19 ނޮވެމްބަރ 2016
ފަސް ރުފިޔާގެ ފައިސާ ފޮތި ނެރެން ނިންމި ނިންމުން ބަދަލުކޮށް، ފަސް ރުފިޔާގެ ކަރުދާސް ނޫޓެއް ނެރެން އެމްއެމްއެ އިން ހަމަޖައްސައިފި އެވެ. އަދި މިހާރު ބޭނުންކުރާ ދެ ރުފިޔާ އަށް ވުރެ ލުއި ފައިސާ ފޮއްޗެއް ނެރޭނެ ކަމަށް ވެސް މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.
ފަސް ރުފިޔާގެ ފައިސާ ފޮތި ނެރެން ނިންމި ނިންމުން ބަދަލުކޮށް، ފަސް ރުފިޔާގެ ކަރުދާސް ނޫޓެއް ނެރެން އެމްއެމްއެ އިން ހަމަޖައްސައިފި އެވެ. އަދި މިހާރު ބޭނުންކުރާ ދެ ރުފިޔާ އަށް ވުރެ ލުއި ފައިސާ ފޮއްޗެއް ނެރޭނެ ކަމަށް ވެސް މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.
އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއްގައި ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ ރަން ދިހަ ފަހެއް ނޫޓު ސީރީޒްއާ އެކު ބޭނުންކުރަން ފަސް ރުފިޔާގެ ފައިސާ ފޮއްޗެއް ނެރެން ނިންމީ ދިރާސާތަކެއް ކުރުމަށް ފަހު އެއީ ކުޑަ އަދަދަކަށް ވީމާ ކަމަށެވެ. އެކަމަކު އެ ނިންމުން ބަދަލުކޮށްދޭން އެމްއެމްއޭގައި ވަރަށް ގިނަ ފަރާތްތަކުން އެދެމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެންވެ ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި ހިމަނައިގެން ފަސް ރުފިޔާގެ ކަރުދާސް ނޫޓެއް ނެރެން މިހާރު ނިންމާފައިވާ ކަމަށް އަޒީމާ ވިދާޅުވި އެވެ. އަދި އެ ނޫޓު އަންނަ އަހަރު ބޭނުން ކުރަން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން، މިހާރު ބޭނުންކުރާ ދެ ރުފިޔާގެ ފައިސާ ފޮއްޗަށް ވުރެ ލުއި ފައިސާ ފޮއްޗެއް އަންނަ އަހަރު ނެރެން ހަމަޖެއްސިކަން ވެސް އޭނާ އިއުލާންކުރެއްވި އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް މިދިޔަ އަހަރު ނެރުނު ރަން ދިހަ ފަހެއް ނޫޓު ސީރީޒްގައި މިހާރު ހިމެނެނީ 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ. ފަސް ރުފިޔާގެ ފައިސާ ފޮއްޗެއް ނެރެން ކުރިން ނިންމީ މިހާރު ބޭނުން ކުރަމުން އަންނަ ކުރީގެ ނޫޓު ސީރީޒްގައި ހިމެނޭ ފަސް ރުފިޔާގެ ބަދަލުގަ އެވެ.
ކުރީގެ ފަސް ރުފިޔާގެ 79 ޕަސެންޓް ބަދަލުނުކުރެވި
ފަސް ރުފިޔާގެ އާ ނޫޓު ބޭނުންކުރަން ފަށައިފި
ފަސް ރުފިޔާގެ އާ ނޫޓު މާދަމާ ބޭނުންކުރަން ފަށަނީ
ފަސް ރުފިޔާގެ އާ ނޫޓާ އެކު ދަގަނޑޭ ތާރީހުގެ ތެރެއަށް
ނަސީރުގެ ސޮޔާއެކު 10ރ. އަދި 100ރ.ގެ އާ ނޫޓު ނެރެފި
10ރ. އާއި 100ރ.ގެ ނޫޓު އަލުން ޗާޕްކޮށްފި
ކުރީގެ ފަސް ރުފިޔާ ހޯމަދުވަހުން ފެށިގެން އުވޭނެ
ވަކި ލާރި ނެގޭ ދެ ވެންޑިން މެޝިން ބަހައްޓައިފި
ދެ ރުފިޔާގެ އާ ފައިސާފޮތި މާދަމާ ނެރެނީ
ފަސް ރުފިޔާގެ އާ ނޫޓު އަންނަ މަހު ނެރެނީ