22 މެއި 2019
މިއަހަރުގެ މިހާތަނަށް ލޯނު އަނބުރާ ދެއްކުމަށް 464 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފި އެވެ.
މިއަހަރުގެ މިހާތަނަށް ލޯނު އަނބުރާ ދެއްކުމަށް 464 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފި އެވެ.
ލޯނު އަނބުރާ ދެއްކުމަށް މި އަހަރު ޖުމްލަ 2.8 ބިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވާ އިރު މިހާތަނަށް ދައްކާފައިވަނީ އޭގެ 16 ޕަސެންޓެވެ. މިދިޔަ އަހަރު ދަރަނި އަދާކުރުމަށް 2.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ވޭތިވެދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި 23 ބިލިއަނުން 48.6 ބިލިއަނަށް ވަނީ އަރައިފަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 58.9 ޕަސެންޓެވެ. ދައުލަތުގެ ދަރަނި އެހާ ބޮޑަށް އިތުރުވެފައި ވަނީ ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކާއި ހިންގަމުންދާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ބޮޑެތި އަދަދުތަކުން ލޯނު ނަގާފައިވާތީ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލޯނާއި ގެރެންޓީގެ ގޮތުގައި 57 ބިލިއަން ރުފިޔާ ނަގާފައިވާ އިރު އޭގެ ތެރެއިން 21 ބިލިއަން ރުފިޔާ ނަގާފައި ވަނީ ޗައިނާ އިންނެވެ.
ދަރަނި މެނޭޖްކުރުމަށްޓަކައި ކުރީގެ ސަރުކާރުން 2017 ވަނަ އަހަރު ވަނީ ސޮވްރިން ޑިވެލޮޕްމެންޓް ފަންޑެއް އުފައްދައިފަ އެވެ. ދައުލަތުގެ ރިޒާވް ފަންޑެއްގެ ގޮތުގައި އުފެއްދި މި ފަންޑަށް އެމްއެމްއޭގެ އެހީއާ އެކު ރާއްޖެ އާއި ބައިނަލްއަގްވާމީ މާކެޓުގެ ފައިނޭންޝިއަލް އިންސްޓްރޫމެންޓްތަކަށް އިންވެސްޓްކޮށް ފަންޑަށް ފައިސާ އިތުރު ކުރުމަކީ ސަރުކާރުގެ ވިސްނުމެވެ.
މި އަހަރުގެ މިހާތަނަށް އެ ފަންޑަށް ވަނީ 468 މިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ.
މިއަހަރު ތިން ބިލިއަން ރުފިޔާގެ ލޯނު ނަގައިފި
ނެގި ލޯނުތަކަށް 450 މިލިއަން އަނބުރާ ދައްކައިފި
އަޅުގަނޑު ނަމަ މި ބަޖެޓަށް ވޯޓެއް ނުދޭނަން: ނަޝީދު
ސީދާ ދަރަނި ކުޑަކުރެވޭނެ ކަމަކަށް ނުބެލެވޭ: ފިނޭންސް
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
މާލީ ދަތިތަކާ ހެދި ޗައިނާގެ ލޯނުގެ ބައެއް ރީފައިނޭންސްކޮށްފި
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު
އިންޑިއާ އިން ނެގި ލޯނުގެ އަދަދު 22 ބިލިއަނަށް!