އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވި 29 ބިލިއަން ރުފިޔާގެ ބަޖެޓަކީ އާ ސަރުކާރުން އެދޭ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ބަޖެޓެއް ނޫން ކަމަށާއި އެހެންވެ އަންނަ އަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ޓްރާންސިޝަން ކޮމެޓީން މިއަދު ބުނެފި އެވެ.
13 ނޮވެމްބަރ 2018
އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވި 29 ބިލިއަން ރުފިޔާގެ ބަޖެޓަކީ އާ ސަރުކާރުން އެދޭ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ބަޖެޓެއް ނޫން ކަމަށާއި އެހެންވެ އަންނަ އަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ޓްރާންސިޝަން ކޮމެޓީން މިއަދު ބުނެފި އެވެ.
ޓްރާންސިޝަން މާލީ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ކޯ ޗެއާ އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި، މިއަދު ހުށަހެޅި ބަޖެޓަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބުމާއި ބޭނުންވާ މައުލޫމާތުތައް އެންމެ ފުރިހަމައަށް ލިބިފައިނުވާތީ ބަޖެޓް އޮތީ އާ ސަރުކާރުން ބޭނުންވާ ގޮތަކަށް ނޫނެވެ.
"މެނިފެސްޓޯގެ ހުރިހާ ވައުދުތަކެއް ހިމެނިގެން އަޅުގަނޑުމެން ހުށަހަޅަން ބޭނުންވާގޮތަށް އެ ފުރުސަތެއް އެ ވަގުތެއް ނުލިބޭ،" އެމްޑީޕީގެ އިގްތިސާދީ ކޮމެޓީގެ ނައިބު، އަމީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ދައުލަތުގެ މިނިސްޓްރީތަކުންނާއި އެހެނިހެން ތަންތަނުން ލިބެންޖެހޭ މިންވަރަށް އެއްބާރުލުމެއް ނުލިބޭ. އެހެންވީމަ މިއީ އަޅުގަނޑުމެންގެ ބަޖެޓެކޭ ހަގީގަތުގައި ދެންނެވޭކަށް ނެތް."
ރަނގަޅަށް މައުލޫމާތު ލިބޭނީ އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހުގައި ކަމަށާއި އެހެންކަމުން އަލުން ހުށަހަޅާ ބަޖެޓް އަންނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި އެކުލަވައިލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ އެދޭގޮތަށް ނުވި ނަމަވެސް އާ ސަރުކާރުން ބޭނުންވާ ކަންކަން ކޮންމެވެސް މިންވަރަކަށް މިއަދު ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
އެގޮތުން ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ތައުލީމް ހާސިލް ކުރުމަށާއި ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ ނާސްތާ ދިނުމަށް ބަޖެޓު ހަމަޖައްސާފައިވެ އެވެ. އަދި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މިހާރު ބޭނުންކުރާ ބަޖެޓު ތިން ގުނަ އިތުރުކޮށް 12 މިލިއަން ޑޮލަރަށް ހަދާފައިވެ އެވެ. ފެނާއި ނަރުދަމާއަށް 1.2 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އަންނަ އަހަރު 72 ރަށެއްގައި އަލަށް އެ މަސައްކަތް ފެށުމަށް ވަނީ ނިންމާފަ އެވެ.
އަމީރު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ދަރަނީގެ ކަންކަން އޮތީ ބޮއްސުންލައިފަ އެވެ. އެކަމުގެ ސަބަބުން އާ ބަޖެޓުގައި ގޮންޖެހުންތަކާ ކުރިމަތިވިކަމަށް އަމީރު ވިދާޅުވި އެވެ. ބަޖެޓުގެ ޖުމުލަ 29 ބިލިއަން ރުފިޔާއަށް އަރާއިރު މިސަރުކާރުން ނަގާފައިވާ ލޯނުތައް ދެއްކުމަށް ހަތަރު ބިލިއަން ރުފިޔާ ބަޖެޓުން ހޭދަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެން ބޭނުންވާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގުމަށް ލިބެންޖެހޭ ޖާގަ ބަޖެޓުގައި އަޅުގަނޑުމެނަށް ބޮޑުތަނުން ކުޑަވެފައި މިވަނީ. ރަށްރަށުގައި އަޅުގަނޑުމެން ބޭނުންވާ ޕްރޮޖެކްޓްސް ހިންގުމުގެ ޖާގަ ކުޑަވެގެން އެބަ ދޭ،"
ޓްރާންސިޝަން މާލީ ކޮމެޓީގެ ޗެއާ މުހައްމަދު ނާޝިޒް ވިދާޅުވީ މިސަރުކާރުން މިއަހަރު އެކަނި ނުދައްކާ ހުރި ބިލްތަކުގެ އަދަދު 1.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އޭގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ފެށިގެން ކުރިއަށް ދާ ޕްރޮޖެކްޓްތަކަށް ބަޖެޓުގައި ހަތަރު ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އެ ޕްރޮޖެކްޓްތައް ހުއްޓާނުލައި އާ ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ވެސް ނާޝިޒް ވިދާޅުވި އެވެ.
އިބޫގެ ފަސް އަހަރު ނިމިގެން ދާއިރު ބަޖެޓު ސަޕްލަސްކޮށް ރާއްޖޭގެ ދަރަނި ހަމަޔަކަށް އަޅުވައި ނިޒާމެއްގެ ތެރެއަށް ފެއްތުމަކީ ބަޖެޓު ހެދުމުގައި އަމާޒު ކަމަށް އަމީރު ވިދާޅުވި އެވެ. ބަޖެޓު ހުށަހަޅާފައިވާއިރު އެގޮތަށް މަސައްކަތް ކޮށްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ގައުމީ ތަރައްގީގެ ޕްލޭނެއް ހަދައި މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
އަންނަ އަހަރުގެ ބަޖެޓް ކުދި ބަދަލުތަކާ އެކު ފާސްކޮށްފި
ކުންފުނިތައް ގިނަކުރަނީ ފައްޔާޒަށް ބާރު ދިނުމަށް
މީރާގެ ބާރުތައް ފިނޭންސް މިނިސްޓްރީއަށް، ރަނގަޅުތަ؟
ހަ މަސް ވެއްޖެ، ސަރުކާރުގެ ދުވެލި ކިހިނެއް؟
މަޖިލީހުގެ ތާއީދު ނެތުމުން ދިމާވާ ދަތި އިހްސާސް ކުރިން
ރިޒާވް 1 ބިލިއަން ޑޮލަރަށް އިތުރުކުރާނަން: ރައީސް
ހުވާގައި ދެމިހުންނާނަން، ރައްޔިތުން ބާކީނުވާނެ: ރައީސް
މަޖިލީހަށް ހުށަހަޅާނީ އިދިކޮޅުން ފޮނުވާ ބަޖެޓް
ބޮޑު 9 މަޝްރޫއެއް:4 އެއާޕޯޓު، 20 ފަޅެއް ހިއްްކަނީ