16 އޯގަސްޓް 2017
ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ކަމަށް މ. ލަކްސްލިން ނީޒާ އިމާދު އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފި އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ކަމަށް މ. ލަކްސްލިން ނީޒާ އިމާދު އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފި އެވެ.
އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ނިންމެވި، ނީޒާ އަކީ މިހާރު ވެސް އެސިސްޓެންޓް ގަވަރުނަރެވެ. އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ 31 އަހަރު ވެފައިވާ ނީޒާ އަކީ އެ އިދާރާގެ ފައިނޭންޝަލް ސްޓެބިލިޓީ ބައިގެ އެންމެ އިސްވެރިޔާ ވެސް މެ އެވެ. މީގެ އިތުރު އެއީ އެމްއެމްއޭގެ ބޯޑު ޑިރެކްޓަރެކެވެ. އަދި އޭނާ އަކީ 2014 އިން ފެށިގެން ރާއްޖެ އިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ކަނޑައަޅާފައި ހުންނަވާ އަލްޓަނޭޓިވް ގަވަރުނަރެވެ.
އެމްއެމްއޭގައި ތަފާތު މަގާމުތައް ފުރުއްވާފައިވާ ނީޒާ މަތީ ތައުލީމު ހާސިލް ކުރައްވާފައި ވަނީ މާސްޓާސް އޮފް ކޮމާސްގެ ދާއިރާ އިންނެވެ.
ނީޒާ އަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން މަސްއޫދު އިމާދާއި މި ސަރުކާރުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދުގެ ކޮއްކޮ އެކެވެ.
އަޒީމާ މިއަދު ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ، ފިރިކަލުން އަލީ ނަސީރު (އަލިނީ) އަކީ މިހާރު އދ. ގައި ހުންނަވާ ރާއްޖޭގެ މަންދޫބު ކަމަށް ވުމާ އެކު ދިރިއުޅުން ނިއު ޔޯކަށް ބަދަލުކުރެއްވުމަށް ނިންމެވުމުން ކަމަށެވެ.
ނީޒާގެ ނަން ނަގައި، ގަވަރުނަރަކަށް ނަސީރު
އެމްއެމްއޭގެ ގަވަރުނަރު ނަސީރު މަޖިލީހަށް ހާޒިރުކުރަނީ
އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އިސްތިއުފާ ދެއްވައިފި
ފައިސާ ޗާޕުކުރުމުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފި
ގަވަރުނަރުގެ ޝަރުތުތަކަށް ބަދަލު ގެންނަން ހުށަހަޅައިފި
ގަވަރުނަރުކަން އަލީ ހާޝިމަށް ދޭން މަޖިލިހުން ފާސްކޮށްފި
ގަވަރުނަރުކަން އަލީ ހާޝިމަށް ދޭން ކޮމިޓީން ފާސްކޮށްފި
އަލީ ހާޝިމް އައްޔަން ކުރުމުގެ މައްސަލަ ކޮމިޓީއަށް
ގަވަރުނަރުގެ ނުކިއްސަރުކަމެއް ބަޖެޓާ މެދު ނެތް: ރައީސް
އެމްއެމްއޭގެ ގަވަރުނަރަކަށް ނަސީރު އައްޔަން ކުރައްވައިފި