19 ނޮވެމްބަރ 2024
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އެއްވެސް ތަފުސީލެއް ނެތުމުން "ވާނުވާއެއް ނޭނގޭ" ކަމަށް ވިދާޅުވެ، ބަޖެޓު އަނބުރާ ފޮނުވާލަން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ގޮވާލައްވައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އެއްވެސް ތަފުސީލެއް ނެތުމުން "ވާނުވާއެއް ނޭނގޭ" ކަމަށް ވިދާޅުވެ، ބަޖެޓު އަނބުރާ ފޮނުވާލަން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ގޮވާލައްވައިފި އެވެ.
ބަޖެޓު ބަހުސްގައި ވާހަކަ ދައްކަމުން ސިޔާމް ވިދާޅުވީ، އޭނާ މަޖިލީހުގައި ހޭދަ ކުރައްވާ 21 އަހަރުގެ ތެރެއިން މިއީ ތަފްސީލެއް ނެތް ގޮތުގައި މަޖިލީހަށް ހުށަހެޅި ފުރަތަމަ ބަޖެޓު ކަމަށެވެ.
ބަޖެޓެއް ހުށަހަޅާއިރު، ތަފްސީލް އެނގެން ޖެހޭ ކަމަށާއި ރަށްރަށުގެ ތަރައްގީއާ ބެހޭ ވާހަކަތައް ބަޖެޓުގައި ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ސިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތައުލީމަށް ހަރަދު ކުރާ އަދަދު ބަޖެޓުގައި ހިމަނާފައިވާއިރު، އެއީ ކޮން ގޮތަކަށް ކޮން ތަނަކަށް ކުރެވޭނެ ހަރަދެއް ކަން އެނގެން ރައްޔިތުން ބޭނުންވާނެ ކަމަށެވެ.
ބަޖެޓުގައި މިފަދަ އެއްވެސް ތަފްސީލެއް ހިމަނާފައި ނެތުމުން މި ބަޖެޓަކީ "ވާނުވާ ނޭނގޭ ބަޖެޓެއް"ގެ ގޮތުގައި ސިޔާމް ސިފަ ކުރެއްވި އެވެ.
"ރައްޔިތުން މިއަދު ބޭނުންވޭ ކުރާ ކަންތައްތައް އެނގެން. މާދަމާ ވާނީ ކިހިނެއް ކަން ވެސް އެނގެން އެބަ ބޭނުންވޭ. އަޅުގަނޑުމެން ހެނދުނު ހޭލާއިރުގައި ސަޕްރައިޒް ވާކަށް ކޮންމެ ދުވަހަކު ބޭނުން ނުވޭ،" ސިޔާމް ވިދާޅުވި އެވެ.
"ވާނުވާއެއް ނޭނގި މި ބަޖެޓަށް ބަހުސް ކުރެވޭނެ އެއްވެސް ގޮތެއް އަޅުގަނޑުގެ ހިތަކަށް އަޅުގަނޑުގެ ސިކުނޑިއަކަށް ނުވިސްނޭ. މީކީ ދުނިޔޭގެ އެއްވެސް ގައުމަކުން ބަޖެޓެއް ހުށަހަޅާނެ ގޮތެއް ނޫން."
ސިޔާމް ވިދާޅުވިގޮތުގައި، ސަރުކާރުން ހުށަހަޅާފައި ވަނީ ވިޔަފާރި އާއި ޓްރާންސްޕޭރެންސީ އާއި ޑިމޮކްރެސީއާ ވަރަށް ދުރު ވިސްނުމެއްގެ ބަޖެޓެކެވެ.
ސިޔާމް ވަނީ ރާއްޖޭގެ ބޭރު އެމްބަސީތައް ހިންގުމަށް ކުރިއަށް ވުރެ ބޮޑު އަދަދެއް ބަޖެޓުގައި ހިމަނާފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ބޭރުގެ އެމްބަސީތައް ބޮޑު ހަރަދުކޮށްގެން ހިންގައިގެން އެއްވެސް ފައިދާއެއް ނުވާ ކަމަށާއި އެއީ އިސްރާފެއް ކަމަށެވެ.
"ކޮބައިތޯ މީގެ ބޭނުމަކީ؟ ސިންގަޕޫރުން މި ގައުމަށް ލިބޭ އެންމެ ފައިދާއެއް ތިބޭފުޅުން ވިދާޅުވެދެއްވަބަލާ. ސިންގަޕޫރުން ދޭ ހިދުމަތެއް ދެއްވަބަލަ ތިބޭފުޅުން. ތައިލޭންޑުން މި ގައުމަށް ދޭ އެއްވެސް އެއްޗެއް ދައްކަބަލަ. އެހެންވީމާ ދުނިޔޭގެ ހުރިހާ ގައުމެއްގައި އެމްބަސީތައް ހަދައިގެން ރާއްޖޭގެ ޓެކްސްޕޭޔަރުން ދޭ ހުރިހާ ފައިސާއެއް ހަރަދު ކުރުމުގައި ވިސްނާލައި ލަދުވެތިވާން ޖެހިއްޖެ،" އޭނާ ވިދާޅުވި އެވެ.
ދިވެހިންނަނށް އެނގޭނެ ގޮތަކަށް ބަޖެޓު ފޮތް އިސްލާހުކުރަން ޖެހޭ ކަމަށް ވިދާޅުވެ، ސިޔާމް ވަނީ ބަޖެޓު އަނބުރާ ފޮނުވައިލަން ގޮވާލައްވައިފަ އެވެ.
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
އަންނަ އަހަރަށް 56ބިލިއަން ބަޖެޓް ކޮމެޓީން ފާސްކޮށްފި
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
ކައުންސިލްތަކުގެ ބްލޮކްގްރާންޓް 2ބިލިއަނަށް އިތުރުކުރަނީ
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
ސީދާ ދަރަނި ކުޑަކުރެވޭނެ ކަމަކަށް ނުބެލެވޭ: ފިނޭންސް
ރިފޯމާ އެކު އިންފްލޭޝަން 3.9 ޕަސެންޓަށް އަރާނެ
އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ ތިން ބިލިއަން އިތުރު