26 ޖުލައި 2021
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ރޭ ހުށަހެޅުއްވި ގަރާރަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ދެކޮޅު ހައްދަވައިފި އެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ރޭ ހުށަހެޅުއްވި ގަރާރަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ދެކޮޅު ހައްދަވައިފި އެވެ.
ނަޝީދު އަވަހާރަކޮށްލަން މިދިޔޭ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން އެ މަނިކުފާނު ވަނީ ޓެރަރިޒަމާ ދެކޮޅަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައީސަށް ގޮވާލަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ. އަދި ގައުމީ މަޖިލީހުގެ ހަނި އަޣުލަބިއްޔަތުން އެ ގަރާރު ވަނީ ފާސްކޮށްފަ އެވެ.
ނަޝީދުގެ މި މުހިންމު ގަރާރާ މެދު ގޮތެއް ނިންމަން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ގައުމީ މަޖިލީހުގެ 148 މެމްބަރުންގެ ތެރެއިން އެންމެ 41 ބޭފުޅެކެވެ. ގަރާރު ފާސްކުރީ ވަރަށް ހަނި އަޣުލަބިއްޔަތެއް ކަމަށްވާ 39 ބޭފުޅެއްގެ ވޯޓުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ސިޔާސީ ކޯޅުމާ ހެދި، ޕާޓީގެ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާއިރު، ނަޝީދުގެ ގަރާރާ މެދު ގޮތެއް ނިންމި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ބޭފުޅުން ބައިވެރިވެވަޑައެއް ނުގެންނެވި އެވެ. އެހެންވެ، ގަރާރު ފާސްކުރީ ފެށުނީއްސުރެ ނަޝީދުގެ ކޮންމެ ސިޔާސަތަކާއި ނިންމެވުންތަކަށް ވެސް ތާއީދު ކުރައްވާ ބޭފުޅުންގެ ވޯޓުންނެވެ.
ގައުމީ މަޖިލީހުގެ ކޯރަމަކީ 37 ކަމަށް ވާއިރު، ރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެންމެ 41 ބޭފުޅެއް ކަމުން އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ ތާއީދު ވަޒަން ކޮށްލަން ލިބުނު ފުރުސަތެއް ކަމަށް ބުނެ މިހާރު ވަނީ ވާހަކަ ދައްކަން ފަށައިފަ އެވެ.
ރޭގެ ބައްދަލުވުމުގައި، ނަޝީދުގެ ގަރާރާ ކިރިޔާ ވެސް ދެކޮޅަށް ވާހަކަ ދެއްކެވި ހަމައެކަނި މެމްބަރު، ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އާޒިމް ވިދާޅުވީ، ގާނޫނުއަސާސީ އޮތް ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް އެކަނި ލިބިވަޑައިގަންނަވާ ބާރެއް ކަމަށް ވާއިރު، އެ މަނިކުފާނުގެ ބަހެއް ނެތި އެފަދަ ގަރާރެއް ފާސްކުރުން ރަނގަޅު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެމްޑީޕީގެ ބޭފުޅަކު ރައީސް ކަމުގައި ހުންނަވަނިކޮށް އެ މަނިކުފާނާ މަޝްވަރާ ކުރެއްވުމެއް ނެތި އެފަދަ ކަމެއް ގައުމީ މަޖިިލީހުން ނިންމުމަކީ މަސްލަހަތު ހުރި ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ ރައީސަކު ހުރެ، އަޅުގަނޑުމެންނާ ވާހަކަ ނުދެއްކެވޭކަން އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަވެގެން އެބަދޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ސިޔާސީ ކޯޅުމަށް އިޝާރާތް ކުރައްވަމުން އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުން ފުރުސަތު ދިނީ އެމްޑީޕީ އާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ. އެހެންވެ، ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޝްވަރާ ކުރައްވައިގެން ކަންކަން ނިންމަވަން އާޒިމް އެދިވަޑައިގަތެވެ.
"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ހައްގަކަށް، ބާރަކަށް ވާތީ އެ އަށް އަރައިނުގަތުން އަޅުގަނޑުގެ ވިސްނުމަކަށް ވާތީ މި ދަންނަވަނީ،" އާޒިމް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އެ ޖަލްސާގައި ނަޝީދު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ ރައީސްގެ ބާރެއް ކަމަށާއި އެހެންވެ، ގައުމީ މަޖިލީހުން އެގޮތަށް ނިންމިޔަސް، ކުއްލި ނުރައްކަލު ހާލަތު އިއުލާން ކުރުމާއި ނުކުރުމުގެ ބާރު ރައީސަށް އޮންނާނެ ކަމަށެވެ. އަދި ގައުމީ މަޖިލީހުން ކަމެއް ނިންމުމަކީ ރައީސަށް އެކަމެއް ހުށަހެޅުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރައީސްގެ ކުރިފުޅުމަތީގައި އެ ހުށަހެޅުން އޮންނާނީ. އަމަލު ކުރެއްވުމާއި ނުކުރެއްވުން އެއީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި އޮންނަ ކަމެއް. އެއީ އަޅުގަނޑުމެންގެ ބާރުގައި އޮންނަ ކަމެއް ނޫން،" ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދަވަން އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ގަރާރުން ކުއްލި ނުރައްކަލުގެ ހާލަތު ބައި އުނިކުރަން އާޒިމް ހުށަހެޅުއްވި އެވެ. އެކަމަކު އެ ހުށަހެޅުމަށް ވޯޓަކަށް ނާހަ އެވެ. އަދި ނަޝީދުގެ ގަރާރަށް އާޒިމް ވޯޓެއް ވެސް ނުދެއްވަ އެވެ.
ނަޝީދުގެ ހުށަހެޅުމަށް ޝަރީފްގެ ހޫނު ރައްދުތަކެއް
"ގަރާރު ހުށަހެޅީ ރައީސަށް ނުފޫޒު ފޯރުވާކަށް ނޫން"
މަދު މެމްބަރުންތަކެއްގެ ވޯޓާއެކު، ގަރާރު ފާސްކޮށްފި
ހަރުކަށި ފިކުރާ ދެކޮޅަށް ނަޝީދުގެ ވަރުގަދަ މެސެޖެއް!
މޭ 6 ގެ ހަމަލަށް ދެ އަހަރު، އިންސާފު ނުލިބުނު!
ރައީސް ވަކިކުރާނެ ކަމުގެ އިންޒާރު އާޒިމް ދީފި
"ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީ ކަންބޮޑުވޭ"
"ހަމަލާއަށް އިންސާފު ހޯދައިދިނުމުގެ އަޒުމް އެބައޮތް"
ނަޝީދަށް ދިން ހަމަލާއިން "ހޭވެރިކަން ގެނުވި": ރައީސް
ހިޔާލު ތަފާތުވުންތަކަށް ފަހު އާޒިމް، ރައީސާއެކު