27 ނޮވެމްބަރ 2024
އިތުރަށް ފައިސާ ޗާޕު ކުރަން ޖެހިއްޖެ ނަމަ، މިހާރު އަމަލު ކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބަދަލުގައި ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނެއް ވުޖޫދު ކުރަން ހުށަހެޅި ބިލާއި ދައުލަތުގެ ދަރަންޏާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އިތުރަށް ފައިސާ ޗާޕު ކުރަން ޖެހިއްޖެ ނަމަ، މިހާރު އަމަލު ކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބަދަލުގައި ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނެއް ވުޖޫދު ކުރަން ހުށަހެޅި ބިލާއި ދައުލަތުގެ ދަރަންޏާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ދެ ބިލް ފާސްކުރަން މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި 81 މެންބަރަކު ވޯޓު ދެއްވި އެވެ. ދެ ބިލް ވެސް ފާސްކޮށްފައިވަނީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ. އެ ބިލްގެ ދިރާސާ މަރުހަލާގައި ކޮމިޓީން ބިލަށް ގެނެސްފައިވަނީ ކުދިކުދި ބަދަލުތަކެކެވެ.
ފިސްކަލް ޒިންމާގެ ބިލްގައިވާ ގޮތުން ދައުލަތުގެ ކޭޝް ފްލޯ މެނޭޖު ކުރުމަށް، އެމްއެމްއޭ އިން ފައިސާ އެޑްވާންސްކޮށް ހޯދޭނީ ތިން އަހަރުގެ މުއްދަތަށް ސަރުކާރަށް ލިބޭ އާމްދަނީގެ 2.5 ޕަސެންޓެވެ. އެކަމަކު މިހާރު އަމަލުކުރާ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން ސަރުކާރަށް އެމްއެމްއޭއިން އެޑްވާންސްކޮށް، ފައިސާ ނެގޭނީ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަކަށް 270 މިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ތެރެއިން އެއް ޕަސެންޓަށްވާ މިންވަރަށް އޯވަޑްރޯ ކުރެވުނު ނަމަވެސް، މިހާތަނަށް ސަރުކާރުން އެ ފައިސާ ނަގާފައެއް ނުވެ އެވެ. ސަރުކާރުން އެގޮތަށް ނަގާ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ އިރު، އެމްއެމްއޭ އިން އެ ފައިސާ ދޫކުރާނީ މާކެޓް އިންޓްރެސްޓުގަ އެވެ.
މި ބިލް ރައީސް ތަސްދީގު ކުރެއްވުމާއެކު، މިހާރު އަމަލު ކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނު އުވާލާނެ އެވެ.
ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރު ނިމެންދެން ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ދަށުން ފައިސާ ޗާޕު ކުރާ ލިމިޓު އޮތީ ހައްދެއް ނެތި ދޫކޮށްލައިފަ އެވެ. އެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. ސަސްޕެންޑް ކުރުމަށް ފަހު ވޭތުވެދިޔަ ތިން އަހަރު ސަރުކާރުން ވަނީ 8 ބިލިއަން ރުފިޔާ ޗާޕްކޮށްފަ އެވެ.
މި ސަރުކާރުން ބުނެފައި ވަނީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި އެމްއެމްއޭ އިން މި އަހަރު އެއްވެސް ފައިސާއެއް ނުނަގާ ކަމަށެވެ.
ސަރުކާރުން އަލަށް ހުށަހެޅި ބިލްގައި ވަނީ ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ ހަ މަސް ތެރޭގައި ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ފިނޭންސް މިނިސްޓަރު އެކުލަވާލައި، ގެޒެޓުގައި އާންމު ކުރަން ޖެހޭނެ ކަމަށެވެ. އޭގެ ބޭނުމަކީ ކޮންމެ ފަސް އަހަރު ދައުރެއްގެ ފިސްކަލް ޕޮލިސީ ދެމެހެއްޓެނިވި އަދި ދެފުށް ފެންނަ ޕޮލިސީއަކަށް ހެދުމެވެ.
އެ ބިލްގައިވާ ގޮތުން ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި، ދައުރުގެ ފުރަތަމަ އަހަރުގެ މާޗް މަހުގެ ކުރިން ކެބިނެޓަށް ލިޔުންތައް ފޮނުވައި، ފިސްކަލް ޒިންމާގެ ޗާޓަރު ފާސްކުރަން ޖެހޭނެ އެވެ. އެ އަށް ފަހު 14 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅައި، އެ ޗާޓު ގެޒެޓުގައި ޝާއިއު ކުރަން ޖެހޭނެ އެވެ.
އެ ބިލްގައިވާ ގޮތުން ފީއެސްއައިޕީގެ ދަށުން ހިންގަން ރާވާ މަޝްރޫއުތައް ބަޖެޓުގައި ހިމެނުމުގެ ކުރިން ފީޒިބިލިޓީއެއް ހަދަން ޖެހެ އެވެ. އަދި ހިންގަން ރާވާ މަޝްރޫއުތަކުގެ ބާވަތްތަކާއި އަގަށް ބިނާކޮށް މަޝްރޫއުތައް ދަރަޖަ ކުރާނެ މިންގަނޑެއް ވެސް މިނިސްޓަރު ކަނޑައަޅަން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.
ދަރަންޏާ ބެހޭ ބިލްގައި ދައުލަތުން ސޮވްރިން ގެރެންޓީ ދޭނެ ގޮތްތަކާއި ލޯކަލް ކައުންސިލްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދަރަނި ނެގުމުގައި އަމަލުކުރާނެ ގޮތްތައް ވަނީ ބަޔާން ކޮށްފަ އެވެ.
ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތުތައް އެކްސްޓާނަލް އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓެއް ހަދަން ޖެހޭނެ ކަމަށާއި އަދި ދަރަނީގެ ސްޓްރެޓެޖީ ރައީސް އަށް ހުށަހަޅައި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 15 ކުރިން ފާސްކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލްގައި ބުނެފައި ވެ އެވެ.
އެ ހުރިހާ ކަމެއް މެނޭޖް ކުރުމަށް ހާއްސަ އޮފީހެއް އުފައްދަން ދަރަންޏާ ބެހޭ ބިލުގައި ވަނީ ހިމަނައިފަ އެވެ.
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު
ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާ ދޭން ފާސްކޮށްފި
ބޭނުންވެއްޖެނަަމަ އިތުރަށް ފައިސާ ޗާޕްކުރެވޭ ގޮތް ހަދަނީ
ސަސްޕެންޝަން އުވާލައި ފައިސާ ޗާޕު ނުކުރެވޭ ގޮތް ހަދަނީ
ޔޫސަބަލް ރިޒާވުގައި 300 މިލިއަން ޑޮލަރު އެބަހުރި
ފައިސާ ޗާޕުކުރުމުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފި
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
މާލިއްޔާގައި މިހާރު ލައްޑޫ ނޫން އެއްޗެއް ނެތް: ޝިޔާމް
ފައިސާ ޗާޕުކުރުމުގެ ހުއްދަ އެއް އަހަރަށް އިތުރުކޮށްފި
އޯވަޑްރާފްޓް ފެސިލިޓީގެ މުއްދަތު އިތުރުކުރަން ނިންމައިފި