Roadha Mihaaru
"ހަމަލާއަށް އިންސާފު ހޯދައިދިނުމުގެ އަޒުމް އެބައޮތް"

ބޮމުގެ ހަމަލާއަށް އިންސާފު ހޯދައިދިނުމުގެ އަޒުމަށް ބަދަލެއް ނާދޭ: ރައީސް

06 މެއި 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތުގައި ސަރުކާރުގެ އަޒުމަށް ބަދަލެއް ނާންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތުގައި ސަރުކާރުގެ އަޒުމަށް ބަދަލެއް ނާންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ މެއި މަހު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް އެއް އަހަރު ފުރުމާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓެއްގައިވަނީ އެ ހަމަލާއަކީ ރާއްޖޭގައި ހިނގައިދިޔަ އެންމެ ނުރައްކާތެރި އެއް ޓެރަރިސްޓް ހަމަލާ ކަމަށެވެ. އަދި ނަޝީދުގެ ފުރާނަފުޅު ސަލާމަތްވި ކަމަށްޓަކައި މާތްﷲ އަށް ޝުކުރު ދަންނަވާ ކަމަށް އެ ޓްވީޓްގައިވެ އެވެ.

ރައީސްގެ ޓްވީޓް

އެ ޓްވީޓްގައިވާ ގޮތުން އެ ހަމަލާއަށް އިންސާފު ހޯދަން ކުރާ މަސައްކަތުގައި ދެގޮތެއް ނުވެ އަދިވެސް ސަރުކާރު ދެމިއެބައޮތެވެ.

ރައީސް އެގޮތަށް ވިދާޅުވިއިރު، ބޮމުގެ ހަމަލާއަށް ފުރިހަމަ އިންސާފު ނުލިބޭ ކަމަށް ބުނެ ނަޝީދުގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ ހަމަލާދިން މީހުންގެ ޝަރީއަތް ލަސްވުމާއި ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ނަޝީދަށް އެ ހަމަލާ އަމާޒުކުރީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވައިގެންނެވެ. ބޮން ގޮއްވުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މުހައްމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެކަމުގައި ދެން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތައް ދަނީ ކުރިއަށެވެ.