ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަައްމަދު ނަޝީދު އަވަހާރަކޮށްލުމަށް، ދިން ޓެރަރިސްޓު ހަމަލާގެ އަޑީގައި ތިބި ބަޔަކު ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
12 މެއި 2021
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަައްމަދު ނަޝީދު އަވަހާރަކޮށްލުމަށް، ދިން ޓެރަރިސްޓު ހަމަލާގެ އަޑީގައި ތިބި ބަޔަކު ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މާދަމާ ފާހަގަކުރާ މި އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނަޝީދަށް ދިން އެ ހަމަލައަކީ، މިހާތަނަށް އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ތިން މީހުންނާ ހަމައިން ނިމޭނެ ކަމެއް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި، އެ ބަޔަކު ވެސް އިރާދަކުރެއްވިއްޔާ އިންސާފުގެ ކުރިމައްޗަށް ގެންނާނަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށާއި އެއްވެސް މީހެއްގެ ފުރާނަ ދުއްވައިލުމަށް ހަމަލާއެއް ދިނުމަކީ، ކުޑަވެސް އިންސާނިއްޔަތު ކަމެއް ހުރި މީހަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.
"އެ ޒާތުގެ އަމަލުތަކުން، އެ ބަޔަކު ބޭނުންވާ އެއްވެސް މަގުސަދެއް، މާތް ﷲގެ އިރާދަފުޅުން މި ފަސްގަނޑުގައި ހާސިލެއް ނުވާނެ. މާތް ﷲގެ މަދަދާއި ވާގިފުޅާއެކު، ގާނޫނުތައް އެ ފަދަ މީހުން ވަށައިލާނެ. އަދުލު އިންސާފު އަރައި ހަމަކުރާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި އެ ހަމަލާދިން ކަމަށް މިހާތަނަށް ފާހަގަކުރެވޭ ތިން މީހަކު ހައްޔަރުކޮށް، ގާނޫނުގެ ބާރުގެ ދަށަށް ވަނީ ގެނެސްފަ އެވެ. އަދި އެ މީހުން ކުރި އަމަލުތަކަށް ޒިންމާދާރު ކުރުވުމުގެ ގޮތުން މިނިވަން ތަހުގީގަކަށް ފަހު، އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދަށް ހަމަލާ ދިން މައްސަަލައިގައި ހައްޔަރުކޮށްފައި ވަނީ މއ. ފޭރުގެ، މުޖާޒް އަހުމަދު 21، ގެ އިތުރުން ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީނު އަހުމަދު 32، އާއި ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު، 25، އެވެ. އޭގެ ތެރެއިން އަދުހަމަކީ ބޮން ގޮއްވާލި ކަމަށް ބުނާ މީހާ އެވެ.
މި ހަމަލައިން ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބި، މިހާރު ވެސް އޭޑީކޭ ހޮސްޕިޓަލްގައި ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.
މޭ 6 ގެ ހަމަލަށް ދެ އަހަރު، އިންސާފު ނުލިބުނު!
ހަމަލައަށް ހޭދަކުރި މީހުން ހޯދަން ކުރާ މަސައްކަތް މަދު
ރައީސްގެ މަންދޫބު އައްބާސް ރާއްޖެ ވަޑައިގެންފި
މިއީ އިގުތިސޯދަށް ވެސް ދިން ހަމަލައެއް: ރައީސް
ނަޝީދަށް ދިން ހަމަލައާ ސިޔާސީ ގުޅުމެއް ނެތް: އައްބާސް
ތަހުމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން އަންގައިފި
ބޮމުގެ ހަމަލާ: ބެންޗް އުވުނަސް ޝަރީއަތް އަލުންނުފަށާނެ
ބޮމުގެ ހަމަލާ: ހެކި ސިއްރު،ދިފާއީ ހެކިތަކެއް ބޭރު
ބޮމުގެ ހަމަލާ: ޝަރީއަތުގެ ކުރިއަށް ހެކީގެ މައްސަލަ
"ފަހުން ލިބޭ ހެކިން އިތުރު ބަޔަކަށް ދައުވާކުރެވިދާނެ"