05 ނޮވެމްބަރ 2024
އަންނަ އަހަރުގެ ބަޖެޓު ސަޕޯޓަށް ބޭނުންވާ 443 މިލިއަން ޑޮލަރު (6.7 ބިލިއަން ރުފިޔާ) ބޭރުގެ ކޮމާޝަނަލް ބޭންކުތަކުން ހޯދަން ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
އަންނަ އަހަރުގެ ބަޖެޓު ސަޕޯޓަށް ބޭނުންވާ 443 މިލިއަން ޑޮލަރު (6.7 ބިލިއަން ރުފިޔާ) ބޭރުގެ ކޮމާޝަނަލް ބޭންކުތަކުން ހޯދަން ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓުގެ އަދަދުތަކުގެ ތަފްސީލުގައިވާ ގޮތުން ބަޖެޓަށް ބޭނުންވާ 9.4 ބިލިއަން ރުފިޔާގެ ތެރެއިން 70 ޕަސެންޓު ހޯދަން ހިމަނާފައިވަނީ ރާއްޖެ އިން ބޭރުން ހޯދާ ލޯނުންނެވެ.
ބަޖެޓަށް ބޭނުންވާ ފައިނޭންސިންގެ ތެރެއިން 9.1 ބިލިއަން ރުފިޔާ ހޯދަނީ ރާއްޖެއިން ބޭރުންނެވެ. ބަޖެޓު ސަޕޯޓަށް ހޯދާ ފައިސާގެ އިތުރުން އެހެން މަޝްރޫއުތަކަށް ބޭނުންވާ ފައިސާގެ ގޮތުގައި ވެސް ބޭރުން 5.1 ބިލިއަން ރުފިޔާ ހޯދަން ބަޖެޓު ފޮތުގައި ޖަހާފައިވެ އެވެ.
އަންނަ އަހަރުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުން ލޯނު ހޯދުމަށް ބޮޑެތި އަދަދުތައް ޖެހި އިރު މި އަހަރު ބަޖެޓު ފޮތުގައި ބޭރުން ހޯދަން ޖަހާފައިވާ އަދަދުގެ 90 ޕަސެންޓު ވެސް ސަރުކާރަށް ހޯދިފައެއް ނުވެ އެވެ. މި އަހަރު ބޭރު ފައިނޭންސިންގެ ގޮތުގައި 7.9 ބިލިއަން ރުފިޔާ ހޯދަން ޖަހާފައިވެ އެވެ.
ބޭރުން ފައިނޭންސް ހޯދަން އެހާ ބޮޑަށް ދަތިވެފައިވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށަށް ގޮސް، ބޭރުން ފައިނޭންސް ހޯދުމަށް ދަތިތައް ކުރިމަތިވެފައިވާތީ އެވެ. އެހެންވެ، މި އަހަރު ޑޮމެސްޓިކް މާކެޓުން ނެގި ދަރަނި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މި އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭ އިން ދިން ލަފާގައި ވެސް ވަނީ ބަޖެޓު ފައިނޭންސިން ހޯދުމަށް ހުރި ދަތިތައް ފާހަގަކޮށްފަ އެވެ. އެމްއެމްއޭ އިން ބުނީ، ހަރަދުތައް ހަމަޖެއްސުމަށް ޓީބިލަށް ވަރަށް ބޮޑަށް ބަރޯސާވާއިރު، މިހާރުގެ މާކެޓްގެ ޓްރެންޑަށް ބަލާއިރު ޓީބިލް ގަންނަ ބޭންކްތަކަށް ސެކިއުރިޓީ ވިއްކޭ މިންވަރު ދަށްވަމުންދާ ކަމަށެވެ. އެހެންވެ، ޑޮމެސްޓިކް މާކެޓުން ހޯދުމަށް ސަޕްލިމެންޓްރީ ބަޖެޓުގައި ކަނޑައަޅާފައިވާ 2.9 ބިލިއަން ރުފިޔާ ހޯދުމަށް ވެސް ދަތިތައް އެބަހުރި ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އަންނަ އަހަރަށް 57 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރުމަށް މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަފައިވެ އެވެ. މިހާރު ބަޖެޓު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
އަންނަ އަހަރަށް 56ބިލިއަން ބަޖެޓް ކޮމެޓީން ފާސްކޮށްފި
ބަޖެޓުގެ މަސައްކަތް މިމަހު 20 ވަނަ ދުވަހަށް ނިންމަނީ
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
ސީދާ ދަރަނި ކުޑަކުރެވޭނެ ކަމަކަށް ނުބެލެވޭ: ފިނޭންސް
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ
އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ ތިން ބިލިއަން އިތުރު
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް