އަންނަ އަހަރު ރާއްޖެ އަށް 2.2 މިލިއަން ޓޫރިސްޓުން ގެންނަން އެ އަހަރުގެ ބަޖެޓު ފޮތުގައި ހިމަނައިފި އެވެ.
06 ނޮވެމްބަރ 2024
އަންނަ އަހަރު ރާއްޖެ އަށް 2.2 މިލިއަން ޓޫރިސްޓުން ގެންނަން އެ އަހަރުގެ ބަޖެޓު ފޮތުގައި ހިމަނައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ބަޖެޓުގެ އަދަދުތަކުގައިވާ ގޮތުން، އަންނަ އަހަރު ޓޫރިސްޓުންގެ ޓާގެޓު ކަނޑައަޅާފައިވާ އިރު އެއީ މި އަހަރު އަންނާނެ ކަމަށް އަންދާޒާ ކުރި އަދަދަށް ވުރެ ދެ ލައްކަ އިތުރު އަދަދެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ އަހަރު ބޭނުން ކުރަން ފަށާނެ އެވެ. އެހެންވެ، ޓޫރިސްޓުން އިތުރުވުމުގެ ފުރުސަތު އެބަ އޮތެވެ.
މި އަހަރު ދެ މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ވަނީ 1.6 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. އަމާޒަށް ވާސިލް ވުމަށް ކުރިއަށް އޮތް ދެ މަހު ހަތަރު ލައްކަ ޓޫރިސްޓުން ރާއްޖެ އަށް އަންނަން ޖެހޭނެ އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާ އިންނެވެ. އެ ގައުމުން ވަނީ ދެ ލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. ތިންވަނައިގައި އުޅެނީ އިނގިރޭސި ވިލާތެވެ.
ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ އަންނަ އަހަރު، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން އިތުރުކޮށް، އާ މާކެޓުތަކުން ޓޫރިސްޓުން އިތުރު ކުރަން ހާއްސަ ޕްލޭންތަކެއް ރާވަމުން އަންނަ ކަމަށް ބުނެފަ އެވެ.
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
އަންނަ އަހަރަށް 56ބިލިއަން ބަޖެޓް ކޮމެޓީން ފާސްކޮށްފި
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ސަރުކާރުގެ ހުށަހެޅުމާ މެދު ބަލާނީ އާ ބަޖެޓެއް ގޮތަށް
ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމަށް ވަނުން ރަނގަޅެއް ނޫން
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
ސީދާ ދަރަނި ކުޑަކުރެވޭނެ ކަމަކަށް ނުބެލެވޭ: ފިނޭންސް
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ވާނުވާ ނޭނގޭ، ބަޖެޓު އަނބުރާ ފޮނުވާލަންޖެހޭ: ސިޔާމް