ. އެކަމަކު، އިމްރާން މީގެ ކުރިން ވަނީ ރާއްޖޭގައި އަޑީދައުލަތެއް ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ނަޝީދު، މި މަހުގެ 17 ވަނަ ދުވަހު ނެރުއްވި ބަޔާނުގައި ވެސް ވަނީ އިމްރާން ނިސްބަތްވާ އަދާލަތު ޕާޓީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އިނގިރޭސި ބަހުން ނެރުއްވި ބަޔާނުގައި އެ މަނިކުފާނު ވިދާޅުވީ ކޯލިޝަންގެ އެހީތެރިކަމާ އެކު، މި ސަރުކާރަށް ވެރިކަން ލިބުނަސް ރައީސްގެ ކޮންމެ ނިންމެވުމެއް ބިނާވެފައި ވަނީ އެ ކޯލިޝަންގައި ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީގެ ބަހަށް ކަމަށެވެ. އެއީ ސަރުކާރު ކޯލިޝަންގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ ކަމަށް ރައްދު ދީ، އަދާލަތުން އިނގިރޭސި ބަހުން ހަމަ އެ ރޭ ނެރުނު ބަޔާނުގައި ބުނީ ނަޝީދުގެ ބަޔާނުގެ ބޭނުމަކީ އަމިއްލަ ފައިދާ ހޯދުން ކަމަށެވެ.
"ޑިމޮކްރެޓިކްކޮށް އިންތިޚާބު ކޮށްފައިވާ ސައްހަ ރައީސެއްގެ ބާރުކަނޑުވައިލަން ކުރާ މަސައްކަތް އަހަރެމެން ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެންނަމެވެ،" މި ސަރުކާރު ވެރިކަމަށް ގެންނަން އެންމެ ބުރަކޮށް މަސައްކަތްކުރި އެއް ޕާޓީ އަދާލަތުގެ ބަޔާނުގައި ބުންޏެވެ.
އެންމެ ކާމިޔާބު އެއް ތަހުގީގަކީ މޭ 6 ގެ ހަމަލާ
މަދު މެމްބަރުންތަކެއްގެ ވޯޓާއެކު، ގަރާރު ފާސްކޮށްފި
ހަމަލާގެ ތަހުގީގު ހަރުކަށި ފިކުރަށް އެކަނި އަމާޒުނުކުރޭ
ދައުވާކުރި ހަތަރު މީހުންގެ ބަންދު ދަމަހައްޓައިފި
ބޮން "ހަރުކުރި" ހައިޝަމަށް ދައުވާކުރަން ފޮނުވައިފި
ނަޝީދުގެ ހުށަހެޅުމަށް ޝަރީފްގެ ހޫނު ރައްދުތަކެއް
ނަޝީދުގެ ގަރާރާ އާޒިމް ދެކޮޅު، ވޯޓު ވެސް ނުދެއްވި
ކުއްލި ނުރައްކާ އިއުލާންކުރަން ނަޝީދުގެ ގަރާރެއް
ހަމަލާ ދިން މީހުން ދައުލަތް ގަބޫލެއް ނުކުރޭ
ޖަލުގައި ހަރުކަށިފިކުރު ފަތުރާ މީހުން ތިބޭ: އިމްރާން