26 ޖޫން 2024
އިތުރަށް ފައިސާ ޗާޕު ކުރަން ޖެހިއްޖެ ނަމަ، މިހާރު އަމަލު ކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބަދަލުގައި ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނެއް ފާސްކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ.
އިތުރަށް ފައިސާ ޗާޕު ކުރަން ޖެހިއްޖެ ނަމަ، މިހާރު އަމަލު ކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބަދަލުގައި ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނެއް ފާސްކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.
އެ ބިލްގެ ހަ ވަނަ މާއްދާގައިވާ ގޮތުން ދައުލަތުގެ ކޭޝް ފްލޯ މެނޭޖު ކުރުމަށް، އެމްއެމްއޭ އިން ފައިސާ އެޑްވާންސްކޮށް ހޯދޭނީ ތިން އަހަރަށް ސަރުކާރަށް ލިބޭ އާމްދަނީގެ 2.5 ޕަސެންޓެވެ. އެކަމަކު، މިހާރު އަމަލުކުރާ ހަރަދަށް ޒިންމާވާ ގާނޫނުގައިވާ ގޮތުން ސަރުކާރަށް އެމްއެމްއޭ އިން އެޑްވާންސްކޮށް ފައިސާ ނެގޭނީ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަކަށް 270 މިލިއަން ރުފިޔާ އެވެ.
ސަރުކާރަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ތެރެއިން އެއް ޕަސެންޓަށްވާ ވަރަށް އޯވަޑްރޯ ކުރެވުނު ނަމަވެސް، މިހާތަނަށް ސަރުކާރުން އެފައިސާ ބޭނުންކޮށްފައެއް ނުވެ އެވެ.
ސަރުކާރުން އެގޮތަށް ނަގާ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ އިރު، އެމްއެމްއޭ އިން އެ ފައިސާ ދޫކުރާނީ މާކެޓް އިންޓްރެސްޓުގަ އެވެ.
މި ބިލް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާ ހިސާބުން މިހާރު އަމަލު ކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނު އުވައިލާނެ އެވެ.
ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރު ނިމެންދެން ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ދަށުން ފައިސާ ޗާޕު ކުރާ ލިމިޓު އޮތީ ހައްދެއް ނެތި ދޫކޮށްލައިފަ އެވެ. އެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. ސަސްޕެންޑު ކުރުމަށް ފަހު ވޭތުވެދިޔަ ތިން އަހަރު ސަރުކާރުން ވަނީ 8 ބިލިއަން ރުފިޔާ ޗާޕު ކޮށްފަ އެވެ.
މި ސަރުކާރުން ބުނެފައި ވަނީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި އެމްއެމްއޭ އިން މި އަހަރު އެއްވެސް ފައިސާއެއް ނުނަގާ ކަމަށެވެ.
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިއްޔެ ވިދާޅުވީ، މި ސަރުކާރުގައި މިހާތަނަށް ހިނގި ހުރިހާ ހަރަދެއް ހަމަޖެއްސީ، ދައުލަތަށް ވަންނަ އާމްދަނީ އާއި ޓީބިލް ވިއްކައިގެން ކަމަށެވެ.
ސަރުކާރުން އަލަށް ހުށަހެޅި ބިލްގައި ވަނީ ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ ހަ މަސް ތެރޭގައި ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ފިނޭންސް މިނިސްޓަރު އެކުލަވާލައި، ގެޒެޓުގައި އާންމު ކުރަން ޖެހޭނެ ކަމަށެވެ. އޭގެ ބޭނުމަކީ ކޮންމެ ފަސް އަހަރު ދައުރެއްގެ ފިސްކަލް ޕޮލިސީ ދެމެހެއްޓެނިވި އަދި ދެފުށް ފެންނަ ޕޮލިސީއަކަށް ހެދުމެވެ.
އެ ބިލްގައިވާ ގޮތުން ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި، ދައުރުގެ ފުރަތަމަ އަހަރުގެ މާޗު މަހުގެ ކުރިން ކެބިނެޓަށް ލިޔުންތައް ފޮނުވައި، ފިސްކަލް ޒިންމާ ޗާޓަރު ފާސްކުރަން ޖެހޭނެ އެވެ. އެ އަށް ފަހު 14 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ޗާޓު ގެޒެޓުގައި ޝާއިއު ކުރަން ޖެހޭނެ އެވެ.
އެ ބިލްގައިވާ ގޮތުން ފީއެސްއައިޕީގެ ދަށުން ހިންގަން ރާވާ މަޝްރޫއުތައް ބަޖެޓުގައި ހިމެނުމުގެ ކުރިން ފީޒިބިލިޓީ ހަދަން ޖެހެ އެވެ. އަދި ހިންގަން ރާވާ މަޝްރޫއުތަކުގެ ބާވަތްތަކާއި އަގަށް ބިނާކޮށް މަޝްރޫއުތައް ދަރަޖަ ކުރާނެ މިންގަނޑެއް ވެސް މިނިސްޓަރު ކަނޑައަޅަން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.
ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ފިސްކަލް ޒިންމާގެ ޗާޓަރު މުރާޖައާ ކުރެވޭނެ އެވެ. ޗާޓަރަށް ގެންނަ އިސްލާހު ކެބިނެޓަށް ހުށަހަޅާ 30 ދުވަހުގެ ތެރޭގައި އަލުން ފާސްކުރަން ޖެހޭނެ އެވެ.
- ގުދުރަތީ ކާރިސާއެއްގެ ސަބަބުން ރާއްޖޭގެ 15 ޕަސެންޓަށް ވުރެ ބޮޑު އާބާދީއަކަށް އަސަރުކުރުން.
- ދުރާލައި އަންދާޒާ ކޮށްފައި ނުވާ އިގްތިސާދީ ބޮޑު ޝޮކެއް ކުރިމަތިވުން.
- ޖީޑީޕީ އާއި ޓޫރިސްޓުން ހޭދަކުރަ ރޭގެ އަދަދު ވިދިވިދިގެން ދެ ކުއާޓަރުގައި ސުން ޕަސެންޓަށް ވުރެ ދަށްވުން.
- ދައުލަތުގެ އާމްދަނީ ވިދިވިދިގެން ދެ ކުއާޓަރުގައި 25 ޕަސެންޓަށް ދަށްވުން.
- ތިން މަހުގެ އިންފްލެޝަން ރޭޓު 15 ޕަސެންޓަށް އިތުރުވުން.
- ބެލެންސް އޮފް ޕޭމެންޓް ކާރިސާއެއް ކުރިމަތިވުން.
މަޖިލީހަށް ފޮނުވާފައި މި ބިލްގައިވާ ގޮތުން ކޮންމެ މާލީ އަހަރެއް ނިމޭތާ ފަސް މަހުގެ ތެރޭގައި ބަޖެޓުން ހާސިލު ކުރެވުނު ނަތީޖާތައް ހިމެނޭ ގޮތަށް ބަޖެޓުގެ ނަތީޖާގެ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓަ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހޭނެ އެވެ.
ފައިސާ ޗާޕުކުރުމުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފި
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
ފިސްކަލް ޒިންމާގެ ބިލާއި ދަރަންޏާ ބެހޭ ބިލް ފާސްކޮށްފި
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
އަންނަ އަހަރަށް 56ބިލިއަން ބަޖެޓް ކޮމެޓީން ފާސްކޮށްފި
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
ކުންފުނިތަކުގެ ކެޕިޓަލް އިންޖެކްޝަނަށް 2.1 ބިލިއަން
ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް ނިންމައި ކޮމިޓީއަށް