ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުތައް ކުރިއަށް ގެންދާ ގޮތް ބަލައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އައްޔަން ކުރައްވާފައިވާ ހާއްސަ މަންދޫބު އިނގިރޭސި ވިލާތުގެ އައްބާސް ފާއިޒް އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުތައް ކުރިއަށް ގެންދާ ގޮތް ބަލައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އައްޔަން ކުރައްވާފައިވާ ހާއްސަ މަންދޫބު އިނގިރޭސި ވިލާތުގެ އައްބާސް ފާއިޒް އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.
އެމްނެސްޓީ އިންޓަނޭޝަލްގައި ވެސް މަސައްކަތް ކުރައްވާފައިވާ އަދި ދެކުނު އޭޝިއާގެ ސަރަހައްދުގެ ގައުމުތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައި އެކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އައްބާސް ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ނަޝީދަށް ދިން ހަމަލައިގެ ހުރިހާ ތަހުގީގެއްގައި ވެސް ޕްރޮސެކިއިޓާ ޖެނެރަލް ހުސައިން ޝަމީމް ކަނޑައަޅުއްވާ ހުދޫދެއްގެ ތެރެއިން ބައިވެރިވެވަޑައިގެންނެވުމުގެ ފުރުސަތު އައްބާސަށް ދެއްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ، އެ މައްސަލައިގައި އިންސާފު ގާއިމު ކުރެވެންދެން ބޭނުންވާ ހާލަތުތަކުގައި ކަމާގުޅޭ ލަފަ އާއި އިރުޝާދު ދެއްވުމުގެ އިތުރުން ތައްޔާރު ކުރައްވަން ޖެހޭ ރިޕޯޓުތައް ވެސް އައްބާސް ތައްޔާރު ކުރައްވާނެ ކަމަށެވެ.
ނަޝީދަށް ދިން ހަމަލައިގެ ތަހުގީގުގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބެލުމަށް ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އައްބާސް ކަނޑައެޅުއްވީ މޭ 19 ގަ އެވެ. މިއީ އެ މަސްއޫލިއްޔަތުތައް އޭނާއާ ހަވާލުކުރެއްވި ފަހުން ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް އެސެކްސްގައި 2017 ވަނަ އަހަރުން ފެށިގެން ގާނޫނީ ދާއިރާ އިން ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އައްބާސް ރާއްޖޭގައި އުޅުއްވާ ދުވަސްވަރުގައި ރައީސް ހަވާލުކުރެއްވި ޒިންމާ އާއި މަސްއޫލިއްޔަތުތައް އަދާކުރައްވަން ބޭނުން ކުރައްވާނީ ރައީސް އޮފީހެވެ.
އައްބާސަކީ މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އިސް ބޭފުޅުންނާ ގާތްގުޅުމެއް އޮންނަ އަދި އެހެނިހެން ސަރުކާރުތަކުގެ ދުވަސްވަރު ރާއްޖޭގެ އެކިއެކި ކަންކަމަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.
ޖަރުމަނުގައި އިތުރު ފަރުވާ ހޯއްދެވުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ނަޝީދު ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ. އިތުރު ފަރުވާ އަށް އިނގިރޭސި ވިލާތަށް އެ މަނިކުފާނު ވަޑައިގެންނެވިއިރު ނަޝީދުގެ ބޭފުޅުން ވެސް ދިރިއުޅުއްވަނީ އެ ގައުމުގަ އެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން މައްސަލައާ ގުޅޭ އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަ ތިއްބެވެ. އޭގެ ތެރެއިން މިހާތަނަށް ވަނަވަރު އާންމު ކުރީ ފަސް މީހުންގެ އެވެ.
އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް އެވެ.
ނަޝީދަށް ދިން ހަމަލައާ ސިޔާސީ ގުޅުމެއް ނެތް: އައްބާސް
މޭ 6 ގެ ހަމަލަށް ދެ އަހަރު، އިންސާފު ނުލިބުނު!
ދެން އޮތީ ފައިސާ ހަރަދުކުރި ގޮތް ބެލުން: އައްބާސް
ހަމަލައަށް ހޭދަކުރި މީހުން ހޯދަން ކުރާ މަސައްކަތް މަދު
"މިއީ ތިން މީހުންނާ ހިސާބުން ނިމޭނެ ހަމަލައެއް ނޫން"
މިއީ އިގުތިސޯދަށް ވެސް ދިން ހަމަލައެއް: ރައީސް
ތަހުމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން އަންގައިފި
ބޮމުގެ ހަމަލާ: ބެންޗް އުވުނަސް ޝަރީއަތް އަލުންނުފަށާނެ
ހަމަލާގެ ޝަރީއަތް ލަސްވާ ސަބަބު ބަލައެއް ނުގަނެވޭ
ބޮމުގެ ހަމަލާ: ހެކި ސިއްރު،ދިފާއީ ހެކިތަކެއް ބޭރު