27 އޯގަސްޓް 2019
މި އަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
މި އަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބަޖެޓް ފާސްކުރީ 71 މެމްބަރުންގެ ވޯޓުންނެވެ.
ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ބަޖެޓް ބަހުސްގައި ވިދާޅުވީ މި ބަޖެޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދަން އެހީތެރިވެދޭނެ ބަޖެޓެއް ކަމަށެވެ. ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރުމަކީ ސަރުކާރުން ބޭނުންވާ މިސްރާބަށްދާ ކަމުގެ ހެއްކެއް ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުން ސިފަކުރެއްވި ގޮތުގައި މި ބަޖެޓުގެ ބޭނުމަކީ ސަރުކާރުގެ އިސް ބޭފުޅުންނާ ގުޅުން ހުރި ކުންފުނިތަކަށް މާލީ ބަދަލު ދިނުމެވެ.
މި އަހަރަށް ލަފާކޮށް ފާސްކުރީ 27.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓަށް 1.7 ބިލިއަން މިރޭ އިތުރުކޮށްފައިވާ އިރު، މި އަހަރު ނިމޭއިރު ދައުލަތުގެ ހަރަދު 29 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އަދި ދައުލަތުން މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓު 31.9 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ. އަދި ބަޖެޓުގެ އޯވަރޯލް ޑެފިސިޓް 4.9 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.
ބަޖެޓަށް ގެނައި މި ބަދަލާ އެކު ދައުލަތުގެ އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ސައުދީ އަރަބިއްޔާ އިން ހިލޭ އެހީގެ ގޮތުގައި ދިނުމަށް އެއްބަސްވެފައިވާ 618.8 މިލިއަން ރުފިޔާ އާއި އިންޑިޔާ ސަރުކާރުން ދިނުމަށް ނިންމާފައިވާ 100 މިލިއަން ރުފިޔާ އާމްދަނީ އަށް ހިމަނާފައިވެ އެވެ. މިއާއެކު މި އަހަރު ނިމޭ އިރު ދައުލަތުގެ އާމްދަނީ 24 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ސަޕްލިމެންޓްރީ ބަޖެޓުގައި އެންމެ ބޮޑު ހޭދައެއް ކުރާ ކެޕިޓަލް ޚަރަދަށް 1.1 ބިލިއަން ރުފިޔާ އަރަ އެވެ. ދެ ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ރިކަރަންޓް ޚަރަދަށެވެ. އެގޮތުން ގާތްގަނޑަކަށް 588 މިލިއަން ރުފިޔާ ރިކަރަންޓް ޚަރަދަށް ކަނޑައަޅާފައިވެ އެވެ.
- ލޯނާއި ސްކޮލާޝިޕަށް 300 މިލިއަން ރުފިޔާ
- ބާ ކައުންސިލާއި ނޭޝަނަލް އާބިޓަރީ ސެންޓަށް 18.7 މިލިއަން ރުފިޔާ
- ޓާޝަރީ ފަސް ހޮސްޕިޓަލަށް 295.4 މިލިއަން ރުފިޔާ
- އެސްއެމްއީތަކަށް 350 މިލިއަން ރުފިޔާ
- ސަބްސިޑީ ދިނުމަށް 189.4 މިލިއަން ރުފިޔާ
- ބަޖެޓް ކޮންޓިންޖެންސީއަށް 225 މިލިއަން ރުފިޔާ
- ހުޅުމާލެ ހޮސްޕިޓަލް ތަރައްގީއަށް 150 މިލިއަން ރުފިޔާ
- ހެނދުނުގެ ނާސްތާ ޕްރޮގްރާމަށް 81 މިލިއަން ރުފިޔާ
- އިންޑިޔާ ސަރުކާރުގެ އެހީގައި ހިންގާ މަޝްރޫއުތަކަށް 100 މިލިއަން ރުފިޔާ.
ކުންފުނިތަކުގެ ކެޕިޓަލް އިންޖެކްޝަނަށް 2.1 ބިލިއަން
ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް ނިންމައި ކޮމިޓީއަށް
6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި
ބަޖެޓަށް 6.5 ބިލިއަން އިތުރުކުރަން މަޖިލީހަށް
ބަޖެޓު ފާސްކުރަނީ ބަދަލު ދީ ހުސްކުރަން: އިދިކޮޅު
މަޝްރޫއުތައް މި ހިންގަނީ ދެ ގުނަ ހެޔޮކޮށް: އަމީރު
އާ ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަނީ
ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށްފި
"ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށް ދިނުން މަޖުބޫރު"
ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުން މާދަމާ