Roadha Mihaaru
ކުރީގެ ފަސް ރުފިޔާ ހޯމަދުވަހުން ފެށިގެން އުވޭނެ

ހޯމަ ދުވަހުން ފެށިގެން ކުރީގެ ފަސް ރުފިޔާއަކީ ލީގަލް ޓެންޑަރެއް ނޫން ކަމަށް ކަނޑައަޅައިފި

27 ޑިސެމްބަރ 2017

ކުރިން ބޭނުން ކުރަމުން އައި ފަސް ރުފިޔާގެ ނޫޓަކީ އަންނަ ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ލީގަލް ޓެންޑަރެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް، މިއަދު ކަނޑައަޅުއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރިން ބޭނުން ކުރަމުން އައި ފަސް ރުފިޔާގެ ނޫޓަކީ އަންނަ ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ލީގަލް ޓެންޑަރެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް، މިއަދު ކަނޑައަޅުއްވައިފި އެވެ.

މިއަހަރު ނިމުމާ އެކު، ފަސް ރުފިޔާގެ ކުރީގެ ނޫޓްތައް ވިޔަފާރީގައި ބޭނުން ނުކުރެވޭނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން އޮތީ ކުރިން އިއުލާން ކޮށްފަ އެވެ. އެކަމަކު ކުރިއަށް އޮތް ފަސް އަހަރު ވަންދެން އެމްއެމްއޭ އިން އެ ނޫޓް ބަދަލު ކޮށްދޭނެ އެވެ.

ރައީސް ޔާމީން ނެރުއްވި ގަރާރަކުން އެގޮތަށް މިއަދު ކަނޑައެޅުއްވީ، އެމްއެމްއޭގެ ގާނޫނު އޮންނަ ގޮތުން ވަކި ނޫޓެއް ނުވަތަ ވަކި ފައިސާ ފޮއްޗަކީ ރާއްޖޭގެ ލީގަލް ޓެންޑަރު ނޫން ކަމުގައި ކަނޑައެޅުމަކީ ރައީސުލް ޖުމްހޫރިއްޔާ އަށް އޮންނަ ބާރަކަށް ވާތީ އެވެ.

ރައީސްގެ ގަރާރުގައިވާ ގޮތުން މިދިޔަ މެއި މަހު ފަސް ރުފިޔާގެ އާ ނޫޓް ނެރުމުގެ ކުރިން ބޭނުން ކުރަމުން އައި ފަސް ރުފިޔާގެ ނޫޓަކީ އަންނަ ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ލީގަލް ޓެންޑަރެއް ނޫނެވެ. ހޯމަ ދުވަހުން ފެށިގެން އާންމު ވިޔަފާރީގައި ކުރީގެ ނޫޓްތައް ބޭނުން ނުކުރެވުނަސް ޖުލައި، 2021 ގެ ނިޔަލަށް އެފަދަ ނޫޓްތައް އެމްއެމްއޭ އަށް ހުށަހަޅައިގެން ބަދަލު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ގަރާރުގައިވެ އެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި އިގްތިސާދުގައި ދައުރުވަމުންދާ ފަސް ރުފިޔާގެ ކުރީގެ ނޫޓްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ނޫޓް ބަދަލު ކުރަން އެމްއެމްއޭ އަށް އަދިވެސް ހުށަހަޅާފައެއް ނެތެވެ. ކުރީގެ ނޫޓުގެ 20.2 މިލިއަން ރުފިޔާ އަދިވެސް ބަދަލު ނުކޮށް އެބަހުރި ކަމަށް އެމްއެމްއޭ އިން މި މަހު ކުރީކޮޅު ބުނެފައިވެ އެވެ.