25 އޮކްޓޯބަރ 2024
ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން އިއްޔެ ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގައި އިތުރު ކުރި 440 މިލިއަން ރުފިޔާއާ އެކު، ދައުލަތުގެ ކުންފުނިތަކަށް މި އަހަރުގެ ބަޖެޓުން ކުރާ ހޭދަ 2.1 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން އިއްޔެ ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގައި އިތުރު ކުރި 440 މިލިއަން ރުފިޔާއާ އެކު، ދައުލަތުގެ ކުންފުނިތަކަށް މި އަހަރުގެ ބަޖެޓުން ކުރާ ހޭދަ 2.1 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުގައިވާ ގޮތުން ކުންފުނިތަކަށް ދޫކުރަން ހަމަޖައްސާފައި ވަނީ 1.7 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލިހަށް އިއްޔެ ހުށަހެޅުއްވި ސަޕްލިމެންޓްރީ ބަޖެޓުގައި އެ އަދަދު ވަނީ އިތުރުކޮށްފަ އެވެ. އެއީ ބައެއް ކުންފުނިތައް މެދުވެރިކޮށް ހިންގާ މަޝްރޫއުތަކަށާއި ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި ބަޖެޓުން ކަނޑައަޅާފައިވާ އަދަދެކެވެ.
އޭގެ އިތުރަށް ސަރުކާރުން ސަބްސިޑީގެ ގޮތުގައި ވެސް ކުންފުނިތަކަށް އެ އަށް ވުރެ ބޮޑު އަދަދެއް ހޭދަކުރާނެ އެވެ.
ސަރުކާރު ހިއްސާވާ 30 ކުންފުންޏެއް މިވަގުތު އޮތް އިރު ފައިދާ ލިބެނީ 40 ޕަސެންޓު ކުންފުނިންނެވެ. އޭގެ ތެރެއިން ވެސް ކޯޕަރޭޓް ގަވަނަންސްގެ މިންގަނޑުތައް ހިފަހައްޓައިގެން ހިންގަނީ ދިހަ ވަރަކަށް ކުންފުންޏެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން (ޕީސީބީ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނިތަކުން ދައުލަތަށް ފައިދާގެ ގޮތުގައި ލިބުނީ 1.69 ބިލިއަން ރުފިޔާ އެވެ. އެއީ ކުރީ އަހަރުގެ އެ މުއްދަތަށް ވުރެ 20 ޕަސެންޓުގެ ދަށް އަދަދެކެވެ.
ސަރުކާރުގެ ކުންފުނިތަކަށް ކުރާ ހޭދައަކީ އެންމެ ބޮޑު އިސްރާފެއް ހިނގާ އެއް ދާއިރާ އެވެ. އެކަންކަން ހައްލުކޮށް ސަރުކާރުން މިހާރު ވަނީ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފަ އެވެ. އޭގެ ތެރޭގައި ބައެއް ކުންފުނިތައް އެއްކޮށްލުމަށާއި ބައެއް ކުންފުނިތައް އުވައިލުން ވެސް ހިމެނެ އެވެ.
ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް ނިންމައި ކޮމިޓީއަށް
6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި
ބަޖެޓަށް 6.5 ބިލިއަން އިތުރުކުރަން މަޖިލީހަށް
ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުން ފާސްކޮށްފި
ބަޖެޓު ފާސްކުރަނީ ބަދަލު ދީ ހުސްކުރަން: އިދިކޮޅު
މަޝްރޫއުތައް މި ހިންގަނީ ދެ ގުނަ ހެޔޮކޮށް: އަމީރު
އާ ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަނީ
ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށްފި
"ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށް ދިނުން މަޖުބޫރު"
ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުން މާދަމާ