23 ނޮވެމްބަރ 2021
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އޯވަޑްރޯގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ 3.5 ބިލިއަން ރުފިޔާގެ ލިމިޓެއް ކަނޑަައަޅައިފަ އެވެ. އެކަމަކު މާލިއްޔަތު ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ފާސްކުރީ އޯޑީގެ ލިމިޓް 2.5 ބިލިއަން ރުފިޔާ އަށް ކުޑަކުރުމަށެވެ. އެ އަދަދު އޯވަޑްރޯ ކުރަނީ 0.1 ޕަސެންޓުގެ އިންޓްރެސްޓް ރޭޓެއްގަ އެވެ.
ކޮމިޓީން ފާސްކުރި ގޮތަށް އޯޑީ 2.5 ބިލިއަނަށް ދަށްކޮށް ފައިސާ ޗާޕުކުރުމުގެ މުއްދަތު އިތުރުކުރަން މަޖިލީހުން މިއަދު ފާސްކުރީ 42 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ އެންމެ ދެ މެންބަރުންނެވެ.
ކޮމިޓީގެ ބައެއް ނިންމުމަށް މިއަދު މަޖިލީހުގައި މާލިއްޔަތު ކޮމެޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މުހަންމަދު ނާޝިޒް ވަނީ ބައެއް އިސްލާހު ހުށަހަޅުއްވައިފަ އެވެ. އެ އިސްލާހުގައިވަނީ މި އަހަރު ނިމޭއިރު ޕަބްލިކް ބޭންކު އެކައުންޓު އޯވާޑްރޯ ކުުރެވިފައި ހުންނަ މިންވަރަށް ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭ މަޝްވަރާކޮށްގެން ގޮތެއް ނިންމުމަށް ލަފާދީފަ އެވެ.
އަދި މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ޕަބްލިކް ބޭންކު އެކައުންޓުން އޯވާޑްރޯ ކުރެވިފައި ހުރި މިންވަރުގެ ތެރެއިން 2.5 ބިލިއަން ރުފިޔާ ސެކިއުރަޓައިޒް ކޮށް، އެމްއެމްއޭއިން ސަރުކާރަށް އިޝޫކޮށްފައިވާ 50 އަހަރުގެ އެމޯޓައިޒޭޝަން ބޮންޑަކަށް ބަދަލުކޮށް އެ ބޮންޑުގެ ކޫޕަން ރޭޓު 2.5 ޕަސެންޓަށް ބަދަލުކުރަން އެމްއެމްއޭއަށް ވަނީ ލަފާދީފަ އެވެ.
އަންނަ އަހަރުން ފެށިގެން ޕަބްލިކް އެކައުންޓު އޯވަޑްރޯ ކުރެވިފައި ހުންނަ ކޮންމެ ދުވަހަކު އޯޑީ ކުރެވިފައި ހުންނަ ބެލެންސް އިން އަހަރަކަށް 0.1 ޕަސެންޓު އިންޓްރެސްޓު ނެގުމަށްވެސް އެމްއެމްއޭއަށް މަޖިލީހުން ވަނީ ލަފާދީފަ އެވެ.
އޯޑީ ފެސިލިޓީގެ އިންޓްރެސްޓް ރޭޓު 0.1 ޕަސެންޓްގައި އިނުމަކީ އިންޓްރެސްޓް ރޭޓެއް ނުނެގުން ކަހަލަ ކަމެއް ކަމަށާއި މިހާރަށް ވުރެ ބޮޑަށް މާލީ ކަންކަން ޒިންމާދާރުކުރަން އެއަށް ވުރެ ބޮޑު އިންޓްރެސްޓް ރޭޓެއް ކަނޑައަޅަން ޖެހޭ ކަމަށް ގަވަރުނަރު މީގެ ކުރިން ވިދާޅުވި އެވެ.
އެމްއެމްއޭ އިން ވަނީ އިންޓަރެސްޓަކާ ނުލައި 4.4 ބިލިއަން ރުފިޔާ، އޯޑީ ފެސިލިޓީއެއްގެ ގޮތުގައި މިދިޔަ އަހަރު ހުއްދަ ދިން ފަހުން، އެ ހުއްދައިގެ މުއްދަތު މިދިޔަ އޭޕްރީލް މަހު އިތުރުކޮށްދީފަ އެވެ. އޭރު އެމްއެމްއޭ އިން ވަނީ އިތުރަށް އޯވަޑްރޯގެ މުއްދަތު އިތުރު ނުކުރަން ލަފާދީފަ އެވެ.
އެމްއެމްއޭ އިން މިހެން ބުނި ނަމަވެސް ފިނޭންސް މިނިސްޓްރީން ބުނީ އޯވަޑްރޯ ނުކޮށްފި ނަމަ، އަންނަ އަހަރުގެ ބަޖެޓު ކުޑަކޮށް މަޝްރޫއުތައް މަދުކޮށް، ސިވިލް ސާވިސްގެ މުވައްޒަފުން ވެސް މަދުކުރާ ހާލަތަށް ހިނގައިދާނެ ކަމަށެވެ.
ބޭނުންވެއްޖެނަަމަ އިތުރަށް ފައިސާ ޗާޕްކުރެވޭ ގޮތް ހަދަނީ
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
ފިސްކަލް ޒިންމާގެ ބިލާއި ދަރަންޏާ ބެހޭ ބިލް ފާސްކޮށްފި
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
އަންނަ އަހަރަށް 56ބިލިއަން ބަޖެޓް ކޮމެޓީން ފާސްކޮށްފި
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
ކުންފުނިތަކުގެ ކެޕިޓަލް އިންޖެކްޝަނަށް 2.1 ބިލިއަން
ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް ނިންމައި ކޮމިޓީއަށް