20 ނޮވެމްބަރ 2024
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވާފައިވާ 56.6 ބިލިއަންގެ ބަޖެޓަށް އިތުރު ބަދަލެއް ނުގެނެސް، ނަމަވެސް މަޝްރޫއުތަކުގެ ތަފްސީލު މަޖިލީހަށް ދޭން ޝަރުތުކޮށް، އެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވާފައިވާ 56.6 ބިލިއަންގެ ބަޖެޓަށް އިތުރު ބަދަލެއް ނުގެނެސް، ނަމަވެސް މަޝްރޫއުތަކުގެ ތަފްސީލު މަޖިލީހަށް ދޭން ޝަރުތުކޮށް، އެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މިއަދު މެންދުރު ފަހު ބޭއްވި ބަޖެޓް ކޮމިޓީގައި ވަނީ އެ ބަޖެޓަށް ވޯޓަށް އަހާފަ އެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެން 19 މެންބަރުންގެ ތެރެއިން 15 މެންބަރުން ވަނީ ބަޖެޓް ފާސްކުރަން ވޯޓު ދެއްވައިފަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ މި އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން އިތުރު އަދަދެކެވެ. މި އަހަރު ސަޕްލިމެންޓްރީ ބަޖެޓާ އެކު ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާ އިތުރުވާއިރު، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީ އެވެ.
ބަޖެޓު ކޮމިޓީގައި މެންބަރުން ވޯޓު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
• ޖުމްލަ ބަޖެޓު: 56.6 ބިލިއަން ރުފިޔާ
• އާމްދަނީ: 39.8 ބިލިއަން ރުފިޔާ
• ޕީއެސްއައިޕީ: 12.4 ބިލިއަން ރުފިޔާ
• ރިކަރަންޓް ހަރަދު: 36 ބިލިއަން ރުފިޔާ
• ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
• ޖީޑީޕީ ކުރިއަރާ މިންވަރު: 6.4 ފަސެންޓު
ބަޖެޓު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ބަޖެޓާ ގުޅޭ ގޮތުން ޖެނެރަލް ރިކޮމެންޑޭޝަންތައް ހުށަހަޅުއްވައިފަ އެވެ. އެއީ
- ޕީއެސްއައިޕީއަށް ހުށަހަޅާ ޕްރޮގްރާމްތައް ކްރައިޓީރިއާތަކަށް ރިއާޔަތްކޮށްގެން ތަރުތީބު ކުރުން
- އަމަލީ މަސައްކަތް ނިންމާނެ ކަން އެނގޭނެ ލިސްޓެއް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން މަޖިލީހަށް ފޮނުވުން
- ސަރުކާރުން މިހާތަނަށް ހިންގުމަށް ސޮއިކުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ކުރިއަށް ދާނެ މަޝްރޫއުތަކާއި ކުރިއަށް ނުގެންދެވޭނެ މަޝްރޫއުތައް އެނގޭނެ ގޮތަށް އަންނަ އަހަރުގެ މާޗް މަހުގެ ކުރިން ހުށަހެޅުން.
- ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓެއް އަންނަ އަހަރުގެ ކޮންމެ ކުއާޓާއެއްގައި މަޖިލީހަށް ހުށަހެޅުން
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ވަނީ ކޮމިޓީން ފާސްކޮށްފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
ނާޒިމް ވިދާޅުވީ، މި ހުށަހެޅުންތައް ހުށަހެޅުއްވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޕްރޮޖެކްޓްތަކުގެ ތަފްސީލުތައް ނެތުމުން ކަމަށެވެ.
ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި އެސްއޯއީތައް އިސްލާހު ކުރުމަށާއި އަދި ރީސްޓްރަކްޗާކޮށް، ގެއްލުމުގައި ހިންގާ ކުންފުނިތައް ފައިދާވާ ކުންފުނިތަކާ އެއް ކުރުމަށް ވެސް މަޖިލީހުން ވަނީ ލަފާ ދީފަ އެވެ. ނާޒިމް ވިދާޅުވީ ފައިދާ ނުވާނެ ކަމަށް ބެލެވޭ ކުންފުނިތަކަށް އުވާލުމަށްފަހު އެފިޝަންސީ އިތުރު ކުރުމަށް، ކުންފުނިތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ތާވަލަކާއި އޭގެ ދަށުން އަޅާނެ ފިޔަވަޅުތައް އެނގޭނެ ގޮތަށް އަންނަ އަހަރުގެ ކޮންމެ ކުއާޓާއެއްގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ބަޖެޓް ކޮމެޓީން ދީފައިވާ އަނެއް ލަފައަކީ ޓެކްސް ގާނޫނުގެ ދަށުން ފައިސާ ނުދައްކާ ފަރާތްތަކާ މެދު މީރާ އިން އަޅާ ފިޔަވަޅުތައް މުރާޖައާކޮށް، ދިމާވާ ދަތިތައް ކުޑަ ކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހެޅުމެވެ. އަދި ސަބްސިޑީ ޓާގެޓް ކުރުމަށްޓަކައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަން ތަންފީޒު ކުރާނެ ތާވަލެއް އެކުލަވާލުމަށްފަހު އެކަން މަޖިލީހަށް ފޮނުވަން ވެސް އެ ކޮމެޓީން ވަނީ ލަފާ ދީފަ އެވެ.
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
ބަޖެޓު ސަޕޯޓަށް ބޭރުން 6.7 ބިލިއަންގެ ލޯނު ހޯދަނީ
ބަޖެޓުގެ މަސައްކަތް މިމަހު 20 ވަނަ ދުވަހަށް ނިންމަނީ
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
ސީދާ ދަރަނި ކުޑަކުރެވޭނެ ކަމަކަށް ނުބެލެވޭ: ފިނޭންސް
ވާނުވާ ނޭނގޭ، ބަޖެޓު އަނބުރާ ފޮނުވާލަންޖެހޭ: ސިޔާމް