Roadha Mihaaru
"ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީ ކަންބޮޑުވޭ"

ބޮމުގެ ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީ ކަންބޮޑުވޭ: އެމްޑީޕީ

06 މެއި 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީ އެކަމާ ކަންބޮޑުވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީ އެކަމާ ކަންބޮޑުވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ހަމަލާއަކީ ބަޔަކު ދުރާލާ ރާވައިގެން ދިން ހަމަލާއެއް ކަމަށް ވާއިރު، އެކަމަށް ހަރަދުކުރި ބަޔަކު މިއަދާ ހަމައަށް ވެސް ނުހޯދުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ހަރަދުުކުރި މީހުންނާއި އެކަމަށް އެހީތެރިވި މީހުންނާ ހަމައަށް ތަހުގީގު ފުޅާކޮށް، އަވަހަށް ނަތީޖާތަކެއް ނެރެންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ޝަރީއަތްތައް އަވަސްކޮށް، އެފަދަ ކަމެއް ދެން ތަކުރާރު ނުވާނެ ގޮތަކަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު އެކަމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ވެސް، ފަންޑުކުރި މީހުން ނުހޯދޭތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ. އީވާގެ ބަޔާނުގައިވަނީ އަމަލީ ގޮތުން ބައިވެރިވި މީހުން ފިޔަވައި އިތުރު ބަޔަކު ހޯދިފައި ނެތް ކަމަށެވެ. އަދި ތަހުގީގުގައި އެކަން ނުބެލި ލަސްވާ ކޮންމެ ދުވަހަކީ އެފަދަ ކަންކަން އިތުރަށް ތަކުރާރުވާން ދެވޭ ފުރުސަތެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އީވާގެ ބަޔާނުގައިވާ ގޮތުން އެ ހަމަލާއާ ގުޅިގެން މަޖިލީހުން ހެދި އިންކުއަރީގައި ހުށަހެޅި ކަންކަން ފުރިހަމައަށް ތަންފީޒެއް ނުކުރެ އެވެ. އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާގެ ބަޔާނުގައިވެ އެވެ.