27 އޯގަސްޓް 2019
ކުރީގެ ސަރުކާރުން 70 މިލިއަން ރުފިޔާއަށް ހިންގި މަޝްރޫއުތައް މި ސަރުކާރުން ހިންގަނީ 30 މިލިއަން ރުފިޔާ އަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުން 70 މިލިއަން ރުފިޔާއަށް ހިންގި މަޝްރޫއުތައް މި ސަރުކާރުން ހިންގަނީ 30 މިލިއަން ރުފިޔާ އަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ޕްރޮޖެކްޓްތައް ހަވާލުކުރަނީ އޯޕަންކޮށް ޓެންޑަރިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށް ވުމުން، މީގެ ކުރިން އަގުބޮޑުކޮށް ހިންގި ޕްރޮޖެކްޓްތައް ވަރަށް ބޮޑަށް އަގު ކުޑަކޮށްފައިވާ ކަމަށެވެ.
"ފެނާއި ނަރުދަމާގެ މަސައްކަތް 70 މިލިއަން ރުފިޔާ އަށް ކުރެވުނު މަސައްކަތް މިހާރު އަޅުގަނޑުމެންނަށް 30 މިލިއަން ރުފިޔާ އަށް ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކުގެ ގޮތުގައި ހިމަނާފައިވާ ހުރިހާ ކަމެއްގެ ޓެންޑަރިން މަސައްކަތްތައް ފެށޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ސަރުކާރުން ހުށަހަޅާފައިވާ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށް މަޖިލީސް ތަޅުމަށް ފޮނުވާފައިވާ އިރު މިއަދު ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓާ އެކު ބަޖެޓުގެ ޖުމްލަ އަދަދު 31.9 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. އަހަރުގެ މިހާ ހިސާބަށް އައި އިރު ބަޖެޓުގެ 50 ޕަސެންޓް ބޭނުންކޮށްފައިވާ ކަމަށް އަމީރު ވިދާޅުވެފައިވެ އެވެ.
ކުންފުނިތަކުގެ ކެޕިޓަލް އިންޖެކްޝަނަށް 2.1 ބިލިއަން
ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް ނިންމައި ކޮމިޓީއަށް
6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި
ސަޕްލިމެންޓްރީ ބަޖެޓް ލަސްވުން، ހަރަދުތަކަށް ދަތިތަކެއް
ބަޖެޓް ހުށަހަޅަން ވަޑައިނުގަތުމަށް އަމީރަށް ލަފާދީފި
ސަޕްލިމަންޓްރީ ބަޖެޓު ފޮނުވީ ކުރިންވެސް ފޮނުވާ ގޮތަށް
ސަޕްލިމެންޓްރީ ބަޖެޓަށް މަދުވާ މައުލޫމާތު ދޭން އެދެފި
"ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓު ގާނޫނާ ހިލާފު"
ބަޖެޓަށް 6.5 ބިލިއަން އިތުރުކުރަން މަޖިލީހަށް
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"