19 ފެބުރުއަރީ 2022
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ދިން ޓެރަރިސްޓް ހަމަލާ އަކީ "ހޭވެރިކަން ގެނުވި" ހާދިސާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ދިން ޓެރަރިސްޓް ހަމަލާ އަކީ "ހޭވެރިކަން ގެނުވި" ހާދިސާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނީ، އދ. އާއި ކޮމަންވެލްތުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ލޯޑް (ތޯރިގް) އަހްމަދު އޮފް ވިމްބްލްޑަން މިއަދު ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ.
އެ ބައްދަލުކުރެއްވުން އޮތީ، ޅ. އަތޮޅަށް ރައީސް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ފެލިވަރަށް ކުރެއްވި ޒިޔާރަތުގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. އާއި ކޮމަންވެލްތުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ލޯޑް (ތޯރިގް) އަހްމަދު އޮފް ވިމްބްލްޑަންއާ ސަލާމްކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމުގެ ބިރު އޮތްކަމަށް ވިދާޅުވި އެވެ. ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އަކީ އެ ބިރުގެ ތެރެއިން "ހޭވެރިކަން ގެނުވި" ހާދިސާއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ނަޝީދު އަވަހާރަކޮށްލަން މަޖީދީމަގުގައި ބޮމެއް ގޮއްވާލަން ރާވައި އެކަން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ނުރައްކާތެރި އެ ޓެރަރިސްޓް ހަމަލާގައި ތުހުމަތުވާ މީހުންނަށް ދައުވާ އުފުލިތާ މަސްތަކެއްވެފައިވާ އިރު، އެންމެ މީހަކު ފިޔަވައި އެހެން އެންމެންގެ މައްސަލަތައް އޮތީ އިބްތިދާއީ މަރުހަލާގަ އެވެ.
ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ދިން ހަމަލާއާ ގުޅިގެން ނުވަ މީހެއްގެ މައްޗަށް ދައުވާ އުފުލީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭގެ ތެރެއިން ހުކުމެއް އައީ ރިމޯޓް ކޮންޓްރޯލަކުން ބޮން ގޮއްވާލި އަދުހަމް އަހްމަދުގެ މައްޗަށް އެކަންޏެވެ.
ނަޝީދަށް ހަމަލާ ދޭން ގޮއްވާލި ސައިކަލް.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
ނަޝީދަށް ދިން ހަމަލައާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ 2019 ވަނަ އަހަރުން ފެށިގެން އެމަނިކުފާނަށް ފާރަލުމަށް ފަހު ރާވައި އެކި ފަހަރު މަތިން ބޮން ގޮއްވާލަން އުޅެ ނާކާމިޔާބު ވި ކަމަށެވެ. އެމަނިކުފާނަކީ ލޭ ހުއްދަވެފައިވާ މީހެއް ކަމަށް ކަނޑައަޅައި ހަރުކަށި ފިކުރުގެ ބަޔަކު ވަކި ސެލްއެއް އޮޕަރޭޓްކުރަމުން ދިޔަ ކަމަށާއި ހައްޔަރުކުރި އެންމެން ވެސް ނިސްބަތްވަނީ އެ ސެލް އަށް ކަމަށެވެ.
އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ނަޝީދު ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދެވި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އިގުތިސާދީ ހަރަކާތްތައް ފުޅާކުރުމާއި ރާއްޖެ އިން ބޭރުކުރާ ކަނޑުމަހަށް ނަގާ ޑިއުޓީ ކުޑަކުރުމާ ބެހޭގޮތުން ވެސް އެމަނިކުފާނު ލޯޑް ތޯރިގްއާ ވާހަކަފުޅު ދެއްކެވި އެވެ. ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވި އެވެ.
ކޮމަންވެލްތު އިތުރަށް ހަރުދަނާކުރުމުގެ އިތުރުން އެ ޖަމާއަތުގެ މެންބަރު ހުރިހާ ގައުމަކަށް ވެސް އޭގެ ލާބަ އާއި މަންފާ ލިބެނިވި ޖަމާއަތަކަށް ހެދުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ވެސް ދެބޭފުޅުން ވާހަކަދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދެ ބާރަށް ގެކޮޅު ހަމަޖެއްސުމުގެ ބިލް ތަސްދީގުކޮށްފި
މޭ 6 ގެ ހަމަލަށް ދެ އަހަރު، އިންސާފު ނުލިބުނު!
"ހަމަލާއަށް އިންސާފު ހޯދައިދިނުމުގެ އަޒުމް އެބައޮތް"
ނަޝީދުގެ ގަރާރާ އާޒިމް ދެކޮޅު، ވޯޓު ވެސް ނުދެއްވި
"ގަރާރު ހުށަހެޅީ ރައީސަށް ނުފޫޒު ފޯރުވާކަށް ނޫން"
ހަމަލައިގެ އިންކުއަރީ ރިޕޯޓުން ބައެއް މައުލޫމާތު ސިއްރު
ހަމަލައަށް ހޭދަކުރި މީހުން ހޯދަން ކުރާ މަސައްކަތް މަދު
ރައީސްގެ މަންދޫބު އައްބާސް ރާއްޖެ ވަޑައިގެންފި
ނަޝީދުގެ އިންޒާރު؛ ބިރުވެރިކަމާއި ނާމާންކަން ބޮޑުވެއްޖެ
ރަސްމީ ގެކޮޅު ހަމަޖައްސާ ބިލް ރައީސް އޮފީހަށް