މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ހެޑް، އަބްދުﷲ އަޝްރަފް، އެކަށީގެންވާ ސަބަބެއް ނެތި ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައިވާ މައްސަލައިގައި ގަވަރުނަރު އަހުމަދު ނަސީރު މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީ އަށް ހާޒިރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވައިފި އެވެ.
19 ފެބުރުއަރީ 2019
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ހެޑް، އަބްދުﷲ އަޝްރަފް، އެކަށީގެންވާ ސަބަބެއް ނެތި ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައިވާ މައްސަލައިގައި ގަވަރުނަރު އަހުމަދު ނަސީރު މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީ އަށް ހާޒިރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވައިފި އެވެ.
މަރުކަޒީ ބޭންކުގެ ގަވަރުނަރު ނަސީރު، ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށްދޭން އީވާ ހުށަހެޅުއްވީ ދެ މައްސަލައަކާ ގުޅުވަ އެވެ.
އެފްއައިޔޫ އަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގެ އެތެރޭގައި އުފައްދާފައ އޮންނަ ޔުނިޓެކެވެ. މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި އެ ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ މައުލޫމާތު ހޯދައި، އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާ އަކީ އެފްއައިޔޫ އެވެ.
އެ ޔުނިޓްގެ އިސްވެރިޔާ ކަމަށް ބޭފުޅުން އައްޔަން ކުރައްވާނީ ގަވަރުނަރެވެ. އަޝްރަފްގެ ކުރިން އެ މަގާމުގައި ހުންނެވީ އިބްރާހިމް އާތިފް ޝަކޫރެވެ. އޭނާ 2015 ގައި އިސްތިއުފާ ދެއްވީ، އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް، މަނީ ލޯންޑަރިން ހިންގަމުންދާ ކަމަށް އެފްއައިޔޫން އެކުލަވައިލި ރިޕޯޓުން ފާހަގަވެފައި ވަނިކޮށެވެ.
އީވާގެ ސިޓީގައި ވިދާޅުވީ އަޝްރަފް މަގާމުން ވަކިކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކުން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެސްކްރޯ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރުމުގެ މައްސަލައެއް އެފްއައިޔޫ އިން އެ ކޮމިޝަނަށް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ. އޭގެ އިތުރުން އަޝްރަފް ވަކިކުރީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޔާމީން ހަރަދު ކުރެއްވި ގޮތާ ގުޅޭ މައްސަލައެއް އެފްއައިޔޫ އިން ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށް ކަން ވެސް އީވާ ފާހަގަކުރެއްވި އެވެ.
އޮގަސްޓް 24، 2017- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމުގެ ލިޔުން އަހުމަދު ނަސީރާ، ރައީސް ޔާމީން ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
Have sent summons to the Governor of @MMA_Maldives, regarding the sudden dismissal of the Head of the Financial Intelligence Unit, while the Unit had lodged cases with both the ACC & the Police, on suspicious financial transactions involving President Yameen’s private accounts. pic.twitter.com/d9KB8QMchA
— Eva Abdulla ?❓ (@evattey) February 19, 2019
އީވާގެ ޓުވީޓް. އޭނާގެ ކަންބޮޑުވުމަކީ ރައީސް ޔާމީނާ ގުޅުން ހުރި މައްސަލަތަކެއްގެ ތަހުގީގު ހިނގަނިކޮށް އެފްއައިޔޫގެ ކުރީގެ ވެރިޔާ ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވުން.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް އެކައުންޓުން ޔާމީންގެ އިސްލާމިކް ބޭންކުގެ އެކައުންޓަށް އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ތަހުގީގުކުރުމަށް ފަހު އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ދެއްކުމަށް އެމަނިކުފާނަށް އޭސީސީން އެންގި އެވެ. އެކަމަކު އެކަމަށް އިންކާރު ކުރައްވައި އޭސީސީއާ އެކު އެއްބަސްވެވަޑައިގަތީ އެސްކްރޯ އެކައުންޓެއް ހުޅުވައި ދެ ފަރާތުގެ ބެލުމުގެ ދަށުން ފައިސާ ބެހެއްޓުމަށެވެ.
ޔާމީން، އޭސީސީއާ އެކު އެއްބަސްވެވަޑައިގަތީ އިސްލާމިކް ބޭންކު އެކައުންޓަށް އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރާށެވެ. އެކަމަކު، އޭގެ ބަދަލުގައި ޔާމީން އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވީ، އެ ފައިސާއެއް ނޫނެވެ.
ފުލުހުން ތުހުމަތު ކުރާ ގޮތުގައި އިސްލާމިކް ބޭންކަށް އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރުން ޔާމީން ވަނީ މަނީ ލޯންޑަރިންގެ އަމަލު ހިންގަވައިފަ އެވެ. އެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ވަނީ ހައްޔަރުކޮށްފަ އެވެ.
ރިޔާސީ އިންތިހާބުގެ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު ފަހެއް ގައި 10 މިލިއަން ރުފިޔާ އަދި ސެޕްޓެމްބަރު 10 ގައި 12.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އެފްއައިޔޫ އިން ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.
ނީޒާގެ ނަން ނަގައި، ގަވަރުނަރަކަށް ނަސީރު
އަޝްރަފަށް ގަވަރުނަރުގެ ބޮޑެތި އެހެން ތުހުމަތުތަކެއް
ދޮގު ހެދި ކަމަށް ވިދާޅުވާން ޖެހޭނީ ގަވަރުނަރު:މުއާޒް
ގަވަރުނަރުގެ ނުކިއްސަރުކަމެއް ބަޖެޓާ މެދު ނެތް: ރައީސް
އެމްއެމްއޭގެ ގަވަރުނަރު ކަމަށް ނީޒާ އިމާދު ހަމަޖައްސަނީ
ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ކޮމިޓީން ނިންމައިފި
ސްކޭމްތަކާ ގުޅިގެން އިދާރާތައް އެސްއޯއީ ކޮމިޓީއަށް
ބޭންކުތަކުން މައުލޫމާތު ހޯދަން ދަތި: އޭސީސީ
ގަވަރުނަރަށް މިއަދު ވެސް ކޮމިޓީއަށް ވަޑައެއްނުގެންނެވުނު
ފުލުހުންނާއި ސިފައިން ޒިންމާއަދާކުރިތޯ ބަލަން ކޮމިޓީއަށް