މި އަހަރުގެ މިހާތަނަށް ތިން ލޯނަކަށް 81.3 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ސަރުކާރުން ނަގައިފި އެވެ.
20 އޯގަސްޓް 2025
މި އަހަރުގެ މިހާތަނަށް ތިން ލޯނަކަށް 81.3 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ސަރުކާރުން ނަގައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ލޯނު ނެގީ، އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން ދެ ލޯނަކާއި ސައުދީ ފަންޑް ފޯ ޑިވަލޮޕްމެންޓުން އެއް ލޯނެވެ.
އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން ނެގީ މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ޕްރޮޖެކްޓަކަށް ބޭނުންވާ ދެ ލޯނެވެ. އެ ދެ ލޯނުގެ އަދަދު 64 މިލިއަން ޑޮލަރު (992 މިލިއަން ރުފިޔާ) އަށް އަރަ އެވެ. އެ ދެ ލޯނުގައި ސޮއިކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ 27 ގަ އެވެ.
އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ ދެ ލޯނުގެ އިތުރުން ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓުގެ 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ގެ ލޯނެއް ވެސް ހިމެނެ އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަށް ނެގި ލޯނެކެވެ. އެ ލޯނު ނެގީ އޭފްރީލް 14 ގަ އެވެ.
މި އަހަރަށް ބޭނުންވާ ބަޖެޓު ފައިނޭންސިން އަށް ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ބޭނުންވެ އެވެ. އެހެންވެ މިހާތަނަށް ލޯނު ހަމަޖެހުނީ ބަޖެޓަށް ބޭނުންވާ އަދަދުގެ 13 ޕަސެންޓެވެ.
ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ނުވަ ލޯނަކަށް 334 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) ނަގާފައިވެ އެވެ. މިދިޔަ އަހަރު އެންމެ ބޮޑު ލޯނެއް ނެގީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުންނެވެ. އެ އިދާރާ މެދުވެރިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ހޯދާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 139 ބިލިއަން ރުފިޔާގަ އެވެ. ދައުލަތުގެ ދަރަނި މި އަހަރު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައި ވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.
ކަރެންސީ ސްވޮޕާ އެކު މިއަހަރު ދައުލަތުން ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު، އެއް ބިލިއަން ޑޮލަރު (15.42 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.
ސީދާ ދަރަނި ކުޑަކުރެވޭނެ ކަމަކަށް ނުބެލެވޭ: ފިނޭންސް
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
މިއަހަރު ތިން ބިލިއަން ރުފިޔާގެ ލޯނު ނަގައިފި
ނެގި ލޯނުތަކަށް 450 މިލިއަން އަނބުރާ ދައްކައިފި
އަޅުގަނޑު ނަމަ މި ބަޖެޓަށް ވޯޓެއް ނުދޭނަން: ނަޝީދު
ލޯނު ދައްކަން 464 މިލިއަން ރުފިޔާ ހޭދަކޮށްފި
އިންވެސްޓްމެންޓްތަކަށް ސަރުކާރުން އެއް ބިލިއަން ރުފިޔާ
5 ބިލިއަންގެ ދަރަނި ދެއްކިޔަސް، ބަޖެޓު ސާޕްލަސްގައި!
އާމްދަނީ އިތުރު، ބަޖެޓު ސާޕްލަސް 4 މަހާ ގާތަށް